ޓޯސްޓަކާ އެކު ބިސްގަނޑެއް.
29 ސެޕްޓެމްބަރ 2020 - 07:47
ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ އެދެވޭ ހެޔޮ ބަދަލެއް ކެއުމަށް ގެންނަން ޖެހެ އެވެ. ބަޓަރު ޖެހި ޓޯސްޓާއި ސޮސެޖް ފަދަ ތަކެއްޗާ ދުރުވާން ޖެހެ އެވެ. އެކަމަކު ކުކުޅުބިސް ދޫކޮށްލައިގެން ނުވާނެ އެވެ. ސަބަބަކީ ބަރުދަން ލުއިކޮށްދިނުމުގައި ބިހުގެ ދައުރު މުހިންމުވާތީ އެވެ.
ހާއްސަކޮށް ހެނދުނުގެ ނާސްތާގައި ބިސް ހިމެނޭ ގޮތަށް ވީހާ ވެސް ލުއިކޮށް ނެގުން ރަނގަޅެވެ. މީގެ ސަބަބުން ހަކަތަ އިތުރުކޮށްދިނުމާ އެކު، ބަނޑުހައިވުން ލަސްކޮށްދޭނެ އެވެ. އެހެންވެ ނާސްތާގެ ތެރޭގައި ބިސް ހިމެނުން މުހިންމެވެ.
ބިހަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތައް ލިއްބައިދޭ އެއްޗެކެވެ. އާންމުކޮށް ހެނދުނުގެ ނާސްތާގައި ގިނަ ބަޔަކު ބިސް ބޭނުން ކުރަނީ ވެސް މިއީ ޕްރޮޓީނުން މުއްސަނދިވެފައިވާ އެެއްޗަކަށްވާތީ އެވެ. އަދި މިކަމާ ގުޅެނީ ބަރުދަން ލުއިވުމާ އެވެ.
* ބިހުގެ ގޮބޮޅި އަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު ނިއުޓްރިއަންޓްތައް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން އޭގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ކޮލައިންގެ ސަބަބުން މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ސިކުނޑި އާއި ނާރުގެތަކުގެ ހެދިބޮޑުވުމާއި ތަރައްގީ އަށް ބާރުއަޅައިދެ އެވެ.
މީހާގެ މެޓަބޮލިޒަމް ރޭޓް ރަނގަޅުވި ވަރަކަށް ބަރުދަން ވެސް ލުއިކޮށްދޭން ބާރަކަށްވެ އެވެ.
* ވިޓަމިން ޑީ އަކީ ވެސް ބިހުގެ ގޮބޮޅިން ހަށިގަނޑަށް ފޯރުކޮށްދޭ ވަރަށް މުހިއްމު މާއްދާއެކެވެ. މީގެ ސަބަބުން ކަށިތައް ވަރުގަދަވެ ދިފާއީ ބާރު ވެސް ގަދަވާން މަގުފަހިކޮށްދެ އެވެ.
* ބިހަކީ ޕްރޮޓީނުން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ބިސް ބޭނުންކުރުމުން މީހާގެ ހަކަތަ އިތުރުކޮށް ދިނުމާ އެކު، ބަނޑުހައިވުން ކުޑަކޮށްދޭނެ އެވެ. އޭގެ މާނަ އަކީ ކެވޭ މިންވަރު މަދުވުމެވެ. ނަތީޖާއަކަށްވާނީ ބަރުދަން ލުއިވުމެވެ.
* ބިހެއްގައި ފެޓް އެކުލެވޭ ނިސްބަތަކީ ފަސް ގްރާމެވެ. އެއީ ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ފެޓް 10 ޕަސަންޓް ވުރެ ވެސް ދަށް މިންވަރެކެވެ. އެހެންވެ ނާސްތާގައި ބިސް ހިމެނުމަކުން ފަލަވުމުގެ ބިރު އޮންނާކަށް ނުޖެހެ އެވެ.
ފެނުކައްކާފައި ހުރި ބިސްތަކެއް.
* ބަރުދަން ލުއިކޮށްދޭން އެހީތެރިވާ ކާނާތަކަކީ މީހާގެ ސިކުނޑީގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭ ކާނާތަކެވެ. ބިހަކީ ކޮލައިންގެ އިތުރުން ލުޓެއިން ވެސް އެކުލެވޭ އެއްޗަކަށްވާތީ ސިކުނޑީގެ ހެދިބޮޑުވުން ރަނގަޅުކޮށްދެ އެވެ. އޭގެ ސަބަބުން ހަނދާން ގަދަވުމާއި ކަންކަން އަވަހަށް ސިކުނޑި އަށް ނަގައިގަތުން ފަދަ ކަންކަމަށް ބާރު އަޅައިދެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މީހާގެ ސިކުނޑިގެ ދުޅަހެޔޮކަމާއި ބަރުދަނާ ވަރަށް ބޮޑު ގުޅުމެއްވެ އެވެ.
