11 އޮކްޓޯބަރ 2020 - 08:41
ޕްރިންސް ހެރީ އާއި މޭގަން މާކަލް އެމެރިކާގެ ލޮސް އެންޖެލިސްގައި ދިރިއުޅުއްވާ ގެއާ ދިމާލަށް ޑްރޯންއެއް އަރުވައި، އެ ދެކަނބަލުންގެ ދަރިކަލުންގެ ފޮޓޯ ނެގި އެޖެންސީއާ ދެކޮޅަށް ދައުވާކުރުމުން އެ އެޖެންސީން މާފަށް އެދިއްޖެ އެވެ.
ހެރީ ދެކަނބަލުންގެ ވަކީލު މައިކަލް ކަމްޕް ވިދާޅުވީ ޕަޕަރީޒާއަކު ޑްރޯނެއް ބޭނުންކޮށްގެން ފޮޓޯ ނެގި މައްސަލާގައި، އޭނާ މަސައްކަތްކުރާ X17 އިން މިދިޔަ ބުރާސްފަތި ދުވަހު މާފަށް އެދިފައިވާ ކަމަށެވެ. އަދި ހެރީ އާއި މޭގަންގެ ޕްރައިވެސީ ގެއްލޭ ގޮތަށް އަމަލުކޮށް، ދަރިކަލުންގެ ފޮޓޯ ނެގި މައްސަލާގައި ދައުވާކުރަން ދިޔަ ހަރަދު އެ އެޖެންސީން ދޭން ވެސް އެއްބަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ކާމިޔާބީއެއް. އަދި މިކަމުން ކަށަވަރުކޮށްދެނީ ކޮންމެ ރައްޔިތަކަށް، އާއިލާއަކަށް ވެސް ޕްރައިވެސީ އޮތް ކަމާއި ގާނޫނާއި ގަވައިދުތަކުން ލިބޭ ހައްގަކަށް އެއްވެސް މީހަކަށް އަރައިނުގަނެވޭނެކަން،" މައިކަލް ވިދާޅުވި އެވެ.
ފޮޓޯ ނެގި މީހާގެ ނަން ހާމަނުކޮށް، ޖުލައި މަހުގެ ފަހުކޮޅު މީޑިއާތަކުން ބުނީ ފޮޓޯގްފާރަފަށް ހެރީގެ ދެކަނބަލުން ދައުވާކުރެއްވީ އެ ބޭފުޅުން ދިރިއުޅުއްވާ ގެކޮޅުގެ މަތިން ލޮކްޑައުންގެ ތެރޭގައި ޑްރޯން އަރުވައިގެން ފޮޓޯ ނެގި މައްސަލައިގައި ކަމަށެވެ. އޭރު ދައުވާގައި ބުނެފައިވާ ގޮތުން އާޗީގެ ފޮޓޯ ނަގާފައި ވަނީ އާއިލާ ދިރިއުޅުއްވާ ގެއަށް ދުރާލައި ފާރަލައިގެން ހެރީ އާއި މޭގަންގެ ހަރަކާތްތަކަށް ވެސް ވަރަށް ބޮޑަށް ބަލައިގެންނެވެ. އަދި ޕަޕަރާޒީންގެ ފަރާތުން މިފަދަ ކަންކަން ތަކުރާރުވަމުންދާކަން ވެސް ދައުވާގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy