އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި މޯދީ ވާޗުއަލްކޮށް ތަގްރީރު ދެއްވަނީ. --ފޮޓޯ:ޕީޓީއައި
27 ސެޕްޓެމްބަރ 2020 - 15:07
ނިއު ދިއްލީ (ސެޕްޓެމްބަރު 27) - ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ގައުމުގެ ހައިސިއްޔަތުން، އިންޑިއާގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން، ކޮރޯނާވައިރަހާ ދެކޮޅަށް މުޅި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
"ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމުގެ ހައިސިއްޔަތުން، ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މުޅި އިންސާނިއްޔަތަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެވޭނެ،" އދ.ގެ އާއްމު މަޖިލީހުގައި ވާޗުކޮށް ދެއްވި ތަގްރީރުގައި މޯދީ އިއްޔެ ވިދާޅުވި އެވެ.
މޯދީގެ ތަގްރީރުގައި މޫސުމަށް އަންނަ ބަދަލުތަކާއި ޗައިނާ ބޯޑަރުގައި ހިންގި ކުރިމަތިލުންތަކަށް އަލި އަޅުވާލައްވައިފައެއް ނުވެ އެވެ. ނަމަވެސް މޯދީ ވަނީ އދ. އިސްލާހު ކުރުމަށް ގޮވާލާ ގޮވާލުން ތަކްރާރު ކުރައްވައިފަ އެވެ. އަދި ދުނިޔޭގައި ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގެ ހައިސިއްޔަތުން އދ.ގައި އިންޑިއާ އަށް މިހާރަށް ވުރެ ބޮޑު ރޯލެއް ދިނުމަށް އެދިވަޑައިގެންނެވި އެވެ.
"ވޭތުވެދިޔަ އަށެއް ނުވަތަ ނުވަ މަސް ދުވަސްތެރޭ ދުނިޔެ މިދަނީ ބޮޑު ރޯގާއަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން. ގައުމުތައް ގުޅިގެން ކުރާ މި ހަނގުރާމައިގައި އދ. ކޮބާ؟" މޯދީ ސުވާލު ކުރެއްވި އެވެ. "އިންޑިއާގެ 1.3 ބިލިއަން މީހުން އިންތިޒާރު ކުރަމުން މި ދަނީ އދ. އިސްލާހުކޮށް ނިމޭނެ ވަގުތަކަށް."
ނޯވޭ، އަޔަލޭންޑް އަދި މެކްސިކޯއާ އެކު އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރެއްގެ ހައިސިއްޔަތުން ދެ އަހަރުގެ ދައުރެއް އިންޑިއާ އިން ޖެނުއަރީ 1، 2021 އިން ފެށިގެން ފުރިހަމަ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުނުތާ
28 September 2020
ދުނިޔޭގައި އެންމެ ފެންވަރު ދަށް ބޭސް އުފައްދާ ޤައުމު އިންޑިއާގައި އުފައްދާ ބޭސް ތެރެއިން އެކްސްޕޯޓް ކުރުމަށް ބޭނުންކުރަނީ އަދި އެންމެ ފެންވަރު ދަށް ބެސް ތައް
ނެގުނުކަތީބު
28 September 2020
އިންސާނުންނާމެދު އެންމެ ބޭއިންސާފުން ކަންކުރާ މީހާ އަދި އެކަމަށް ހިއްވަރުދޭ މީހާ ތިހެން ބުނީމާ ގަބޫލުކުރާނީ ސިކުންޑި ނުހުންނަ، ނޫނީ ނަޖިސް ބޯ މީހުން.
ގަބުޅިބޯ
27 September 2020
އެއީދޯ ވެކްސިންގެ ބޭނުމަކީ. އެއްވެސް އިރެއްގަ ހިއެއްނުކުރަން އެއީ އަހަރެންގެ މަސްޓޭންކުތެރޭ އުޅޭ މަސްތަކަށް ފައިދާކުރުވަން ހަދާ އެއްޗެއް ކަމަކަށް.
