މިނިވަން ފުޓްބޯޅަ މުބާރާތުގައި ތިމަރަފުށްޓާއި ލަންދޫ ކުޅުނު މެޗު ފެއްޓުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: އެފްއޭއެމް
28 އޮކްޓޯބަރ 2016 - 20:23
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަހު ބުރުގެ ފުރަތަމަ ދެ މެޗު ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ ކާމިޔާބުކޮށްފި އެވެ.
ކުޑަހުވަދޫގައި ކުޅުނު ގްރޫޕް އެކެއްގެ ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ އދ. މަހިބަދޫއާ ވާދަކޮށް 1-0 އިންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކުޑަހުވަދޫ ޓީމުގެ ޖުމައިލް ޖަމީލް އެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުގައި މާދަމާ އެންމެ ފަހުގެ ޗެމްޕިއަން ސ.ފޭދޫ ކުޅޭނީ ގއ. ދެއްވަދޫގަ އެވެ.
ގްރޫޕް ދޭއްގެ ފުރަތަމަ މެޗުން ތިމަރަފުށި މޮޅުވީ ނ. ލަންދޫއާ ވާދަކޮށް 1-0 އިންނެވެ. ތިމަރަފުށީގައި ކުރިއަށްދާ މި ގްރޫޕްގެ ފުރަތަމަ މެޗުގައި ލަންދޫ ކޮޅަށް ތިމަރަފުށީ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފްގައި ކާމިޔާބުކުރީ އަބްދުﷲ މުނާޒް އެވެ.
ގްރޫޕް ދޭއްްގެ ދެ ވަނަ މެޗުގައި މާދަމާ ބ.އޭދަފުށި ބައްދަލުކުރާނީ ހދ. ހަނިމާދޫއާ އެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު ކުޑަހުވަދޫގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. ދެ ވަނަ ސެމީ ފައިނަލް އަންނަ މަހު އަށް ވަނަ ދުވަހު އޮންނާނީ ތިމަރަފުށީގަ އެވެ. އެ މެޗުގައި ބައްދަލުކުރާ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާއި އެކެއްގެ ދެ ވަނަ ޓީމެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުގެރޭ މާލޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަ އާމިން
31 October 2016
ﷲގެވާގިފުލާއެކު ތިމަރަފުށީ ޓީމު ހުރިހާ މެޗަކުންވެސް މޮލުވާނެ އިންސާﷲ
4ޒ
29 October 2016
ތިމަރަފުށީ ފުޓްބޯޅަ ޓީމަށް މަރުހަބާ! ހަމަ ތިޔަގޮތުގައި ކުރިއަށްހުރި މެޗް ތަކުގައިވެސް ކުޅެގެން ކާމިޔާބު ހޯދާނެ ކަމަށް އުއްމީދުކުރަން. އައި މާތްﷲ ގެ ވާގިފުޅާއި އެކު މުބާރާތުގެ އެއްމެ ފަޚުރުވެރި ކާމިޔާބީ އާއި ހަމައަށް ދިއުމަށް ހުރިހާ ކުދިންވެސް ގަދައަޅައި މަސައްކަތް ކުރުން އެދެން.
ސާ
31 October 2016
ތިމަރަފުށީ ޓީމަށް މަރުހަބާ