ކުރީގެ ރައީސް ޔާމީން ޖަލަށް ވަޑައިގަތުމަސް ލޯންޗަށް އަރުއްވަނީ: އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ދޫކޮށްލި މައްސަލާގެ އަޑުއެހުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު
13 ސެޕްޓެމްބަރ 2020 - 19:56
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަން ހަމަޖައްސައިފި އެވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އެ މައްސަލަ ދައުލަތުން މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ.
އަޑުއެހުންތައް ނިންމާލާފައި އޮތަސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އެއްކޮށް ބަދަލު އައިސްފައިވާތީ މާދަމާ އެ މައްސަލައިގެ ހުކުމެއް ނުކުރާނެ އެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ހުކުމް ކުރުމުން އެމަނިކުފާނު ގެންދަވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލައިގަ އެވެ.
މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެ މައްސަލައިގައި މިހާތަނަށް ބޭއްވީ އެންމެ އަޑުއެހުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބުދުލް ޤާދިރު
14 September 2020
ކޮންމެ ގޮތެއް ހަދައިގެން ވެސް ރައްޔިތުން ފެލައިގެން، އެކި ނަންނަމުގައި ޖޫރިމަނާކޮށްގެން ފައިސާ ލިބިގެން ނޫނީ މި ސަރުކާރު ހިންގޭކަށް ނެތް. އެނޫން ގޮތަކަށް ފައިސާއެއް ހޯދަން އެނގޭ ބައެއް ނޫން މި ސަރުކާރުގައި މިތިބީކީ. ޔާމީނު އެކައުންޓްގައި ހުރި ފައިސާކޮޅު ވެސް ދަމައިގަނެ ވިއްޖެނަމަ ބަޖެޓް ސަޕޯޓަށް ކުޑަކުޑަ ލުއެއް ލިބޭނެތާ؟
ބޮޑު މުހައްމަދު
14 September 2020
ވެރިކަން ކުރަން ނޭނގި ގައުމު އިންޑިއާއަށް ވިއްކާލާފަ މާލިއްޔާ ބަނޑު އަޅާލާފަ ހިތްހަމެޖެހުމެއް މިވެރިންނަށް ލިބެނީ ރައީސް ޔާމީންއަށް ކޮންމެވެސް ގޯނާއެއް ކޮށްގެން.
ބޯގަޅި
14 September 2020
ގައު މުގެ ޚަޒާނާ ދޮވެލާފަ، އާން މުންގެ ބެންކް އެކައުންޓްތަކުން އެއްކަމަކައް ދެފަހަރައް ފައިސާކަނޑާފަ، މިހާރު މީހެއްގެ އެކައުންޓަކުން ބައިރުފިޔާއެއްވެސް ލިބޭތޯ މަރުދަންޖެހޭ ސަރުކާރު.
ކޮރަލް
14 September 2020
ސަރުކާރުން ބޭނުން ވާގޮތައް ހުކުމް އަންނަނަށް ދެން މައްސަލަ ކުރިއަށް ގެންދިއުމަކީ ދެން އެއަށް ވެސް ދިވެހި ނަމެއް ހަދަން ވެއްޖެ އެވެ.
ބެނީ
14 September 2020
ސުޕްރީމްކޯޓުން އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައިފައި ހުކުމްކުރަންއޮއްވާ އަނެއްކާ އަލުން އާފަނޑިޔާރުން ލައިގެން ބަލަން އުޅުމުން ރަނގަޅުކަމަށް ނުދެކެން. ކުރިން ހުކުމްކުރަން އުޅުނުގޮތް އެނގިގެން ގެނައި ބަދަލެއްކަމަށް ފެންނަނީ.
މަންޑޭލާ
14 September 2020
ހަގީގީ ވަގުން ކޮބާތަ؟. އެމީހުން ފޮރުވާފަ ރައިސް ޔާމިން ޖަލައްލީމަ މީގެން އެގެނީ ސިޔާސީ މަގުސަދު ހާސިލްކުރަން އުޅެ ބައެއްކަން
ޢާމާ ޢަދުރޭ
14 September 2020
ޔާމީނުވެސް ކުރީ ވައްކަން ރަސްކަމެއްނުންތޯ ކުރެއްވީ، ހަމަ ވައްކަން ވާނީ ވަގަކަށް.
