ޚަބަރު / މެމްބަރު ޔައުގޫބު އަބްދުﷲ (ދާންދޫ)

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ޔައުގޫބް: އޭނާގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކުރާ ބަހުސްގައި ގާނޫނީ ބޭފުޅުންގެ ހިޔާލު ތަފާތު. --ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލި ދާންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދޭން ހުށަހަޅާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

ސުޕްރީމް ކޯޓުން ހުއްދަ ދިނީ، ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަވައި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށެވެ. ހަލީމްގެ އިތުރުން ޔައުގޫބްގެ މައްސަލަ، އިދިކޮޅު ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ.

ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ.

ހަލީމް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގަތީ ޗާޓަޑް އިސްޓިޓިއުޓްގެ މެމްބަރުކަމާ ޔައުގޫބް ހަވާލުވެވަޑައިގަތް ވަގުތުން ފެށިގެން ދާންދޫ ދާއިރާގެ މެމްބަރު ކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މަގާމާ ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އާ ޚިލާފަށް ކަމަށް މައްސަލައިގައިވެ އެވެ.

ކޯޓަށް އެ މައްސަލަ ހުށަހެޅީ، އިދިކޮޅު ކޯލިޝަން ޕީޕީއެމާއި ޕީއެންސީގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ. އޭނާ ވިދާޅުވީ ޔައުގޫބްގެ މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އަށް ބަލާއިރު މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާތީ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުމެވެ. ދައުލަތުގެ އެހެން މަގާމުތައް އަދާކުރުމަކީ މަނާ ކަމެއް ކަމަށް 73 ވަނަ މާއްދާގެ ރ. ގައި އޮތަސް، އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ.

ޔައުގޫބް ވަނީ، އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށުމުން އެ އިންސްޓިޓިއުޓުން އިސްތިއުފާ ދެއްވައިފަ އެވެ. ދިފާއުގައި މިހާތަނަށް ވިދާޅުވެފައި ވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުންނެވެ.

ޔައުގޫބްގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކުރާ ބަހުސްގައި ގާނޫނީ ބޭފުޅުންގެ ހިޔާލު ތަފާތެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޭނާގެ މެމްބަރުކަން ގެއްލިއްޖެ އެވެ. އަނެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އޮޮތް ގޮތުން އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަން ނުވަތަ ނޫންކަން މުޅިން ސާފު ނުވާ ކަމަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، ވަކި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. މިހާތަނަށް މެމްބަރުން ގޮނޑި ގެއްލިފައި ހުރީ ޖިނާއީ ކުށްތައް ސާބިތުވެގެންނާއި ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުންނެވެ. ވަކި މަގާމެއް ގަބޫލުކޮށްގެން މިގޮތަށް މެމްބަރުކަމާ މެދު ސުވާލު އުފެދުނު މިއީ ފުރަތަމަ ފަހަރެވެ.

32 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 0%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާދާސީދާ

25 September 2020

73 ވަނަ މާއްދާ އަކީ ގޮނޑިގެއްލޭ ގޮތަށް އޮތް މާއްދާއެއް ކަމަކަށް ސާފެއް ނުވޭ. އެފަދަ ކަންތައްތައް 74 ވަނަ މާއްދާގައި އެބައޮތް. އެ މާއްދާގެ ބޭރުން ގޮނޑި ގެއްލޭކަމަކަށް ކަނޑައެއް ނޭޅޭނެ. ވީމާ، ބެނެފިޓް އޮފް ޑައުޓް ލިބޭނީ ޑިފެންޑަންޓަށް.

The name is already taken The name is available. Register?

ސަލާން ބުނި

25 September 2020

'އަފުރާސިޔާބު' ކަލޭ ގާނޫނީ ސަބަބޭ ކިޔައިގެން ފާޑުފާޑުގެ ކޮމެންޓްކުރާއިރު، 'ކޮންސްޓިޓުއަންސީ' ގެ ބަދަލުގައި 'އިންސްޓިޓިޔުޓޭ' ލިޔެފައިއޮތުމުން ކަލޭގެ ފެންވަރު އަހަރުމެން ކިޔުންތެރިންނަށް ވަރަށް ރަގަޅަށް އެނގެއެވެ.

