14 ސެޕްޓެމްބަރ 2020 - 10:46
މިދިޔަ އަހަރު އިންޑިއާގެ މީޑިއާތަކުގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކަ އަކީ ލަތާ މަންގޭޝްކަރާ ވައްތަރުކޮށް ލަވަކިޔާ ރާނޫ މޮންޑާލްގެ ވާހަކަ އެވެ. ރޭލު ސްޓޭޝަނެއްގެ ޕްލެޓްފޯމްމަތީގައި، އާމްދަނީ ހޯދަން ލަވަކިޔަމުން ދިޔަ ރާނޫ، 60، އަށް ލިބުނު މަޝްހޫރުކަމާ އެކު ފަހުން ވެބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަ ކިޔަން ފުރުސަތު ލިބުނެވެ.
މި ފަހަރު ކެރެލާގެ ޒުވާނެއް ކަމަށްވާ ސޯރަވް ކިޝަން އެވެ. އޭނާ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އަމިއްލަ އަށް ކިޔާފައިވާ ލަވަތަކެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކީގަ އެވެ.
This boy is Saurav Kishen from Kozhikode. He is locally known as Chota Rafi@ProsaicView @minicnair @ranjona pic.twitter.com/o7vjm6OD7w
— Judish Raj (@JudishRaj) September 11, 2020
އެ ވީޑިއޯތަގައި ފެންނަނީ އިންޑިއާ ދުށް އެންމެ ހުނަރުވެރި ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު މުހައްމަދު ރަފީ ކިޔާފައިވާ "ތެރެ އާނކޯ ކެ ސިވާ" އާއި "ޗޯންދުވި ކަ ޗާންދު" ތަނެވެ. އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް "ތެރެ އާނކޯ ކެ ސިވާ" އަކީ 1969 ގެ ފިލްމު "ޗިރާގް" އަށް ރަފީ އާއި ލަތާ ކިޔާފައިވާ ޑުއެޓެކެވެ. "ޗޯންދަވީ ކާ ޗާންދު" އަކީ ހަމަ އެ ނަމުގައި 1960 ގައި ގެނެސްދިން ފިލްމަށް ރަފީ ކިޔާފައިވާ ލަވައެކެވެ.
Chaudavin ka Chand by Saurav pic.twitter.com/CIxP0R98tX
— Judish Raj (@JudishRaj) September 11, 2020
ސޯރަވް "ތެރެ އާނކޯ ކެ ސިވާ" ކިޔާ ވީޑިއޯއާ އެކު ގިނަ ބަޔަކު ވަނީ އިންޑިއާ އަށް އަލުން ރަފީއެއް ލިބިއްޖެ ކަމަށް ބުނެފަ އެވެ. ޓްވިޓާގައި ސޯރަވްގެ ހުނަރަށް ތައުރީފުރަމުން ވަރަށް ގިނަ ބަޔަކު އޭނާގެ އަޑާއި ލަވަ ކިޔާފައިވާ ފާޑުވެރކަމުގެ ސަބަބުން ރަފީގެ އަޑާ ވަރަށް ވެސް ވައްތަރު ކަމަށް ބުނެފަ އެވެ. އަދި ސޯރަވްގެ އަޑު ވިޑީއޯއާ ނުލައި އަޑު އަހާލައިފި ނަމަ ހީވަނީ ހަމަ ސީދާ ރަފީގެ އަޑުއިވޭހެން ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެފައިވެ އެވެ. ބައެއް މީހުން މިހާރު ސޯރަވަށް ކިޔަނީ ވެސް "ޗޯޓާ ރަފީ" އެވެ.
We have been waiting for decades for a new Mohammed Rafi. It sounds as if we may have to wait no longer... I couldn’t switch this clip off... https://t.co/QhM3koPlVE
— anand mahindra (@anandmahindra) September 12, 2020
ގިނަ ބަޔަކު ބުނެފައި ވަނީ އިންޑިއާގެ މިއުޒިކީ މަސްރަހަށް ދެ ވަނަ ރަފީއެއް އަންނާނެ ކަމަށް ދުށް ހުވަފެން މިއޮތީ ސޯރަވާ އެކީ ހަގީގަތަކަށްވެފައި ކަމަށެވެ. އެހެންވެ އެ ޒުވާނާ ކުރިއަރުވަން މަސައްކަތްކޮށްފި ނަމަ އިންޑިއާ ފަހުރުވެރިވާ ފަދަ ލަވަކިޔުންތެރިއަކަށް ވާނެ ކަމަށް ބުންޏެވެ.
Wow. It's almost impossible to believe there is no tape playing in the background. Listen to this young man from Kozhikode. Enjoy pic.twitter.com/o7YzbndwVN
— Gabbbar (@GabbbarSingh) September 12, 2020
ރަފީ އަކީ ހިންދީ ސިނަމާގެ ރަން ޒަމާނުގެ އެތައް ފިލްމަކަށް ރީތި އެތައް ލަވައެއް ކިޔައިދިން ފަންނާނެކެވެ. އޭނާގެ ގިނަ ލަވަތަކަކީ އޭގެ މިއުޒިކާއި އަސަރު ގަދަ ޅެންތަކާއި ރަފީގެ އަޑުން ހިތްތަކަށް ފިނިކަން ގެނެސްދޭ ފަންނާނެކެވެ. މިހާރު ވެސް ރަފީގެ ލަވަތައް އެހާމެ މަޝްހޫރެވެ. "އޯލްޑް އިޒް ގޯލްޑް" އޭ ބުނާހެން ރަފީ ދޫކޮށްލި ލަވަތަކީ ދުވަހަކު ވެސް ފަނޑުކަމެއް ނާންނާނެ ލަވަތަކެވެ.
ރަފީ ވަނީ އެންމެ 56 އަހަރުގައި 1980 ގައި މަރުވެފަ އެވެ. އެކަމަކު އެ އަޑެއް ދުވަހަކު ވެސް މަރެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާ.
15 September 2020
މީގައި ބުނެލަން އޮތީ، މިކުއްޖާގެ ކިޔުމާއި ރަފިޔުއަކާއި މާބޮޑު ގުޅުމެއް ނެތްވާހަކަ އެވެ. އަދި ލަވަކިޔުމުގެ ޓެކްނިކް އަދި އެހާ ރަގަޅެއް ނޫނެވެ. މިއީ ހަމައެކަނި ނޫސްވެރިންގެ ވިސްނުމެވެ. މީގައި އިންޑިޔާގެ ތަޖުރިބާކާރު މިޔުޒިކް ޑައިރެކްޓަރަކު ނޫނީ ލަވަކިޔުން ތެރި އެއްގެ ބަހެއްނެތްކަން ފާހަގަ ކުރަމެވެ.
އާޕު އާއޭ ބަހާރު އާއޭ
15 September 2020
ތެރެ އާނކޯ ކެ ސިވާ" މި ލަވަ ސޯރަވް ކިޝަން ކިޔާފައިވަނީ ވަރަށް ރީއްޗަށް! މަރުހޫމް މުޙައްމަދު ރަފީޢު ކޮޕީ ކުރަން ވަރަށް މަސައްކަތް ކޮށްފައިވާ ކަން ލަވަ އިން ފާހަގަ ވެފައިވާތީ އޭނާ އަށް ޝުކުރު ދަންނަވަން
ރަފީ ފޭން އެއް
14 September 2020
މިސޮރު ގެ އަޑު ތަންކޮޅެއް ސޮފްޓް ރަފީޢުގެ ސްޓްރައިކިން އަޑަށްވުރެ. ނަމަވެސް މިސޮރަށް ހަމަ ކާމިޔާބީ އެދެެން.
ރަބަރު
14 September 2020
އެއްޗެއް ނުވަތަ ލަވަތަކެއް ކިތަންމެ ގިނަބަޔަކަށް ރީތިވިއަސް އެއެއްޗެއް ނުވަތަ އެލަވަތައް ހަޑިވާ ބަޔަކު ތިބެދާނެ. އަދި އެއްބަޔަކަށް އެއްއިރަކު ރީތި އެއްޗެއް ފަހުން ހަޑިވެސްވެދާނެ. ނަމަވެސް ބައެއް ތަކެތި އަދި ލަވަތައް ހުރިހާއިރަކު ގިނަބަޔަކަށް ރީތިވެދާނެ. މަދު ބަޔަކަށް އެ ރީތި ނުވުމަކީ ހަގީގީ ރީތިކަމަށް އުނިކަމެއް އަންނަ ކަމެއްނޫން. ރަފީއުގެ ލަވަތަކަކީ ރީތިލަވަތަކެއްގެ ގޮތުގައި ވަރަށް ގިނަބަޔަކު ގަބޫލުކުރާ ލަވަތަކެއް. ކޮޕީކުރުމަކީ ތަފާތުކަމެއް.
ޔަތީމު ދަރިން
14 September 2020
ވަޅުލެވިފައިވާ ތިކަލަ ކިތައްމެ " އެއްޗެއް" އިންޑިއާގެ"ބިމުގެ އަޑީގައި". ވާނެއެވެ.އެކަމަކު އެކަމަކު ޖެހޭނީ އެކަމަށް އިންވެސްޓް ކޮށް ހޯދާށެވެ. މައްސަލަ އަކީ ފަޤީރު ކަމެވެ.
ކަޅުކަޅު ދޮނޭ
14 September 2020
ވަރަށް ގިނަ މީހުން ރަފީއުކިޔާފަހުރި ލަވަތަށް ވަރަށް ވައްތަރުކޮށް ކިޔައިގެން ދުވަސް ކޮޅަކަށް ވ އެވާހަކަ ދެއްކުމަށްހު ހުލިވަނީ.. މިހާުރު ލަވަނުކިޔަސް މިރާއްޖޭގަ ތިގޮތަށް ނުކުތް މީހަ ތިއަށްވުރެ މޮޅު.. މިހާރުގެ ތަހުޒީބު ދުނިޔޭގަ ތިގޮތަށް ކޮޕީކުރުމަކީ ހިގާ ކަމެއްނޫން.. އެބައިމީހުނަށް ( ރަފީއު.. މައިކަލް ޖެކްޝަން) އިހްތިރާމް ކުރުން އޮނނަނީ.
ރަދީފްއޮފިޝިއަލް
14 September 2020
ނޫނޭ ، ބޮޑަށް ވައްތަރީ ރަފީއުގެ ކާފަގެ އަޑާ.
ނަގިލި
14 September 2020
ހިންދީ ފިލްމުތަކަކީ އިންޑިއާގެ ސަގާފަތް ދުނިޔެއަށް ފަތުރަން ބޭނުންކުރާ އުކުޅެއް. ދުނިޔޭގަ ތަންދޮރުދަންނަ އެއްވެސް ބަޔަކު ބަލާއެއްޗެއްނޫން، އިންޑިއާނޫން ގައުމުތަކުގަ އެތަންތާ އުޅޭ އިންޑިއާމީހުންނޫން ބަޔަކު ތިއެއް ނުބަލާ.
ރަދީފްއޮފިޝިއަލް
14 September 2020
އަހަރުމެން ނުބަލާނަން ހިންދީ ފިލްމެއް.ނަމަވެސް ކުރީގެ ފިލްމްތައް އެއީ ނިވާކަންކުޑަ ހެދުން ނުލައި ވަރަށް ރަނގަޅު އިބްރަތްތެރި ވާހަކަތަކުގެ މައްޗަށް ކުޅެފެ ހުރި ފިލްމްތައް.(މިސާލު:ރާޖެންދްރަ ކުމާރު އަދި ބިސްވާޖިތު ގެ ފިލްމްތައް) ނަމަވެސް ފަހުގެ ފިލްމްތައް އެއީ ނޮންސެންސް.
ރަދީފްއޮފިޝިއަލް
14 September 2020
ޕްލަސް: ޖޯއި މުކަރްޖީގެ ފިލްމްތައް ވެސް ރީތިވާނެ.
ރަދީފްއޮފިޝިއަލް
14 September 2020
އެހެންވީމަ ތިބުނި ތަރާދުން ކިރައިފިނަމަ ދިވެހިންގެތެރެއިން %65 މީހުން އެއީ ތަންދޮރުނުދަންނަ މީހުން. އެހެނީ އެބައި މީހުން އެއީ ހިންދީ ފިލްމް / ޑްރާމާ ބަލައި އަދި ހިންދީ ބަހުން ފަރިތަކޮށް ވާހަކަދައްކާ މީހުން.
ހަ ސީނު
14 September 2020
ނަގިލި ތިބުނީ މުޅިއަކުން ގޯސް ވާހަކައެއް ނޫން، އެކަމަކު އެވަރުން އެވެރިންނަށް ފުދިފަ އިތުރުވެސް ވޭހެން ހީވަނީ، އިންޑިއާގެ ފިލްމް އިންޑަސްޓްރީގަ އުޅޭ މީހުުންނަކީ ވަރަށް ފައިސާ އޮންނަބައެއް، އިންޑިއާ މީހުން ނޫން އެހެން މީހަކު އެމީހުންގެ އުފެއްދުމެއް ދުވަހަކު ނުބެލިއަސް އެމީހުނަށް ބޮޑުވަރިހަމަ ވާނެ،
ދެ153
14 September 2020
ދިވެހިރާއްޖޭގެ ރަފީއަކީ ކުރިން ލަވަކީ ބާރީ.
ބަނބޫ
14 September 2020
މިކަމާ އެންމެ އުފާވާނީ ރަދީފު. ރަފީއުގެ ވަރަށްބޮޑު ފޭނެއް ރަދީފަކީ.
ރަދީފްއޮފިޝިއަލް
14 September 2020
ހެހެހެހެ.ލެޖެންޑަރީ ރަފީގެ އަޑު އެއީ އެހެން ލަވަކިޔުންތެރިއަކަށް ނެރެވޭނެ ޓޯނެއް ނޫން.ރަފީއު އެއީ ނަމްބަރ 1 ، ރަފީއު ކިޔާލާ ގޮތަށް އަސަރާއެކު ލަވަ ކިޔާ ލެވޭ އިތުރު އެހެން ކިޔުންތެރިއެއް ނެތޭ ވެސް ބުނެވިދާނެ.މުކޭޝް އަދި މަހިންދްރަ ކަޕޫރު ވެސް ރަނގަޅު އެމީހުންގެ ގޮތުގަ.ނަމަވެސް ރަފީއު އެއީ ތަފާތު ބޭފުޅެއް.މަގޭ ފެވަރިޓް.
ނަޖުމުއްދީން
14 September 2020
ކިޝޯރުބޭ ކިހިނެއް؟