ގާޒީ އާދަމް އާއި ޖޭއެސްސީގެ ރައީސް ހިސާން: ކްރިމިނަލް ކޯޓު ހިންގުން އޭނާއާ ހަވާލުކުރީ އުސޫލާ އެއްގޮތަށް ކަމަށް ޖޭއެސްސީން ބުނޭ -- ފޮޓޯ/މިހާރު
13 ސެޕްޓެމްބަރ 2020 - 12:19
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދާ ވަގުތީ ގޮތުން ހަވާލުކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ކްރިމިނަލް ކޯޓު ހިިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން އެ ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ އާދަމް މުހައްމަދާ ވަނީ ހަވާލު ކޮށްފަ އެވެ. އޭނާއަށް ވުރެ ތަޖްރިބާ ހުރި ފަނޑިޔާރުން ތިއްބަވަނިކޮށް އޭނާއާ ކޯޓު ހިންގުން ހަވާލުކުރީ ކޯޓުތައް ވަގުތީ ގޮތުން ހިންގުން ހަވާލު ކުރުމާ ބެހޭގޮތުން ޖޭއެސްސީން ކުރިން އެކުލަވާލި އުސޫލާ ޚިލާފަށް ކުރި ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔައިފަ އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ އެ ކޮމިޝަނުން މިދިޔަ އަހަރު ނެރުނު އުސޫލުގެ ދަށުން ވަގުތީ ގޮތުން ކޯޓުތައް ހިންގުން ހަވާލު ކުރުމުގައި ތަޖްރިބާއަށް އިސްކަން ދޭން ޖެހެނީ ދާއިމީ އިސް ފަނޑިޔާރު ޗުއްޓީގައި ނުވަތަ ސަލާމުގައި ނުވަތަ ހައްޖާއި އުމްރާގެ ޗުއްޓީގައި ހުރެއްޖެ ނަމަ ކަމަށެވެ. އަދި އިސް ފަނޑިޔާރު ސަސްޕެންޑް ކުރެވޭ ނުވަތަ އެ މަގާމު ދާއިމީކޮށް ހުސްވާ ހާލަތްތަކުގައި އެ އުސޫލު އިސްތިސްނާވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އިސް ފަނޑިޔާރު މަގާމު ދާއިމީކޮށް ހުސްވާ ހާލަތްތަކުގައި ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލު ކުރާނީ ޖޭއެސްސީންނެވެ.
އެ ބަޔާނުގައިވަނީ އެކިއެކި ސުލޫކީ މައްސަލަތަކުގައި ފަނޑިޔާރު ކަމުން ވަކިކުރަން ނިންމުމުން އިސްތިއުފާ ދެއްވާފައިވާ ބޭފުޅުން އެ ކޮމިޝަނާ މެދު އިތުބާރު ގެއްލުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސައްލަ
14 September 2020
އަހަރުމެން ފަހުބަސް ބުނާނީ..
ވަތުބަތާނަ
14 September 2020
ނަތުމް ހަމެޖާނޭ.
ގުރަހަ
13 September 2020
ޑިފެންސަށް ކުޅެކުޅެ ތިބޭ
ޒުލޭހާ
13 September 2020
މަކަރާ ހީލަތުން ތާއަބަދު ނުތިބެވޭނެ .. އެ އުސޫލު އުފަންކުރުވި މާތް މަގްސަތުވެސް އެކުރީ މުޑުދާރު
މާދިޙް
13 September 2020
ކަލޭމެން ބުނެފިޔާ ރަނގަޅުވާނެ އަދުލް އިންސާފުއެއީ ހަމައެކަނި ކަލޭމެން ބޭނުންވާ.މީހުން އަދި ބޭނުންވާ ގޮތަށް ކަންކުރުން
އިބިރިހިންބެއްޔާ
13 September 2020
"ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދާ ވަގުތީ ގޮތުން ހަވާލުކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް" އެމްޑީޕީގެ ހިންގާ ކޮމިޓީން ވިދާޅުވިކަމަށް ލިޔުއްވިނަމަ މާފުރިހަމަ ވީސް. ކާކަށް އޅުވާލަން ކަމަށް؟
ރޯނު އެދުރު އަހައްމާ
13 September 2020
ތިިޔަހެން ބުނީމަ ދެންހަމަރަގަޅުވީދޯ މިއަށްވެސް ކިޔަނީ އިންސާފުދޯ ރައްޔިތުންގެ އިތުބާރު ވަނީ ތިޔަބައިމީހުންނަށް ގެއްލިފައި ޖޯޑް ބިޖޯޑް ހަދައިގެން ނިޒާމުގެ ތެރެއަށް އަތްބާނާ މުޅި ނިޒާމް ފުޑާލައިފި
ހިންދުކޮޅު
13 September 2020
ޖޭއެސްސީއާއި ދެކޮޅައްވެސް ރައްޔަތުންނިކުންނަންވީ އެތާވެސް ތިބެގެން އުޅެނީ އެއްވެސް ގޮތެއްފޮތެއް ނެއްބައެއް ހިތަންއެރިހާ ގޮތަކައް ކަންތައްކުރަނީ