The name is already taken The name is available. Register?

އިސްމާލު

25 September 2020

ޤާނޫނަކުން މިފަންނުގެ ރެގިއުލޭޓޮރީ ޒިންމާތައް ހަވާލުކުރަނީ، ޕްރޮފެޝަނަލް ބޮޑީއަކާއި، ސްޓެޗޫޓަރީ ބޮޑީއަކަށް ނޫން. އައިސީއޭއެމް ދައުލަތުގެ މުވައްސަސާއަކަށް ނުވާ ބައެއް ސަބަބުތައް: 1. އިންސްޓިޓިއުޓުގެ ވެރިފަރާތަކީ އިންސްޓިޓިއުގެ މެންބަރުން. 2. އިންސްޓިޓިއުޓަށް ދައުލަތުން ބަޖެޓް ހަމަޖައްސައެއް ނުދޭނެ. 3. އިންސްޓިޓިއުޓުގެ ބެލެނިވެރި ފަރާތަކީ އައިފެކް އެކަމަކު ޤާނޫނީ ޒިންމާތަކެއް ހަވާލުކުރެވިފައިވާތީ މަޖިލީހަށް ރިޕޯޓްކުރަންޖެހޭ. ނަމަވެސް އެތިކްސް...

The name is already taken The name is available. Register?

ައަފުރާސިޔާބު

24 September 2020

ޔައުޤޫބުގެ ގޮނޑިގެއްލެން ޖެހޭ އެއްވެސް ޤާނޫނީ ސަބަބެއްނެތް. ޔައުޤޫބު މެންބަރަކަށް އައީ އިންތިޚާބު ކުރެވޭ މެންބަރެއްގެ ގޮތުގައި. އިންތިޚާބު ކުރަނީ އެ އިންސްޓިޓިއުޓް ގެ މެންބަރުންގެ ވޯޓުން. ސަރުކާރުން އެތަނައް އައްޔަން ކުރާ މެންބަރުންނަކީ 1. އޮޑިޓަރ ޖެނެރަލް 2. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން 3. ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރ. މިތިން މީހުން ނޫން އެންމެންނަކީ ރައްޔިތުން ނުވަތަ އެތަނުގެ މެންބަރުން ވޯޓު ދީގެން ހޮވާ ބައެއް.

The name is already taken The name is available. Register?

އަހްމަދު33

25 September 2020

ގެއްލިއްޖެ!

The name is already taken The name is available. Register?

އައިސް ޖޯކަރު

24 September 2020

މި އަސްލު އައްނި ގެ ގޮނޑި އާ ދޭތެރޭ ގޮތެއް ނިންމަން ކުރާ ކަމެއް. ކޯޓުން މައްސަލަ ނިމޭ ގޮތުން އައްނި ގެ ގޮނޑި ވެސް ގެއްލިއްޖެ ކަމަށް ދައުވާ ކުރާނެ އެހެނީ ކުރީގެ ރައީސަކީ ދައުލަތުން މުސާރަ ލިބޭ ދައުލަތުގެ ވަޒީފާއެއް.

The name is already taken The name is available. Register?

މާއްދާ001

24 September 2020

ކުރީގެ ރައީސް އިނާޔަތަކީ ރިޓަޔާކުރީމަ ދޭ އެއްޗެއް. ވަޒީފާއެއް ނޫން. ރާއްޖޭގަ މިއުޅޭ ހުރިހާ ރައީސުން ރިޓަޔާވެ އަބުރުވެރި ދިރިއުޅުމެއް ނޫޅުން އެއީ މުޅިން އެހެން ކަމެއް.

The name is already taken The name is available. Register?

