އެމްޓީސީސީ ޓަވަރު (މ): އެކުންފުނިން ބަހަން ނިންމީ ހިއްސާއަކަށް ދެރުފިޔާ.
27 ސެޕްޓެމްބަރ 2020 - 21:52
އެމްޓީސީސީ އަށް މިދިޔަ އަަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2ރ. ބަހަން މިއަދު ނިންމައިފި އެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 2ރ. ބަހަން ފާސްކުރީ، އެމްޓީސީސީގެ ބޯޑުން އެ ގޮތަށް ނިންމައި އެކަން މިދިޔަ ޖޫން މަހު އާއްމުކޮށް އިއުލާނުކުރުމަށް ފަހު އެވެ. އެގޮތަށް ހިއްސާ ބަހަން މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. އެމްޓީސީސީން ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ކުންފުުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އެމްޓީސީސީގެ ހުރިހާ ޚަރަދެއް ކެނޑުމަށް ފަހު ހިއްސާއަކަަށް މިދިޔަ އަހަރު ޖެހުނު މިލްކުވެރިކަމުގެ އަގަކީ 123.2.ރ އެވެ. އޭގެ ކުރީ އަހަރު ހިއްސާއެއްގެ މިލްކުވެރިކަމުގެ އަގަކީ 115.35.ރ އެވެ.
އެމްޓީސީން ހިއްސާއަކަށް 2ރ. ބަހަން ނިންމި އިރު އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަަހަރަށް ވުރެ 55.7 ޕަސެންޓް އިތުރެވެ.
ޖަލްސާގައި ފާސްކުރި ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 53.31 މިލިޔަން ރުފިޔާ ލިބުނެވެ. އެއީ 1.15 ބިލިޔަން ރުފިޔާގެ ވިޔަފާރި ކޮށްގެން ލިބުނު ފައިދާ އެވެ. ވިޔަފާރިއަށް އެ ކުންފުނިން ހަރަދުވި ފައިސާ މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓް ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިއްސާދާރު
28 September 2020
ހިއްސާއަކަށް 2 ރުފިޔާ މަގުން ފައިދާ ބަހަން ނިންމީމާ ތިޔައީ ދެން މާ ބޮޑު އަދަދެއް. ކީއްވެތޯ، ހިއްސާއަކަށް 10 ލާރި ބަހަން ނުނިންމީ. އެހައިކަށްހައި ވަރު އެމްޓީސީސީގެ އާންމު ހިއްސާދާރުންނަށް އޯކޭވާނެ.
ފަތުހީ
27 September 2020
ބިލިއަނުން މަސައްކަތްކުރާބަޔަކަށް ވަރަށްވެސް ބޮޑުވަރެއް. ނަމަވެސް ގްރޫޕުން ކަރަޕްސަން މިލިއަނުން ހިންގާލަނީ.
ބެއްޔާ ގެ އައްލާ
27 September 2020
ހައްހައްހާ! އަދިވެސް ކޮންޕެނީ އަކުން ހިއްސާ ވިއްކާއިރަށް ފޮރުވާފައިވާ ރުފިޔާ ކޮލުދީ ފައި ބޭކާރު ލިއުމެއް ގަންނާތީ! ބޭކާރު އެއްޗެއް! އެއްލައްކަ ރުފިޔާ 3 އަހަރު ވަންދެން ބަހައްޓާފައި ހިއްސާ އަކަށް 2 ރުފިޔާ! ލަދުކޮބާ؟ ބޭރު މީހުން ހިއްސާ ވިއްކާތީ ފެންނަނީ! މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެ!
ލުތުފީ
28 September 2020
އެމްޓީސީސީގެ ހިއްސާއެއްގެ އަގަކީ 5 ރުފިޔާ. 5ރުފިޔާގެ ހުއްސާގެ ފައިދާއަށް 2ރުފިޔާ ލިބުނީމަ އެއީ %40ގެ ނަފައެއް. މިއަދު ކޮންވިޔަފާރިއަކުންތޯ %40ގެ ސާފުފައިދާ ލިބެނީ.