* ސިންތެސީޒް ތައިރޮއިޑް ހޯމޯން ރަނގަޅުކޮށް ދިނުމުގައި ވެސް ބިހުގެ ދައުރު ބޮޑެވެ. ސަބަބަކީ އެކަމަށް ބޭނުންވާ މާއްދާތައް ކަމަށްވާ އައޮޑިން އާއި ސެލީނިއަމް ބިހުން ލިއްބައި ދިނުމެވެ. ބަރުދަން ހަމައަކަށް އެޅުވުމާއި މެޓޮބޮލިޒަމް ރޭޓް ރަނގަޅު މިންވަރެއްގައި ހިފަހެއްޓުމަށްޓަކައި ތައިރޮއިޑް އަދާކުރާ ދައުރު މުހިއްމެވެ. އަދި މިކަން ގުޅެނީ ބަރުދަން ވެސް ލުއިވުމަށް މަގުފަހިވުމާ އެވެ.
* ހަށިގަނޑުގެ މަސްތައް ވަރުގަދަވުމަށް ބަލާއިރު އެކަމުގައި ވެސް ބިހުގެ ރޯލު ބޮޑެވެ. މިސާލަކަށް ވޯކްއައުޓް ސެޝަނަކަށް ފަހު މަސަލްތައް އަލުން ރިބިލްޑްވާ އިރު އެކަމަށް ބޭނުންވާ މުހިއްމު ޕްރޮޓީންތައް ބިހުން ލިއްބައިދޭނެ އެވެ. އެކަށީގެންވާ ވަރަށް ޕްރޮޓީން ނުލިބޭ ކަމަށްވާ ނަމަ މަސްތައް ބަލިކަށިވުމުގެ ފުރުސަތު އޮންނާނެ އެވެ.
ބިސް ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާނެ އެވެ. އެއީ ފެނުކައްކައިގެންނާއި ބިސްގަނޑު އަޅައިގެންނާއި ޕޯޗްކޮށްގެން ވެސް ބޭނުންކޮށްލެވިދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްވަދައިތަ
30 September 2020
ދެން ޤަބޫލު ކުރަންވީ ގޮތެއް ނޭގުނު. ޑޮކްޓަރ ބުނަނީ ކޮލެސްޓްރޯލް ހުރިއްޔާ ބިހުގެ ގޮބަޅި ނުކާން. މީގަ މި އޮތީ އޭގެ ފައިދާ. ދެން ކޮން ގޮތެއް ޤަބޫލު ކުރަންވީ
އޮޅުން ބޮޅުން
29 September 2020
އަނެއްކާ ސިގިރެޓް އަކީ ސިއްހަތަށް ރަގަޅު އެއްޗެކޭ ނުބުނައްޗެވެ. ސިގެރޭޓަކީ ބޯހަމަ ޖެހޭ އެއްޗެކޭ އަނެއްކާ ނުބުނައްޗެވެ.
ކެޔޮނިރު
29 September 2020
ބިހުގެ ގޮބޮޅި ކެއުމާ ބެހޭގޮތުން ޑޮކްޓަރުން ލަފާދޭގޮތާއި މި ކޮލަމްގައި ގޮބޮޅީއާ ބެހޭގޮތުން ލިޔެފައިވާ ލިއުމުގައި ވިސްނާލަން ޖެހެއެވެ. އެއީ ގޮބޮޅިއަކީ ކޮލަސްޓްރޯލް އުފައްދާ އެއްޗެއްކަމަށް ބުނެވެއެވެ. އެހެންވީމާ މިސުވާލަށް ޖަވާބެއް ލިބުމުން ވަރަށް މުހިންމު. އަޅުގަޑު މިހުންނަނީ ބިރުން މި މުހިންމު ގޮބޮޅި ނުކާން. އެހެންވީމާ ރަގަޅުގޮތް އޮޅުން ފިލުވައި ދިނުމަށް ދަންނަވާލަން.
ޑޮކްޓަރ މޮންރޯމަސީހުއާރުއެމްޕީ
29 September 2020
ބިސް އެންމެ ރަނގަޅީ އަދި ބިހުގެ ފައިދާ ފުރިހަމައަށް ލިބެނީ ބިސް ރަނގަޅަށް ކައްކާގެން ކެއުމުން. ބިހުގެ ގޮބޮޅި ބިހުގެ އަނެއްބަޔާ މިކްސް ކުރުމުން ކޮލޮސްޓްރޯލް އިތުރުކޮށްދޭ. އަދި ބިހުގައި ހިމެނޭ ބައެއްމާއްދާ ތައް ނެތިގެންދޭ.