ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ގޮނޑި ނުގެއްލޭ މަނާ ކަންކަމަށް އަދަބެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަމަށް އައްޔަންކުރުމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ މެންބަރުކަން ގެއްލުނީތޯ ސުވާލު އުފެދިފައި އޮތް ހާލަތުގައި އޭނާ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ ވެސް އެއީ ސުވާލު އުފެދިފައި އޮތް ކަމެކެވެ. މަޖިލިސް މެންބަރުންނަށް ދައުލަތުގެ އެހެން "ވަޒީފާއެއް" އަދާކުރުން ގާނޫނުއަސާސީން މަނާވާތީ ޔައުގޫބުގެ ކައުންސިލް މެންބަރުކަމާ މެދު އުފެއްދި ސުވާލުތަކާ ހެދި އޭނާ އެކަމުން އިސްތިއުފާ ދެއްވީ ސުވާލު އުފެދޭ ކަމެއް ނުކުރެއްވުމަށެވެ.

އޭގެ ފަހުން، އޭނާގެ މެންބަރުކަން ގެއްލުނީ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ އެކު މިހާރު ބަލަން ޖެހޭނީ މެންބަރުކަމާ މެދު ހަމަ ހަގީގަތުގައި ވެސް ޝައްކު އުފެދިފައި އޮތް ކަމަށެވެ. އެކަމަކު މި ހިސާބަށް ދާންޖެހުނީ ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ސުލޫކީ މައްސަލަތަކުގައި މެންބަރުންނާ މެދު ފިޔަވަޅު އަޅާގެ ގަވައިދެއް ނެތުމުންނެވެ.

ނުވަ އަހަރު ކުރީގެ ވާހަކައެއް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ދަށު ކޯޓުން ސާބިތުވި، މެންބަރުކަމުގެ ގޮނޑި ގެއްލޭ ވަރުގެ ޖިނާއީ ކުށެއް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު މަޖިލީހުގައި ޖަލްސާތަކުގައި ބައިވެރިވެރިވަޑައިގަންނަވަމުން ގެންދެވި އެވެ. މީގެ ނުވަ އަހަރު ކުރިން ގާނޫނީ ބޮޑު ބަހުސަކަށްވި މި މައްސަލާގައި އެންމެ ފަހުން ގޮތެއް ނިންމީ ސުޕްރީމް ކޯޓުންނެވެ. އެއީ ދަށު ކޯޓުން އިއްވި ހުކުމް އިސްތިއުނާފުކޮށްފައި އޮތަސް ކުށުން ބަރިއްޔަވީ ކަމުގައި ނުބެލެވޭނެތީ ކުށްވެރިއެއްގެ ގޮތުގައި ހުރެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަނެވޭނެ ކަމަށެވެ.

އެކަމަކު، ކާށިދޫ ދާއިރާގެ ގޮނޑި ހުސްވި ކަމަށް ކަނޑައަޅައި އަލުން މެންބަރަކު އިންތިހާބުކުރަން ޖެހޭނީ އިސްތިއުނާފު މަރުހަލާ ނިމުމުން ކަމަށް ވެސް ނިންމި އެވެ. މާނަ އަކީ، މެންބަރުކަމުގެ ޝަރުތެއް އުނިވެފައި ހުރެ މަޖިލީހުގެ މަސައްކަތުގައި ބައިވެރިވުން މަނާވިޔަސް، އިސްތިއުނާފު މަރުހަލާގައި ދަށު ކޯޓުގެ ހުކުމް ބާތިލް ވުމުގެ ފުރުސަތު އޮންނާނެތީ ގޮނޑި ހުސްވި ކަމަށް ނިންމެން ނެތުމެވެ.

ނަމަވެސް މީގެ ފަހުން، ސާބިތު ދަރަނީގެ މައްސަލަތަކުގައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ބައެއް މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅަންދެން ވެސް އެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މިހާރުގެ މެމްބަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ހިމެނެ އެވެ. މި ބޭފުޅުން އެ ހިސާބަށް ދިޔައީ ކުންފުނިތަކެއްގެ ދަރަންޏަށް އެ ބޭފުޅުން ޒިންމާވާން ޖެހޭނެތޯ ނުވަތަ ނޫންތޯ އުފެދުނު ސުވާލުތަކާ ހެދި އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ: މެންބަރުކަމުގެ ޝަރުތެއް އުނިވި ކަމަށް ބުނެ އޭނާގެ ގޮނޑީގެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި

ޖިނާއީ ކުށް ސާބިތުވި ހާލަތާއި ސާބިތު ދަރަނީގެ މައްސަލަތަކަށް ބެލުމުން އެނގެނީ، މެންބަރުކަން ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމެއް ކޯޓުގެ މަރުހަލާއަކުން ސާބިތުވާ ހިސާބުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވަވަޑައިނުގެންނެވޭނެ ކަމެވެ. އެކަމަކު ޔައުގޫބުގެ މައްސަލާގައި އަދި ކޯޓަކުން އެއްވެސް ކަމެއް ސާބިތެއް ނުވެ އެވެ.