Ahmed33

25 September 2020

މި ގޮންޑިވަނީ ގެއްލިފަ. އަންނިގެ ގޮންޑިއަކީ ގާނޫނީގޮތުން ލިޔެވިގެން ކުރެވޭ ކަމެއް. ގޮންޑިގެއްލިއްޖެ!

The name is already taken The name is available. Register?

އުދުހޭ

24 September 2020

މިއޮއް މޮޅު ގާނޫނުއަސާސީގަވެސް ކަމެއް ޖެހިގެން ބަލާލާއިރު މިއޮއްނަނީ ބާގަނޑެއް. ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ކަމެއް މަނާ ކޮށްފިއްޔާ އެކަމެއް ކުރި ފަރާތަކަށް އޮތް އަދަބު ލިޔެފަ އޮންނަންޖެހޭނެ. އެހެން ނޯންނާތީ ބާގަނޑު މިއުފެދެނީ. މީ ދެރަކަމެއް.

The name is already taken The name is available. Register?

3343

25 September 2020

މަގާމު ގޮނޑި ގެއްލިއްޖެ!

The name is already taken The name is available. Register?

އިމާދު (ކުޑަ)

24 September 2020

އަހަރެން ޔައުޤޫބަށް ތާއީދުކުރަނީ ހިތާރޫހުން، ޖާނާ މާލުން!

The name is already taken The name is available. Register?

އިބާސްކީ 4080

24 September 2020

ޔައުގޫބުގެ އުނދަގޫ ކަންކަންހުރޭ. ޖުމްލަކޮށް ބަލާއިރު އެހާގޯހެއް ނޫން. ޕާލަމަންޓަށް މުހިއްމު މީހެއް އެއީ.

The name is already taken The name is available. Register?

ޑރ މުހައްމަދު ޖަމީލް އަޙްމަދު

24 September 2020

ޔައުގޫބުގެ ގޮނޑީގެ މައްސަލައިގައި އަހަރެންނަށް ހީވަނީ މިއުޅެނީ ޒާތީވެގެންހެން. އިންސާފުވެރިކޮށް ބަލައިފިއްޔާ ގޮނޑި ނުގެއްލޭނެ. އަހަރެން ޔައުގޫބުދެކެ ވަރަށް ރުޅިއާދޭ، އެކަމަކު ވާހަކަ ދައްކަންޖެހޭނީ އިންސާފަށްދޯ!

The name is already taken The name is available. Register?

އަންޑޭ 222

24 September 2020

އަހަރެން ވަރަށް ރަގަޅަށް ޔައުގޫބު ދަންނަން. މިމައްސަލައިގައި އަހަރެންވެސް ގަބޫލުކުރަނީ ޔައުގޫބުގެ ގޮނޑި ގެއްލެންޖެހޭކަމަށް. ތަފްޞީލުކޮށް މިމައްސަލައަށް ނަޒަރު ހިންގާލާއިރު، ޔައުގޫބު މެމްބަރުކަންކުރި ކައުންސިލްއަކީ އެން.ޖީ.އޯއެއް. ފުޓުބޯޅަ އެސޯސިއޭޝަން، ކެއަރ ސޮސައިޓީފަދަ ތަންތަނަކީވެސް އެންޖީއޯތައް. އެއީ ގާނޫނު އަސާސީގައި ބަޔާންކުރާ މިނިވަން މުއައްސަސާއެއް ނޫން. އެހެންކަމުން، ރަގަޅަށް މިކަން ބަލައިފިއްޔާ ޔައުގޫބުގެ ގޮނޑި ނުގެއްލޭނެކަމަށް ހީވަނީ

The name is already taken The name is available. Register?

މާއްދާ001

24 September 2020

އެއީ އެންޖީއޯއެއް ނޫން. ގާނޫނަކުން އުފެއްދި މުއައްސަސާއެއް.

The name is already taken The name is available. Register?

އަންނ5

25 September 2020

ގެއްލިއްޖެ ކަމަށް ހަމަ ފެންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454