މީހާމީހާ
27 September 2020
ބައިކަނޑިމެނަށް ހާދަ ކަމެއް ނޭގޭ. އިންޑިއާއިން ހައްދަނީ ޗީޕް ލޭބަރ ލިބޭނެތީ އަގުހެޔޮކުރަން. އެކަމކު މިކަމުގެ ސައެންސް އަކީ އިންޑިއާ ވާ ބެހޭވެސް ކަމެއް ނޫން. ފޮރމިއުލާރ ދިނީމަ އިތިއޮއްޕިޔާއިންވެސް ސޯމާލިޔާއިންވެސް ކޮކާކޯލާ ހަދައިގެން ބޮޔޭ ބަލަ....މަހީހީ ހަލާކު މިސޮރުމެން ރޮފިލާ ދުނިޔެ އަށް ލޯ ހުޅުވޭނީ ކޮން ދުވަހަކުންބާ؟
Medical Oncology
28 September 2020
ތިބޭފުޅާ އަށް ނޭގިގެން ތިއުޅެނީ. ބޭހާ ކޮކާ ކޯލާ އަޅުވާ ނުކިޔޭނެ. ބޭސް ކޮންމެ ގޮތަކަށް ހެދިޔަސް އެކަމެއް ނުކުރެވޭނެ ސައިންސްގެ ރޮގުން ކުރި ނައަރާ ބަޔަކަށް. ރަގަޅަށް ބަލާފަ ވާހަކަ ދައްކާ. އިންޑިޔާ އަކީ މި ސަރަހައްދުގައި ރަގަޅު ފެންވަރުގެ ޔުނިވާސިޓީ ތައް ހުރި ގައުމެއް. މުޅީ ޔޫރަޕް އާއި އެމެރިކާ އާއި ސިންގަޕޫރުގައި އިންޑިޔާގެ ސައިންސް ވެރިންނާއި ޑޮކްޓަރުން ވަރަށް ގިނަ.
ރަބަރު
27 September 2020
އަހަރެން ހީނުކުރަން ދިވެންގެތެރޭ މިހާ ރޯނުފިލާ ތަންދޮރު ނެއެނގޭ މީހުންތިބިކަން. ދިވެހިން ހަނދުގަ ފެންހުރިކަންވެސް ހޯދީ. ދިވެހިން އެއް ރޮކެޓެއްގަ 120 ސެޓެލައިޓް އެއްފަހަރާ ޖައްވަށް ގެންދިޔައީ. ދުނިޔޭގެ އެއްވެސް ބަޔަކަށް ނުވިކަމެއް. ދިވެހިން ހަދާ ބޭސް މުޅި ދުނިޔޭގަ ވިއްކަނީ. ކޮވިޑް 19 ގެ ވެކްސިންވެސް އޮކްސްފޯޑުން ހައްދަނީ ދިވެހިރާއްޖެއިން.
ދުންދަނޑި
27 September 2020
އެކޮއެ، އެއީ ކުދިކުދި މައިކްރޯ ސެޓެލައިޓް އެއަކަށް ސެޓެލައިޓޭ ނުކިއާ މިޒަމާނުގަ. އިންޑިއާއަށް މިއަހަރު މިހާތަނަށް އެންމެ ރޮކެޓެއް ޖައްވަށް ފޮނުވާނުލެވޭ އަދި، އެންމެ ފަހުން ފޮނުވީ މިދިޔަ އަހަރުގެ ނޮވެންބަރުގަ، ޖެހިގެންއޮތް ޗައިނާއިން 30 ރޮކެޓުގަ 75 އެތި ޖައްވަށް ފޮނުވައިފި މިއަހަރު މިހާތަނަށް އެކަނިވެސް، މިއަދުވެސް އެފޮނުވީ ދޭތި.
