ހޯމް ސެންޓާއިން ވިއްކާ ޕެންސޮނިކް ބްރޭންޑުގެ ބާބަކިއު ގްރިލެއް--
11 އޮކްޓޯބަރ 2020 - 15:45
ގޭތެރެއާ ބަދިގެ ސާމާނު ވިއްކަމުން އަންނަ ހޯމް ސެންޓާއިން "ބިޔަ ބޮޑު ސޭލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ހޯމް ސެންޓާއިން ވިއްކާ ހުރިހާ އުފެއްދުމަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.
ހޯމް ސެންޓާގެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ބުނީ މިއީ ގެއަށް ބޭނުންވާ ސާމާނު އެންމެ އަގުހެޔޮކޮށް ލިބޭނެ ޕްރޮމޯޝަނަށް ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރު ކޮށްފައިވާއިރު މިފަދަ ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"ކަސްޓަމަރުންނަށް އެންމެ ކުޑަ އަގެއްގައި ގެއަށް ބޭނުންވާ ސާމާނު މިހާރު ލިބެން ހުންނާނެ. މި ސޭލުގެ ސަބަބުން ގިނަ ބަޔަކަށް ގެެއަށް ބޭނުންވާ ސާމާނު ހޯދަން އިތުރު ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރަން،" އާސިފް ބުންޏެވެ.
ހޯމް ސެންޓާއިން "ޕެނެސޮނިކް" އާއި "ބެކޯ" ބްރޭންޑުގެ ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެ އެވެ. މީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ޓީވީ ފަދަ ތަކެތި ވެސް ވިއްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫބުންބުބޭބުބޔހސހދހޖޖޖޖހދdhހނސހ
13 October 2020
ކޮބާ ތިތަން. ލިޓަސް ހޯމްސެންޓަރ ތޯ. ހޯމްސެންޓަރ ފަރުނީޗަރ ތޯ.؟؟؟؟
އަހަންމާ.
13 October 2020
މިތަނުގެ ލޮކޭޝަން ބުނެދެއްވާ.
ހޮޓްކިންގ
12 October 2020
މީ ކޮންތާކު ހުރިތަނެއްކަން ބުނެލަދޭނެ ކުއްޖަކު ނެތްތަ؟
ނިކަމެތިރައްޔިތުމީހާ
12 October 2020
ކޮންތަޚޫ ހުންނަ ތަނެއްތަ؟