ގާސިމް ހަސަން މަރާލި ކަމަށް އެއްބަސްވުމަށް ފަހު އިންކާރުކުރި އަދުހަމް
11 އޮކްޓޯބަރ 2020 - 12:41
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އެއްބަސްވުމަށް ފަހު އެކަމަށް ފަހުން އިންކާރުކޮށްފައިވާ އަދުހަމް މުހައްމަދަށް އަށް މަސް ދުވަހުން ވެސް ވަކީލަކު ހަމަނުޖެއްސުނު ކަމަށް ބުނެ، ވަކީލަކާ އެއް ފެންވަރުގައި އަމިއްލަ އަށް ވެސް ވާހަކަ ދެއްކިދާނެ ކަމަށް މިއަދު ކޯޓުގައި ބުނެފި އެވެ.
"ވަކީލަކަށްވުރެ އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑު ދޫ ވެސް ވަކި ފަރިތަ ނުވެދާނެ ހެންނެއް،" އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި، މާފުށީ ޖަލުގައި ހުރެ ބައިވެރިވި އަދުހަމް ބުންޏެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި ޚިޔާނާތުގެ ދައުވާތައް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ބެލުމަށް ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު އަލުން މަސައްކަތަށް ނުކުންނެވި ގާޒީ އިސްމާއިލް ރަޝީދު ބައްލަވާ މައްސަލާގައި އަދުހަމް މުޅިން ވެސް ގޯސްކުރީ އެހެން ފަރާތްތަކެވެ. ކުރިން ދައުލަތުން ހަމަޖެއްސި ވަކީލް ބޭނުން ނުވާ ކަމަށް ބުނެ އަމިއްލަ ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައި ހުރި އަދުހަމް ބުނީ އޭނާ މާފުށީގައި އޮންނަނީ ކަރަންޓު ނެތް "ކޮތަރުކޮއްޓެއް" ކަހަލަ ކުޑަކުޑަ ގޮޅިއެއްގައި ކަމަށެވެ.
ޖަލުގައި އޮވެ ވަކީލަކު ހަމަޖައްސަން ޖެހޭނީ ފޯނުކުރަން ކަމަށާއި އެކަމަކު ޖަލުގައި އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރަން ޖެހޭތީ އަދިވެސް އެކަމަށް ފޯނު ކޯލެއްގެ ފުރުސަތު ނުލިބޭ ކަމަށް ބުންޏެވެ.
"އަޅުގަނޑަކީ އަމިއްލަ ފޯނުތަކާ އެއްޗެހި މިތަނުގައި [ޖަލުގައި] ގެންގުޅޭ މީހެއް ނޫން. މިތަނަށް މަނާ އެއްޗެހި އެއީ އަމިއްލަ ފޯނާ އެއްޗިއްސަކީ،" އަދުހަމް ޝަކުވާކުރަމުން ބުންޏެވެ.
ވަކީލަކު ހަމަނުޖެހުނަސް މައްސަލައާ ގުޅޭ ލިޔުންތައް ލިބުމުން އަމިއްލަ އަށް ވެސް ކުރިއަށް ދެވިދާނެ ކަމަށް ބުނެ އަދުހަމް ވަނީ އޭނާ ވެސް "ވަކީލަކަށް ވުރެ ވަކި ދޫ ފަރިތަނުވެ ނުދާނެ" ކަމަށް ބުނެފަ އެވެ. ފޯނު ކޯލެއް ކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނި އަދުހަމް ވަނީ "މައްސަލައާ ބެހޭ ގޮތުން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް މިހާރު ހުންނާނީ ހޯދައި ބަލައި ދެނެގަނެފައި" ކަމަށް ވެސް ބުނެފަ އެވެ.