ކަބަރު
28 September 2020
ރޯފިލަންވީ އިހަށް އިންޑިއާ މީހުން. ތިޔަ ހުރިހާ ގާބިލްކަމެއް ހުރެމެ އަމިއްލަ ގައުމުގެ އެތައް ބަޔަކު ކޮންމެ ދުވަހަކު މަރުވަނީ އިންތިހާ ފަގީރުކަން މަތީ ކާނެބޯނެ ސާފުތާހިރުވާނެ ރަގަޅު ގޮތެއްނެތި. އެމީހުންގެ މޮޅު ޓެކްނޮލޮޖީއާ މޮޅެތި ބޭސްވެރިކަމުން އިހަށް އަމިއްލަ ގައުމުގެ އަމިއްލަ ލޭ ހިނގާ މީހުންގެ ހިތާމަވެރި ހާލަތުން އަރައިގަތުމަށް އެހީވާނެ އިންސާނިއްޔަތުކަމެއް ނެތްނަމަ ދުނިޔަވީ އެއްވެސް ކުރިއެރުމެއްގެ ބޭނުމަކީ ކޮބާ؟
ބައިދަނޑި
27 September 2020
ބޭނުމެއްނޫން. ތިޔަ ބޭފުޅަގެ ޒިންމާގައިވާ އިނޑިޔާ ރައްޔިތުން ފުރަަތަމަ ކޯވިޑުން ސަލާމަތްކޮށްބަލަ. މީވެސް ހަމަ ނުފޯރާފޮތިން ފޫގަޅަންއުޅޭ މީހެކޭ.
ބައިކަނޑި
27 September 2020
ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގައި ކޮވިޑް ފެތުރެނީ ފައިސާއާއި ތަނަވަސްކަން ނެތިގެންބާ! ބައިދަނޑިއަށް ތިރިވެފައި ހުންނާތީ ނޭގުނަސް މިދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދަނީ އިންޑިއާ ގައި. ޢަދި މިރާއްޖޭގައިވެސް އެންމެ ގިނައިން ބޭނުންކުރަނީ ހަމަ އިންޑިއާ ވެކްސިން.
ސަންޕަ ހަސަންފުޅު
27 September 2020
އިންޑިޔާއިން އުފެއްދިޔަސް ޗައިނާއިން އުފެއްދިޔަސް އަވަހަށް ލިބޭތޯ ބަލަންވީ. ބައެއްމީހުން ބުނާނެ އިންޑިޔާއިން މުސްލިމުން މަރަނިއްޔޭ. ހަމަ އެހެންބުނާމީހާ ކަންމަތީފިހާރައަށްގޮސް އައިސް އެކާލަނީ އިންޑިޔާއާފަލު، އިންޑިޔާއޮރެންޖު، އިންޑިޔާމޭބިސްކަދުރު، އިންޑިޔާނޫޑުލިސް އަދި ދިވެހިން އެއަށްޓަކާ މަރުދޭ އިންޑިޔާފިޔާ. ސަޓަނިހަދާލައިގެން އެއޮށްކާލަނީ. މިތަކެތި ކާއިރު ކެހެރުވަކެކޭވެސް އެމީހުން ހިތަށްނާރާ.
ހުސެންކޮއި
27 September 2020
އަމިއްލަ ޤައުމުގަ ވައިރަސް ކޮންޓްރޯލް ނުކުރެވޭިއރު ކޮން އިންސާނިއްޔަތަކަށް އެހީވެވޭނީ. އިންޑިއާ ނޫނީ ދުނިޔޭގައި ނެތް އިނތިހާބީ ވައުދަށް ފާހާނާ ބަހައްޓައިދޭން ބުނާ ގައުމެއް
ނުޖަބާ
27 September 2020
މުޅި އިންސާނިއްޔަތަށް ކިހިނެތް އިންޑިއާއިން އެހީ ފޯރުކޮށްދެވޭނީ؟ އިންޑިއާގައި ފަގީރު މީހުން އުޅޭ ހާލު އެއޮތީ ފެންނަން. އިންސާނިއްޔަތުކަން ފުރަތަމަ އިސްކުރަންވީ އަމިއްލަ ގައުމުގެ މީހުންނަށް. އިހަށް އިންޑިއާގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އަމިއްލަ ގައުމުގަ އުޅޭ މައްސަލަތައް ހައްލުކޮށްފަ ބޭރު މީހުންގެ މައްސަލަތައް ހައްލުކުރެވޭތޯ ބަލަންވީނު؟
ހުސެނެން ކާފަ
27 September 2020
ގޭމީހުނަށް ކަންބޯން ދެވޭތޯ ފުރަތަމަ ބަލާބަ..