ގާނޫނުތަކެއް: ގާނޫނީ މައުލޫމާތުތަކަށް ޚާއްސަ ވެބްސައިޓެއް މަދަނީ ޖަމްއިއްޔާއަކުން ވަނީ ލޯންޗް ކޮށްފައި -- ފޮޓޯ/މިހާރު
27 ސެޕްޓެމްބަރ 2020 - 11:55
ގާނޫނީ މައުލޫމާތުތަކަށް ޚާއްސަ ވެބްސައިޓެއް މަދަނީ ޖަމްއިއްޔާއަކުން ލޯންޗްކޮށްފިި އެވެ.
"ޖަސްޓިސް އިނީޝިއޭޓިވް.ލީގަލް" ގެ ނަމުގައި ޖަސްޓިސް އިނީޝިއޭޓިވް މޯލްޑިވްސް އިން ލޯންޗްކުރި ވެބްސައިޓަކީ ހުރިހާ ގާނޫނަކާއި ގާނޫނަށް ގެނެވޭ އިސްލާހުތައް އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތަށް ފަރުމާ ކޮށްފައިވާ ވެބްސައިޓެކެވެ. ޖަސްޓިސް އިނީޝިއޭޓިވް މޯލްޑިވްސް އަކީ ލެކްސަވީ ޗެމްބާސްގެ އިސް ނެގުމުގެ ދަށުން ހިންގާ ޖަމްއިއްޔާ އެކެވެ.
އެ ވެބްސައިޓްގައި ހުރިހާ ގާނޫނުތަކެއް ހިމަނާފައިވަނީ އެ ގާނޫނުތަކަށް ގެނެސްފައިވާ ހުރިހާ އިސްލާހުތަކާއި އަދި ގާނޫނުގެ އަރިމަތީ ސުރުހީތަކުން ބެލޭ ގޮތަށެވެ. މިއީ އިސްލާހުތައް ހިމެނޭހެން ހުރިހާ ގާނޫނުތަކެއް ކޮމްޕައިލްކޮށް ލޯންޗްކުރި ފުރަތަމަ ވެބްސައިޓެވެ. އަދި އިސްލާހުތައް ވަކިވަކިން ބެލޭ ގޮތަށް ވެބްސައިޓްގައި ހިމަނާފައި ވާއިރު، ހިލޭ ބޭނުން ކުރެވޭ އެ ވެބްސައިޓް ހަދާފައިވަނީ ފޯނާއި ޓެބްލެޓުން ވެސް ފަސޭހަކޮށް ބެލޭ ގޮތަށެވެ.
Justice Initiative- our online database is officially up. Our platform provides access to an array of legal resources and consolidated laws with its latest amendments. Find us on https://t.co/jIH4FDMTvn pic.twitter.com/XgR9Artqyi
— Justice Initiative Maldives (@J_initiative_MV) September 26, 2020
ޖަސްޓިސް އިނީޝިއޭޓިވްގެ ޓްވީޓް
މީގެ އިތުރުން ގާނޫނުތަކަށް އަމަލު ކުރަން ފެށި ތާރީޚުތަކާއި ގާނޫނީ މައުލޫއުތަކާއި ކޯޓުތަކުގެ ނިންމުންތަކާ ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކާއި ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހަޅަންޖެހޭ ފޯމްތައް ވެސް އެ ވެބްސައިޓުން ލިބެން ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާބެ
28 September 2020
އަމިއްލަ ޖަމްޢިއްޔާއަކުން މިފަދަ މަސައްކަތްކަތެއް ކުރުމަކީ ނުހަނު ޝުކުރު ޙައްޤުވާ ކަމެއް! ރާއްޖޭގެ ޤާނޫނީ ޙަޔާތުގެ މާޒީވި ފަތްފުށްތަކަށް ބަލާއިރު، ޤާނޫނީ ޢިލްމު ލިބިފައިތިބި ގިނަ ބަޔަކު ތިބިނަމަވެސް، އެދާއިރާއިން ޖަސްޓިސް ސުޢޫދު ފަދައިން ފާހަނގަކޮށްލެވޭވަރުގެ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅަކު ވަރަށް މަދު، އެބޭފުޅާނޫނީ ނެތޭވެސް ދެންނެވިދާނެ، އެރޮގުން ކިޔަވާ ދަރިވަރުންނަށް މިހާރުވެސް އެންމެބޮޑު އެހީތެރިކަމެއް ލިބެނީ އެބޭފުޅާގެ ލިޔުއްވުންތަކުން.
ސިއުރާ
27 September 2020
ދިވެހިރާއްޖޭގައި ހަދާ ގާނުނުތަކަކީ ވަރަށް ފެންވަރު ދަށް، ކުރަކި ގާނޫނުތަކެއް. އެއް ގާނޫނުގައި ބުނާ އެއްޗެއް އަނެއް ގާނޫނާ ތަފާތު. އަދި ގާނޫނުގެ އިބާރާތްތައްވެސް ހުންނަނީ ގާނޫނީ ލިޔުމެއް ފަރުމާ ކުރެވެންޖެހޭ ގޮތާ ޚިލާފަށް އޮޅުންބޮޅުން އަރާހެން.
ދެ އަނގަ
27 September 2020
ރަގަޅު ކަމެކެވެ. މަރިހަބާ އެވެ.
1334
27 September 2020
ތިކަމެއްނޫން ކުރަންވީ. ގާނޫނާ ހިލާފުވާ މީހުން ހިފާ ހައްޔަރު ކުރަންވީ.ތިހެން މޮޅެތި އެއްޗެހި ނެރެގެން ވާ ކަމެއް ހަމަ ހަރާމް.