އޭނާ ބުނީ ވަކީލަކު ހަމަޖެހުނު ކަމުގައި ވިޔަސް ވަކީލާ އެކަހެރިކޮށް ބައްދަލު ނުކުރެވޭ ނަމަ ބޭނުމެއް ނެތް ކަމަށެވެ. އަދި ޝަރީއަތުގެ އަޑުއެހުމުގައި ވަކީލާ ދައްކާ ވާހަކަ އެހެން މީހުންނަށް އަޑު އިވުމަކީ ވެސް މައްސަލައެއް ކަމަށް ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގާސިމް، 59، ގެ ކާރުގައި ދަތުރު ކުރަމުން ގޮސް ކަރަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ އަދުހަމް ކޯޓުގައި ކުށަށް އެއްބަސްވިތާ ދެތިން ދުވަސް ފަހުން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ކުރިން ކުށަށް އެއްބަސްވީ ފުލުހުންގެ ބަންދުގައި ހުރިއިރު އޭނާއަށް މަސްތުވާތަކެތި ދިނުމުގެ ސަބަބުން ވާނުވާ ނޭނގޭ ހާލަތެއްގައި ހުރެގެން ކަމަށެވެ. އެ ތުހުމަތު ފުލުހުން ދޮގުކުރެ އެވެ.
ގާސިމް މަރާލި ކަމަށް ކޯޓުގައި އެއްބަސްވެ، މައާފަށް އެދުމަށް ފަހު ކުއްލި ގޮތަކަށް އަދުހަމް އެކަމަށް އިންކާރުކުރީ އޭނާގެ މައްޗަށް ހުކުމް އިއްވަން ބޭއްވި މަޖިލީހުގަ އެވެ. އޭރު ދައުލަތުން އޮތީ ލުއިކުރަން އެއްބަސްވެ، އަދުހަމާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެކަމަކު މިހާރު އެ އެއްބަސްވުން އޮތީ ނިމުމަކަށް އައިސްފަ އެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ގާސިމްގެ ކަރަށް ހަމަލާދީ މަރާލާފައި ވަނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ. ގާސިމް މަރާލާފައި އޮއްވައި ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ ފެނުނީ ހުޅުމާލޭގެ އެކަހެރި ހިސާބަކުންނެވެ. ގާސިމް މަރުވެގެން ބިންމައްޗަށް ވެއްޓިފައި އޮތް އިރު އެތާ ކައިރީގައި އޭނާ ޓެކްސީކުރާ ކާރު ވެސް އޮތެވެ. ކުށުގެ ތުހުމަތަށް އަދުހަމް ހައްޔަރުކުރީ ހާދިސާ އަށް ހަފުތާއެއް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
12 October 2020
ސިމެންތި އެނދޭ ކޮމާންޑޭ ކިޔާއިރު ކަލޭގެ ލަދު ކޮބާ އަދުހަމް؟؟ މީހެއްގެ އަތުން ފޭރި އެމީހާ މަރާލިއިރު ކަލޭ ބިރެއް ވެސް ލަދެއް ވެެސް ނުގަތެއް ނު ދޯ.ކަލޭގެ އިންސާނީ ހައްގު ކަށަވަރުވާންޖެހޭ.ނަމަވެސް ރަނގަޅު ސްޕީޑެއްގަ ކޯޓް ރޫމް އޮޕަރޭޓްކުރެވޭ ގައުމެއްނަމަ މިހާރު ހުންނާނީ ކަލެއަށް މަރުގެ ހުކުމް އިއްވާފަކަން އެއީ ކަށަވަރުވެ ޔަގީންވާކަމެއް.ވަކީލޭ ފޯނޭ ފޯނު ކަވަރޭ ޗާޖަރޭ ކިޔަން ކަލޭ ލަދެއް ނުގަނޭތަ؟؟ ވ.ވެދުން
އައްޑޫ ކުއްޖާ
12 October 2020
ކަލެޔަށް ވަކީލަކު ހޯދުމަށް ފުރުސަތު ދޭކަށް ނުޖެހޭ. ކަލެޔަށް ޖެހެނީ އުމުރަށް ޖަލަށް ނުވަތަ މަރަށް މަރު ހިފަން ވަގުތުން ވަގުތަށް. ކަލޭތީ ކުށެއް ނެއް އިންސާނެއްގެ ފުރާނަ ދުއްވާލި ބޮޑު ...
