ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފުރަތަމަ އައި ޓޫރިސްޓުންތައް މަތިންދާ ބޯޓުން ފައިބަނީ-- ފޮޓޯ:ނިޝާން އަލީ/މިހާރު
04 އޮކްޓޯބަރ 2020 - 11:21
އޮގަސްޓް މަހަށް ވުރެ މިދިއަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓް އިތުރުވެއްޖެ އެވެ.
އިމިގްރޭޝަނުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 9،538 ޓޫރިސްޓުން އަ އެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 318 ޓޫރިސްޓުންނެވެ.
އޮގަސްޓްމަހު ރާއްޖެއަށް އައީ 7،628 ޓޫރިސްޓުންނެވެ.
މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައީ، 2،065 މީހުންނާ އެކު، ރަޝިއާއިންނެވެ. އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރުވެފައި މި ވަނީ މިދިޔަ މަހުގެ 11 ގައި ރާއްޖެ އާއި ރަޝިޔާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުންނެވެ.
ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޔޫއޭއީ އިންނެވެ. އެކަމަކު ބެލެވޭ ގޮތުގައި އެ ގައުމުން އައި 1،029 ޓޫރިސްޓުންގެ ތެރޭގައި ޔޫއޭއީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންގެ އަދަދު ގިނަވާނެ އެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ މީހުން ވެސް ހިމެނެ އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތާއި ސްޕެއިނާއި ބްރެޒިލްގެ އިތުރުން ޖަރުމަން މީހުން ވެސް، މިދިއަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި 15ގަ އެވެ. ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 18،596 އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރަން ސަރުކާރުން އަންނަނީ ގިން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ކަން ކަށަވަރުކޮށްދިނުމަށް ކޮންމެ ޓޫރިސްޓަކު ނެގެޓިވް ޕީސީއާރު ޓެސްޓެއް ނަތީޖާ ދައްކަން ޖެހެ އެވެ.
ރާއްޖެ އަންނަ އެއާލައިންތަކުގެ އިތުރުކުރަން ވެސް ސަރުކާރުން މަސައްކަތް އެބަ ކުރެ އެވެ.
މީގެ އިތުރުން އެއްފަހަރަށް ވުރެ ގިނައިން ޓޫރިސްޓުން އައުމަށް ބާރު އެޅުމުގެ ގޮތުން އިމިގްރޭޝަނާ ގުޅިގެން ސަރުކާރުން ވަނީ "މޯލްޑިވްސް ބޯޑާ މައިލްސް"ގެ ނަމުގައި ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމިހު
04 October 2020
ރާއްޖޭގެ އެެއް ވަނަ އެއާލައިން ކަމަށްވާ ވިލާ އެއާ އަލުން އޮޕަރޭޝަން ފަށަފި.
އަތޮޅުތެރެ
04 October 2020
މާލޭ މީހުންނަށް ފައިދާ ވާނީ...
ނުދެއޭއަދިވެސް
04 October 2020
އޮގަސްޓަށް ވުރެ މިދިއަ މަހު ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓް އިތުރުވެއްޖެނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ކުރިއަށް އޮތް ދުވަސް ތަކުގައި ރަނގަޅު ވަމުންދާނެ ކަމަށް ރާއްޖޭގެ ރިސޯރޓްސް ތަކަށް ގެސްޓުން އައުމުން ސަރުކާރަށް ލިބޭ ޓެކްސް ފައިސާ ކޮޅު ފިޔަވައި ރިސޯރޓްްސް ތަކުގެ ވަޒީފާ ތަކުން މާ ބޮޑު ފައިދާ އެއް ދިވެހިންނަށް ނުކުރެއޭ ސަބަބަކީ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް
ރަންނަބަނޑޭރި
04 October 2020
ނޫސްވެރިޔާ ކުޑަކޮށް ހޯމްވޯކް ހަދާލާ މިދިޔަ އަހަރުގެ އޮގަސްޓް މަހު އައި ޓޫރިސްޓުންގެ އަދަދުވެސް ހިއްސާކޮށްލިނަމަ ކިޔުންތެރިންނަށް ހާލަތު ވަޒަން ކޮށްލަން ތަންކޮޅެއް ފަސޭހަވީސް.
ރަބަރު
04 October 2020
الحمد لله އިގްތިސާދު އަލުން ނޭވާލާންފެށީ.