ރޯދަ އަށް ހާއްސަކޮށްގެން އެސްޓީއޯއިން ނެރުނު "ޓްވިން އެލެފެންޓްސް" އަދި "ޜޯޑްސް ކޮލިޓީ" ބްރޭންޑުގެ ދަޅުކާނާ އެސްޓީއޯ ސުޕަމާޓުގައި. -- ފޮޓޯ އެސްޓީއޯ
01 ޖޫން 2016 - 18:42
ތައިލޭންދުގެ މަޝްހޫރު "ޓްވިން އެލެފެންޓްސް" ބްރޭންޑާއި ސައުތު އެފްރިކާގެ "ރޯޑްސް ކޮލިޓީ" ބްރޭންޑުގެ ދަޅުކާނާ އެސްޓީއޯއިން ރޯދަ މަހަށް ހާއްސަކޮށް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ދެ ބްރޭންޑަކީ ކޮލިޓީ ރަނގަޅު، ހެޔޮ އަގުގައި ލިބެން ހުންނާނެ ދެ ބްރޭންޑު ކަމަށެވެ. މި ދެ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ދަޅުގައި ބަންދުކޮށްފައި ހުންނަ ތާޒާ މޭވާ އެވެ.
"ޓްވިން އެލެފެންސްޓްސް" ބްރޭންޑުގެ އުފެއްދުންތައް މީގެ ކުރިން ވެސް އެސްޓީއޯގައި ވިއްކަ އެވެ. އެގޮތުން ގިނަ ދިވެހިިންގެ ތެރޭގައި މަގުބޫލް "އެސްޓީއޯ އަނބުދަޅު" އަކީ އެ ބްރޭންޑުގެ އުފެއްދުމެކެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އަނބު ދަޅުގެ އިތުރުން "ޓްވިން އެލެފެންޓްސް" ބްރޭންޑުގެ ރަމްބުސްތާން، ލައިޗީ އަދި ސައްކެޔޮ ފަދަ މޭވާ ލިބެން ހުންނާނެ އެވެ.
މީގެ އިތުރުން ރޯދައަށް ހާއްސަކޮށްގެން ދެން ވިއްކަން ފަށާފައިވާ ދަޅުކާނާ ބްރޭންޑަކީ "ރޯޑްސް ކޮލިޓީ" އެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ފްރުޓް ކޮކްޓެއިލް، ޕެއާސް، އެޕްރިކޯޓް އަދި ޕީޗް އެވެ.
"ރޯޑްސް ކޮލިޓީގެ ފްރުޓް ކޮކްޓެއިލް އަކީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ހުރި އެންމެ ކޮލިޓީ ފްރުޓް ކޮކްޓެއިލް. އެހެން ބްރޭންޑުތަކާ ހިލާފަށޤ މީގައި އެއްވެސް ވަރަކަށް ފަޅޯ އެކުލެވިގެނެއް ނުވޭ" ބަޔާނުުގައި ބުނެފައިވެ އެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި ދެ ބްރޭންޑުގެ އުފެއްދުންތައް ވެސް އެސްޓީއޯ ސުޕަމާޓުން ހޯލްސޭލް އަދި ރީޓެއިލް ކޮށް މިހާރު ލިބެން ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy