ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް: އޭނާގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
17 ސެޕްޓެމްބަރ 2020 - 12:23
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރު ކަމުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދުނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަން ގަބޫލު ކުރެއްވުމުންނެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން، މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.
ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމެވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ހަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ ހުށަހަޅަން ނިންމެވީ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާތީ ކަމަށެވެ. އަންނަ ހަފުތާގައި އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ހަލީމްގެ ޓްވީޓްގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އޮނަރަބްލް @Yaugoob181 ގެ މެންބަރުކަމާމެދު ސުވާލު އުފެދިފައިވާތީ @SCMaldivesއަށް ދުސްތޫރީ މައްސަލައެއް ހުށައެޅުމަށް ނިންމައިން. އަންނަ ހަފުތާ ފެށޭހިސާބު މައްސަލަ ފައިލްކުރާނަށް.انشاء الله 🇲🇻❤️@Mihaarunews @VaguthuOnline @sunbrk @DhiyaresNews
— Mohamed Haleem 🎈 (@haleembai) September 16, 2020
ހަލީމްގެ ޓްވީޓް
ކުރިން ވެސް މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްްރީމް ކޯޓަށް ހަލީމް ހުށަހެޅުއްވި އެވެ. އޭރު އޭނާ ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މިހާރު ލީޑަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކުމުން އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ބެލުމަށް ފަހު އޮކްޓޫބަރު 2013 ގައި ސުޕްރީމް ކޯޓުން ނިންމީ އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރު ކަމާ ޔައުގޫބު ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށުމުން އޭނާ މިހާރު ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވައިފަ އެވެ. ގާނޫނުއަސާސީ ބުނާގޮތުން މަޖިލިސް މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުޑީޝަރީ
19 September 2020
އަހަރެން ހަގީގަތުގައިވެސް ހީކުރީ ޔައުޤޫބު މަޖިލީހުގެ ތަޞައްރަފު ފުދޭ މަދު މެންބަރުންގެ ތެރެއިން މެމްބަރަކަށް ވާނެކަމަށް. އެކަމަކު އެންމެ ފަހުން މިވީ ތާކުން ތާކު ނުޖެހޭ މީހަކަށް. ޤާނޫނީގޮތުން ސުވާލު އުފެދޭ ކަމެއްގައި މަޤާމާ ހަވާލުވުމުގެ ކުރިންވެސް ޔައުޤޫބަގަށް އެނގޭނެ ކަމުގެ ހުރި ރިސްކް.
މިހާރުކު
18 September 2020
މިފަހަރު ޖުޑިޝަރީގެ ގޮތް އެނގިދާނެތާ...
ދޮން ދީނި
18 September 2020
ތިދެން އެމްޑީޕީ ސުޕަމެޖޯރިޓީ އޮތް ސުޕްރީމް ކޯޓެއްނު... ކުރީގަ އޮތީ ޕީޕީއެމް ސުޕަމެޖޯރިޓީ.. މަށަށް ފެނޭ ސުޕްރީޕް ކޯޓު މީޙުންވެސް ޕާޓީތަކަށް ރަޖިސްޓަރީވެ ވޯޓުލައިގެން ހޮވަން..
ކެލާ
18 September 2020
ފަނޑިޔާރުން ނިންމާނީ ހުއްޖަތް ވަރުގަދަކޮޅަކަށް، އެއީ ހައްގު ނަހައްގަށް އަދި ނުހައްގަށް ބަދަލުވާ ކަމެއް ނޫން. މިއީ ހަދީސްފުޅުންވެސް އެނގޭގޮތް، ވީމާ ޔައުގޫބަށް ހައްގު ނޫން މަގާމެއްނަމަ ހައްގެއް ނުވާނެ، މީގެ އިދިކޮޅުވެސް އެބައޮތް
ހަކީމް
18 September 2020
ޓްވީޓް އިން އެފެންނަ މީހާއަކީ ޣާޒީ އަކަށް ހުރެ އެތަކެއް ފަސާދެއް އެއް ހަދައިގެން މަގާމުންު ދުރުކުރި މީހެއް. މީގެން ދޭހަވަނީ މަގާމުންު ދުރުކުރިޔަސް އަދި ނުފުދޭކަން ... ދައުވާ ކޮށް ދިގުމުއްދަތަކަށް ޖަލައްވެސް ލެވެން ޖެހޭކަން. ވިޔަފާރިވެރިން އަދިވެސް މީނާގެ ބޭނުން ހިފާ ...
ހަސަނު1
18 September 2020
ކޮބާ މައްސަލައަކީ؟ އޭނަ އަދާ އެކުރީ ރައްޔިތެއްގެ ހައްގު.. އޭނައަކީ ކޮންމެ ފަދަ ހިސްޓްރީއެއް އޮތް މީހަކަށް އޭނައެކުރީކީ ގޯސްކަމެއް ކަމކަށް ނުދެކެން.
ދޭހަވާ މީހާ
18 September 2020
އެއީ މަޤާމުން އިސްތިޢުފާ ދިން މީހެއް.. މަޤާމުން ވަކިކުރަންވެސް ނިންމި މީހެއް ނޫން.. އަމިއްލައަކަށް ވަކިވި މީހެއް
ރަދުން
18 September 2020
މެންބަރުކަމަށް ތަސައްރަފުނުފުރެނީ.ދެން ރަނގަޅުވާނީ މެމްބަރުކަމުންވެސް އިސްތިއުފާދިނިއްޔާ.
ޙިނި
17 September 2020
ޢެޑިއުކޭޝަން މިނިސްޓުރީއިން ރައްޔިތުންގެ މަޖުލިހުގެ ގާނޫނު ހަދާ މެންބަރުންނަ ހިލޭ ލޯ އިން ޑިގުރީ ކޯހައް ކިޔެވޭނެ ހޮތް ހަދާދޭން ވީނުންތޯ.
ޖޯކރު
18 September 2020
ތިޔަ ލޯ ކިޔަވައިގެން ނޫނީ އެއްވެސް ކަމެއް ނޭގެނީތަ. ލޯޔަރުންގެ އުދަގުލާއި ހެދި ހުރހާ ކަމެއް ބޮއްސުންލަނީ. ދެފޮޅުވތް ދޭތެެރެއިން މާނަ ހިފަގެން ދަމާފާނެ ނެގޭ ކަމަކުވެސް. ދެން އެގޮތަކަށް އެކަން ކުރަން ޖެހެނީ. ޑިމޮކްރަޓިކް ވެއްޓެއްގައި ލޯޔަރުންނަށް ޓެކްނިކލް ތަކެތިން ޓެކްނިކަލް މާނަވެސް ދޭހަވާން ޖެހޭ. ހަމަ އަކުރުން އަކުރަށް އެމީހުން ތަރުޖަމާ ކުރަނީ ަަަަަ
ދިއްދޫމީހާ
17 September 2020
އަހުން މުނިކާފަ ބުނާނެ އިލްމު ހުއްޓަސް ހިލްމު ނެތިއްޖެއްޔާ އެމީހަކު ވާނީ ޖުހާއަށޭ..
ހޯރަ
17 September 2020
ގަމާރުކަން ފެނޭ.
ޖޭމްސް
17 September 2020
މެމްބަރުގެ ގޮނޑިގެއްލޭ ހާލަތުތައް ގާނޫނު އަސާސިގަ ސާފުކޮށް ލިޔެފައިވެއެވެ. އެނޫންކަމަކުން ގޮނޑިއެއް ނުގެއްލޭނެއެވެ. މެމްބަރު ކޮށްގެން ނުވާނެކަމެއް ކުރުމުން އަޅާނެ އިދާރީ ފިޔަވަޅުތައް މަޖިލީހުގެ ގަވާއިދު ލިޔެފަ އޮންނަންވާނެ. ދެން ހަލީމަކީ ހަވީރުގެ ނޫސްވެރިން މަސައްކަތް ނުކޮށްތިބެން ހުކުމްކުރި ގާޒީކަމަށް ވެއެވެ.