މުރާދު މާލިމީ
12 October 2020
މީނަ ސަލާމަތްވާނެ.މިހާރު މިއޮތީ އިންސާފު ހޯދައިދެވޭނެ ގާބިލުކަމެއް އޮތް ސަރުކާރެއްނުން.އެހެން ނުން ސިޔާސީ މީހުން ހައްޔަރުކޮށްފާނެ.ޖަލުގަވެސް ބާއްވަފާނެ.
ދޮންބެއްޔާ
11 October 2020
ޤާސިމް މަރާލި ކަމަށް ކޯޓުގައި އެއްބަސްވެ، މަޢާފަށް އެދިފަ، ފަހުން އެކަމަށް އިންކާރު ކުރީ. މިވެސް ދެން ކިހާ ހެއްވާ މަޖާކަމެއް. ދެން ފެންނާނީ ސަލާމަތްވެ އަޗާތެޅުމާއި ނާޗަރަންގީ ކުޅެން އުޅޭތަން.
ލަދުގަނޭ
11 October 2020
ލަދުހަޔާތްވެސް ނެތީ މިމީހުންގެ. ކޮބާތަ މިކަހަލަ ދަރީން މުޖުތަމައަށް ނެރެދޫކޮށްލި އާއިލާ/މައިންބަފައިން؟ މީހުންގެ ފުރާނަ ދުއްވާލާ، އެތަށްބައެއްގެ ޙައްޤަށް އަރައިގަނެފަ އަދުވެސް ދޮގުމައްޗައް ދޮގު.
ދެޓްވޭ
11 October 2020
މައިންބަފައިން ކުއްވެރިކުރާކަށް ނުޖެހޭ އިގޭ
ހުތް އާދަނު
11 October 2020
ބާލިޢްވުމުން މައިންބަފައިން ޒިންމާ ނަގާކަށް ނުޖެހޭ.
ސަހޫ
12 October 2020
ބާލިޢުވުމުން އެވީ ދަރިން ދޫކޮއްލަންތަ.. ވަލު ޖަނަވާރުންތަ އަހަރުމެން މީ؟ ދުނިޔޭގަ ހުރިހާ ދުވަހަކު ދަރިން އުޅޭ ގޮތް މައިންބަފައިން ބަލަން ޖެހޭނެ.. އެއީ ވާޖިބެއް.. ހުތްއާދަނު..
ބައިރޯ
11 October 2020
މިކަލޭގެ ހީކުރަނީ ދެންތިބި އެންމެން މޮޔަކަމަދޯ
ބަބުރުލް ސަލީމް
11 October 2020
މީ ހާދަ "ގަޓު" ވަކީލެކޭ. މާބޮޑަށް ދޫހެލެނީ.
ޢާރާސްކޯރު22
11 October 2020
ވަކީލަކުހަމަޖެހޭތޯއެއނުންބަލަންވީ، ވީއެންމެ އަވަހަކަށް މިކަލޭގެ މަރަށް މަރުހިވަންވީ ކޮންވަކީލެއްގފެވާހަކަދައްކާ ޖަންގަލީއެއްތަމީ.
ނަޝީދު.
11 October 2020
ގައިމު ކޯޅިޝަން ވެރިކަމަށް އަންނަންވެގެން ވައުދުވި "ޕަބްލިކް ޑިފެންޑަރސް އޮފިސް" ގާއިމް ކުރުމަށް؟ އެއީ ދެއްކި ހުވަފެނެއްތަ؟
ހަނު ހުންނަ މީހާ
11 October 2020
އަހަރެން ހިތަށް އަރަނީ ކުށްވެރިން ސުމާޓީބާއޭ ނޫނީ ގާނޫނުތްކުގެ ދިޔުޅިހަމަ ނޫނީބާއޭ ނޫނީ ފުލުހުން ނުކުޅެދުންތެރީ ބާއޭ. ކުށްވެރިންނަށް އަދަބުލިބޭނެ ވެރިކަމެއް ދެކެން ބޭނުން