މިނިސްޓަރު އިމްރާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ، މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހާމަވަމުން އަންނަ ކަމަށް. --ފޮޓޯ/މިހާރު
06 އޮކްޓޯބަރ 2020 - 09:46
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިއުތިރާފާ އެކު އިއްޔެ އިއްވި ހުކުމުން، މެއި، 1، 2015 (މޭޑޭ) ގެ މުޒާހަރާގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ދެއްކި ވާހަކަތަކަކީ ހަގީގަތް ކަން ސާބިތުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްވި އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައި، 20 އަހަރަށް ޖަލަށް ލުމަށާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން އިއްޔެ ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ. އަދީބުގެ ޖަލު ހުކުމް ލުއިވީ، ހިޔާނާތް ހިންގި ގޮތް ކިޔައިދެއްވައި ފައިސާ ހޯދުމުގައި އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ދައުލަތާ އެކު ވީ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ.
MayDay 2015 gai ethah baivaru rayyithunnaaeku magumachah nikume alhugandumen dhekkee rayyithunge mussandhikan eyruge sarukaaruge verin nuhaqqun beynun kuramun dhiyavaahaka. Miandhu ekamuga shamiluvi faraayithakuge iuthiraafaaeku shareeathah ekankan edhanee saabithuvamun.
— Imran Abdulla (@ShimranAb) October 5, 2020
އަދީބުގެ ހުކުމާ ގުޅިގެން އިމްރާން ކުރެއްވި ޓުވީޓް.
އަދީބުގެ ހުކުމާ ގުޅިގެން އިމްރާން ވިދާޅުވީ މެއި، 2015 ގައި އެތައް ބައިވަރު ރައްޔިތުންނާ އެކު މަގުމައްޗަށް ނުކުމެ (ވެރިކަން ކުރާ ކޯލިޝަނުން) ދެއްކީ ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުން ދިޔަ ވާހަކަ ކަމަށެވެ. އެކަމުގައި ޝާމިލްވި ފަރާތްތަކުގެ އިއުތިރާފާ އެކު ޝަރީއަތަށް އެކަންކަން ސާބިތުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމާ ހިތަށް އަރަނީ ﷲގެ ކުޅަދުންވަންތަކަން. އޭރު ވެސް ދެންނެވިން އަދި މިހާރު ވެސް މި ދަންނަވަނީ އެއްވެސް މީހަކަށް އަޅުގަނޑުމެން އަނިޔާވެރި ނުވާނަން. ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައިދޭނަން،" އިމްރާންގެ ޓުވީޓުގައި ވިދާޅުވި އެވެ.
މޭޑޭގެ މުޒާހަރާއާ ގުޅިގެން، ޔާމީންގެ ސަރުކާރުން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކޮށް އުފުލި ދައުވާގަ އެވެ.
އެ ވާހަކަތަކަކީ ހަގީގަތެއް ނެތް އިލްޒާމުތަކެއް ކަމަށް ބުނެ، އިމްރާނަށް މިހާރުގެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރި އެވެ. އެންމެ ބޮޑު ހަމަނުޖެހުމެއް އަމާޒުވީ، ޑރ. އަފްރާޝީމްގެ އަލީ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން މޭޑޭގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާވައިގެން ހިންގި ކަމެއް ކަމަށާއި އެކަމުގައި އިރުޝާދު ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ވިދާޅުވެފަ އެވެ. އެ ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި "ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ" ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ އެކު ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ފައިސާ ދައުރުވި ކަމަށް ކުރާ ތުހުމަތަށް އެއްބަސްވެވަޑައިގަތެވެ.
އަދީބާ އެކު ވީ އެއްބަސްވުން ދެން އޮތީ، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމެވެ. އެކަން ކޮށްދެއްވާނެ ކަމަށް އިމްރާންގެ ޓުވީޓުގައި ވެސް ވަނީ އިޝާރާތް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
07 October 2020
އަދާލަތު ޕާޓީޔައް ދުވަހަކުވެސް ތާއީދެއް ނުކުރާނަން ދެނެ.
ޝޮކްތެރަޕީ
07 October 2020
ކަލޭގެ މުނާފިގުކަން މިކަމުން ދޭހަވަނީ
އަލީ
06 October 2020
ޑރ. އަފްރާޝީމް ގެ މަރުގެ މައްސަލައިގަ ދެއްކިވާހަކަ މަނިކުފާނު ސާބިތު k ދެއްވާ އިންގޭތޯ. އެއްބަސްވުން ހެދުމުގެ މާނައަކީ ކޮބާތޯ. އެއްބަސްވުމުގެ ދަށުން ކޯޓުގަ ދައްކާނީ މަނިކުފާނުމެން ވިދާޅުވި އެއްޗެއް ދެއްތޯ. ހީފުޅު ނުޖުރައްވައްޗޭ ހުރިހާ ދިވެހިންނަކީ ގަމާރުންނޭ. ވަރަށް ސަލާމް އިނގޭތޯ.
ޕަބޭ
06 October 2020
ސަހަލު އެކަތިވެސް ނެތް.. ހުސް ގޯސް ބަލާލި ކޮންމެ ދިމާލެއްގައި. ތަފާތަކީ އެއްބަޔަކު ޖަލުގައި އަނެއް ބަޔަކު މިނިވަންކަންމަތީގައި.. ކުރި ކަމެއް ކުރީ ކޮންމެ ފަހަރަކު ދީނާ ގައުމަށްޓަކާ.. އެކަމަކު ފެންނަނީ ކޮންމެ ފަހަރަކު ދިމާ އިދިކޮޅު އަމަލުތައް. މައިގަނޑު ގޮތެއްގައި މި އޮންނަނީ ވެރިކަމަށް ގެނައުމާ ވައްޓާލުމާ... ކޮންމެ މީހަކު ސިޔާސީ މޭކަޕްކުރީމަ ފޮޓޯއަށް ވަރަށް ރީތި... އެކަކަށް އެއްޗެހި ކިޔޭވަރަށް ވުރެ އަނެކާ ހާލުބޮޑު. އެކަމަކު އަނގަ ހުޅުވަންވީމަ އެކަން ހަނދާންވާ އެއްވެސް ސިޔާސީ މީހެއްނެތް.. ގޯހެއް ނޫން ދެން........
ގައިމު
06 October 2020
ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ. އިމްރާންމެން މިއޮތް ހުރިހާ ދުވަހު އިސްލާމްދީން ހިމާޔަތްކުރާނަމޭ ކިޔައިގެން އުޅުނުއިރު ހިތުގަ ފޮރުވާފަހުރި ކަންތައްތައްދަނީ ފަޟީހަތްވަމުން.
ކުޅަނދު
06 October 2020
މޭޑޭގައި ދެއްކި ވާހަކައަކާ ދިމައެއްނުވޭނު. އޭރުގެ ސަރުކާރުން އެކަނި ބަޔަކު ފައިސާގަ ޖެހޭކަމަށް އޭރު ވާހަކަ ކިއީ. އެކަމު އަދީބު އެބުނީ އެނޫން އެތައް ބަޔަކު އެކަމުގައި އެބަވެއޭ. އޭރު ތިކޮޅުން ކިއީ އެއްޗަކާ ދިމައެއްނުވޭ މިހާރު އަދީބު ކިޔާ އެއްޗަކާ. އަނިޔާވެރިނުވާން އުޅޭނަމަ އިހަށް އަންނިއާ ދިމާއަށް ކީ އެއްޗެހި ރައްޔިތުންނަށް ސާފުކޮށްދޭންވީނު. އެބޭފުޅާ އަދިވެސް ހުންނެވީ ލދނ ޓެގް އެޅިފަ ތަންކޮޅެއް ކުރިން ތިބޭފުޅާ ދެއްކި ވާހަކައަކާ ހެދި.
ދިއްދޫމީހާ
06 October 2020
ކޮބާތޯ ހެކިތަކޭ ކިޔާފަ އުކާލި ކަރުދާސްތައް؟؟ އެއީ ހަވީރު ނޫހުގާ އަފްރާޝީމްއާ ބެހޭގޮތުން ލިޔުނު ރިޕޯޓް، ރައްޔިތުންގެ ހައްގުވާހަކަ ދައްކާނެކަމެ ނެތް، ތިމާގެ ހައްގޭ ކިޔާބަލަ، އަމިއްލަ އެދުން ހުރިވަރު އިންގޭ މިނިސްޓަރު މަގާމާ ހަވާލްވީމަ، އަދިވެސް މިބުނަނީ އިމްރާން ދައްކާ ވާހަކާގެ /99.99 އުނިކޮއްފަ ޖެހޭނީ ގަބޫލްކުރަން...
ސީދި
06 October 2020
ކުރީގެ ސަރުކާރުން ރައްޔިތުން ދެއްކި ވާހަކަޔަށް ފިޔަވަޅު އެޅިނަމަ މިވަރު ބޮޑު ގެލލުމެއް ނުލިބި ސަލާމަތްވީސް ޢޮޑިޓަރ ޖެނެރަލް މިވާހަކަ ތައް އެންގީމަވެސް ވަޒީފާ ގެއްލުނީ
ދޯދެން
06 October 2020
އެހެންވީއިރު އަފުރާޝީމާއި ރިލުވާނުގެ މަރުގެ ކަންކަން އަދީބުގާތު ނުއެހީ ކީއްވެ؟ އަދި އަދީބު ޖަލުގެ ބަދަލުގައި ގޭގައި ބަހައްޓަނީ ކީއްވެ؟ ޖަލުގައި އެހެން ބަލިމީހުން ބައިތިއްބަނީ ކީއްވެ؟ އަދުލުވެރިވޭ. ތިބާއާއި ސުވާލުކުރެވޭނެ ދުވަހެއް އެބައޮތް. އަދީބަކީ ވަރަށް ހުޝިޔާރު މީހެއް. ސަރުކާރާ އޭނާ އެކުޅެލީ މޮޅުކޮށް.
ރާއްޖެ
06 October 2020
ކޮބައިތޯ އެދުވަހު އަތްޕުޅުގަ ހުރި “ކިތާބީ ހެކި”؟