ޝޮކްތެރަޕީ
14 September 2020
ފަހުގެ ތާރީހެއްގަ ރައްޖެ މަދަލު ކޮއްލި ރައިސް ސަކީ ޔާމިން. މުޅި ރާއްޖެއަ ބެލިޔަސް ފެންނީ ރޔާމިން ފަށަފަ ހުރި ކަންތައްތައް. މި ސަރުކާރައް އެގެނީ ރޔާމިން ފެށިކަންތައް މިސަރުކާރު ކުރާކަމެއްގެ ގޮތުގަ ރައްޔިތުންނަ ދެއްކުން
ބާބާ
13 September 2020
ޔާމީނާ މެދުވެސް ޝަރީއަތް ކުރެވުނީ އިންސާފުންނެއް ނޫން. ޔާމީނާ ދެކޮޅަށް ހެކިންތަކަކަށް ނެރުނީ ކުށްވެރިން ތަކެއް. ޢަދި ޔާމީނުގެ ދުޝްމަނުންތަކެއް. ޔާމީނުގެ އިރުގައި ޝަރީއަތް ހިގަމުންދިޔަ ގޮތަށް މިހާރުވެސް ޝަރީއަތް ހިގަނީ.
ފަށަވަރުކކކ
14 September 2020
މިގައުމުގަ ކާކަށްތޯ އިންސާފުން ހުކުމެއްކުރީ، މިގައުމުގަ އިންސާފުގާއިމުކުރާތަންތަންހުރީނަމެއްގަނޫންތޯ، ވީމާ ޔާމީނަށްވެސް އޮންނާނީ ހަމައެއިންސާފުނޫންތޯ، ޔާމީނުގެ ވެރިކަމުގަ އިތުރަށް އަދުލުއިންސާފު ފުޑާލީނޫންތޯ، ވީމާ އިންސާފުގެ ވާހަކަ ފަހުންދައްކަން ބާއްވާ.
ޙިނި
13 September 2020
އެއް ޢެކަންޓުގަ 100 މިލިޔަން ރުފިޔާ. ކޮންތާކުން ނެރުނުހާ ފައިސާއެއްތަ؟
ބާބާ
13 September 2020
ކަލެޔަށް އެނގޭތަ ކޮންމެވެސް ކާނަލެކޭ ކިޔާމީހަކު 58 މިލިޔަން ރުފިޔާ ދީފައި އިނގިރޭސިވިލާތުން އިހަކަށް ދުވަހު ގެޔެއް ގަންކަން. މިބުނާ ކާނަލް ދުނިޔެއަށް އައި އިރުވެސް ތިޔާމީނަކު ހުރީ މިރާއްޖޭގެ މިނިސްޓަރުކަމުގައި އަދި ރައްޔަތުންގެ މަޖުލީހު މެންބަރު ކަމުގައި. ދެން ބުނެބަލަ ޔާމީނަށް 100 މިލިޔަން ލިބެން ނުޖެހޭނެ ސަބަބެެއް.
ހަޒާނާ
14 September 2020
އެމްޑީޕީގެ މަޖްލިސް މެމްބަރުންގެ ގެ އަދި އާއިލާގެ އެކައުންޓް ތައް ބަލާލަ ބަލާށެވެ.
ވައިސޫރި
13 September 2020
އެކައުންޓް ހުޅުވާފައިވާ ފައިލް ޖެހުނުތާ ވަޅުގަނޑުވެސް އުމަރުބުނާގޮތައް މިހާރަކު ނޯންނާނެ ތިޔަކަމައް މަގުފަހިކޮއްދިން ފަޑިޔާރުވެސް މިހާރަކު ނެތް ދުނިޔެ ކާނީ މަކަރާ ޖަހާގެން