މިއަދު ފުރި ބައެއް ބަންގްލަދޭޝް މީހުން ފުރަން ތައްޔާރުވަނީ -- ފޮޓޯ: މޯލްޑިވިއަން
24 ސެޕްޓެމްބަރ 2020 - 16:27
ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ބަންގްލަދޭޝް މީހުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެ ގައުމަށް ގެންގޮސް ދިނުމުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ. މި
މިއަދު ފުރި ފްލައިޓު ދަތުރުކުރާނީ އެ ގައުމުގެ ވެރިރަށް ޑާކާ އަށް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
#Repatriation of another 200 Bangladeshi nationals today. #Dhaka#Maldivian#NationalAirline🇲🇻 pic.twitter.com/opZY7cXbh6
— Maldivian (@MaldivianAero) September 24, 2020
މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓު
އެންމެ ފަހުން ރާއްޖެ އިން ބަންގްލަދޭޝް އަށް ބިދޭސީން ފޮނުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހެވެ. މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ފޮނުވާލައިފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީއަކު މި އަހަރު ނިމުމުގެ ކުރިން އަނބުރާ ފޮނުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙިނި
26 September 2020
ގަވައިދާ ހިލާފައް އުޅޭކިތައްމީހުންތަ ފޮނުވާލީ
ބidEސ
26 September 2020
ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ނުގެނެވޭނެ އެއީ ސަރުކާރުގެ ސިޔާސަތުތައް މާ ބޮޑަށް ދޯދިޔާވީމަ. ގަވައިދާ ހިލާފަށް އުޅޭ މީހުންނަކީ މި ރާއްޖޭގެ ގާނޫނުތައް މުގުރާފަ އުޅޭ ބައެއް. އެއްވެސް ގައުމަކު މިފަދަ މީހުން ރުއްސައިގެން ކަންކަމެއް ނުކުރާނެ. ޢެހެން ނޫނަސް މިއީ އަދި މިކަންކުރެވޭނެ ގޮތެއް ނޫން.
ޖަރީ
25 September 2020
މަދުވާނީ ކިހިނެއް. 200 މީހުން ފުރުވާލީ، 900 މީހުން ޓުއަރިސްޓް ވިސާގަ އެތެރެވިކަމަށްއެބަކިޔާ
ރަށުމީހާ
25 September 2020
އެކަމަކު މީހުން މަދުވާހެން ހިއެއް ނުވޭ މީކިހެނެއް ވާކަމެއް ބާ
ޖަރީ
25 September 2020
މަދުވާނީ ކިހިނެއް. 200 މީހުން ފުރުވާލީ، 900 މީހުން ޓުއަރިސްޓް ވިސާގަ އެތެރެވިކަމަށްއެބަކިޔާ
ުވައިސޫރި
25 September 2020
ބާޒާރުމައްޗާ މާރުކޭޓުތައް އަދިވެސް އޮންނަނީ އެމީހުންގެ ބާރުގެ ދަށުގާ ނިކަން ޒިކުރާ މިސްކިއްކައިރިވެސް ބަލާލަބަލަ އެމީހުނެގެ އުނދަގުލާހުރެ އެތަނުގާ ޕާރކު ކޮއްލަންވެސް އުނދަގޫވާނެ ގަވާއިދު ހެދިޔަސް ތަންފީޒެއް ނުކުރެވޭ ވީމާ ގަވާއިދު ހެދުމުގެ ބޭނުމަކީ ކޮބައިތޯ
ނަސްރު45
25 September 2020
މި ފޮނުވާލެވެނީ، ރިސޯޓްތަކުން އަބުރާ ރަށައް ފުނުވާލަން އެދި މޯލްދިވިއަން އިން ޓިކެޓް ގަނެދީގެން ފޮނުވާލާ މީހުން. އެއްގޮތަކަށްވެސް މާލެތެރެއިން ނަގާ ރައްޔެތުން ގެ ޓެކުހުގެ ފައިސާއިން މިކަމަމަށް ހައްލެއްް ހޯދާ ދޭން ސަރުކާރުން ކުރާ ކަމެއް ނޫން.
އަލި
25 September 2020
ފޮނުވާ ވަރަކަށް އަންނަނީތަ؟. މަދުވާހެނެއް ހިއެއްނުވޭ؟.
ތެދުބަސް
24 September 2020
ފޮނުވާލީތަ ނޫނީ އަމިއްލައަށް އާދޭސްކޮށްގެން ދިޔައީތަ؟
ކޮރަލް
24 September 2020
ގަވާއިދާ ހިލާފައް އުޅޭ ގިނަ މީހުން އެއުޅެނީ ހޮޓާ ކެފޭ ފިހާރަ ފަދަ ތަންތަނުގަ ކޭޝިއަރުންނަށެވެ. ކޭޝިއަރުންނަކީ ކޯޓާ ދޭ މަގާމެއް ނޫނެވެ. ރިސޯޓް ތަކުން ކަނޑާލާ އަދި ނޯޕޭ ލީވް ދޭގިނަ ބަޔަކު އަމިއްލަ އަށް ޓިކެޓް ގަނެގެން ރަށައް ދެއެވެ. ސުރުހީ އަދި ރަނގަޅެއް ނޫނެވެ.
haha
24 September 2020
އެކަމުވެސް އެމިޙުން މަދުވާހެނެއް ހިޔެއް ނުވޭ؟؟؟