"ޔައުގޫބާ ބެހޭ ގޮތުން ހުށަހަޅާފައިވާ މައްސަލާގައި ވަކި ގޮތެއް ނުނިންމާހާ ހިނދަކު ބަލަން ޖެހޭނީ އޭނާ އަކީ މެންބަރެއް ކަމަށް. އެހެންވެ އޭނާ އަށް މަޖިލީހުގެ މަސައްކަތް ކުރެއްވުމުގައި އެއްވެސް ހުރަހެއް ނޯންނާނެ. ގޮނޑި ގެއްލިފައިވާ ކަމަށް ކޯޓުން ހުކުމް ކުރިޔަސް ޔައުގޫބު މިހާރު މަޖިލީހުގައި ދެއްވާ ވޯޓުތަކާއި ކުރެއްވި މަސައްކަތުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލެއް ނުއުފެދޭނެ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ހުއްޖަތެއްގެ ގޮތުގައި ދެއްކެވީ ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ ބައެއް ކަމަށް އޮންނައިރު ވެސް، ރުހުން ދިނުމުގެ ކުރިން ވެސް ވަޒީރުކަމުގެ ޒިންމާ އަދާކުރައްވައި ނިންމަވާ ކަންކަން ސައްހަވާނެ ކަމަށް ނިންމުމެއް އޮތުމެވެ.

އެކަމަކު އޭނާ ވެސް އެެއްބަސްވެވެ ވަޑައިގެންނެވި ގޮތުގައި ޔައުގޫބުގެ މައްސަލަ އަކީ ބަހުސްކުރެވޭނެ މައްސަލައެކެވެ. އެކަމަކު މި ބަހުސް މިގޮތަށް ކުރަންޖެހެނީ އުނިކަމެއްގެ ސަބަބުންނެވެ.

މައްސަލަ އަކީ ސުލޫކީ ފިޔަވަޅު އެޅޭނެ ގޮތެއް ނެތުން

ރައްޔިތުންގެ މަޖިލީހުގެ "މެންބަރުކަން ގެއްލޭނެ" ކަންކަން ސާފުކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އެބަ އޮތެވެ. ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް އަދާނުކުރުމާއި ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒުކުރަން ޖެހުމެވެ. އަދި ފަނޑިޔާރެއްގެ ގޮތުގައި ހުރުމާއި ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކުށް މާފުކުރިތާ ތިން އަހަރުވެފައި ވުމަކީ ވެސް މެންބަރެއްގެ ޝަރުތެވެ. މިއިން ކަމެއް ވެއްޖެ ނަމަ މެންބަރުކަން ގެއްލުނީކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ.

މި ކަންކަމަށް ފަހު ގާނޫނުއަސާސީގައި ދެން އޮންނަނީ ގާނޫނުއަސާސީގައި ކަނޑައަޅައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ މަޖިލީހުގެ މެންބަރުން އަދާކޮށްގެން ނުވާނެ ވަޒީފާތަކެވެ. އެއީ؛ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން، ސްޓޭޓް މިނިސްޓަރުކަމާއި ވަޒީރުންގެ ނައިބުކަމާއި ދައުލަތުގެ އެފެންވަރުގެ އެއްވެސް ވަޒީފާއެއް، މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް، ސިވިލް ސާވިސްގެ ވަޒީފާއެއް، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް، ސިފައިންގެ ވަޒީފާއެއް، ފުލުހުންގެ ވަޒީފާއެއް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރާންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެންވަޒީފާއެއް އަދާކުރުމެވެ.

އަޅުގަނޑު ގަބޫލުކުރަނީ ޔައުގޫބުގެ މެންބަރުކަން މި ކަމަކުން އަދި ނުގެއްލެއޭ. އެކަމަކު އެއީ ސުލޫކީ މައްސަލައަކަށް ފަހަރެއްގައި ވެދާނެ. އެހެން ވިއްޔާ އަޅާނެ ފިޔަވަޅެއް އޮންނަން ޖެހޭނެ. މިކަހަލަ ކަންކަމުގައި އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައި ނެތުމުން މި ސުވާލުތައް މި އަންނަނީ. މަޖިލީހުގައި އެބަ ތިއްބެވި މި ހާލަތުގައި ޔައުގޫބަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގަނެވޭނެ ކަމަށް ގަބޫލުކުރައްވާ މެންބަރުން ވެސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ އަސްލު މައްސަލަ އަކީ މިއީ ކަމަށެވެ.

"މެންބަރުކަން ގެއްލޭ ކަންކަން ބަޔާންކުރުމަށް ފަހު ދެން މި އޮންނަނީ ކުރުން މަނާ ކަންތައްތަކެއްގެ ވާހަކަ. މަނާ ކަމެއް ކޮށްފިއްޔާ ދޭނެ އަދަބެއް އޮންނަންވާނެ. އަދާކޮށްގެން ނުވާނެ ވަޒީފާއެއް އަދާކޮށްފި ނަމަ އެ މެންބަރަކަށް ވާނެ ގޮތެއް ގާނޫނުއަސާސީގައި ނެތުމަކީ ފަހަރެއްގައި އުނިވެފައި އޮތް ކަމަކަށް ވެދާނެ. އެކަމަކު މިއީ ރައްޔިތުންގެ މަޖިލީހުން ހައްލުކުރެވޭނެ ފަސޭހަ މައްސަލައެއް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 17 އަދި 18 ވަނަ މަޖިލީހުގައި ވެސް މެންބަރުންނާ މެދު ސުލޫކީ ފިޔަވަޅު އެޅުމުގެ ގަވައިދެއް ހަދަން ވާހަކަ ދެއްކި ކަމަށާއި އެކަމަކު އަމަލީ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޔައުގޫބުގެ މެންބަރުކަން މި ކަމަކުން އަދި ނުގެއްލެއޭ. އެކަމަކު އެއީ ސުލޫކީ މައްސަލައަކަށް ފަހަރެއްގައި ވެދާނެ. އެހެން ވިއްޔާ އަޅާނެ ފިޔަވަޅެއް އޮންނަން ޖެހޭނެ. މިކަހަލަ ކަންކަމުގައި އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައި ނެތުމުން މި ސުވާލުތައް މި އަންނަނީ. މަޖިލީހުގައި އެބަ ތިއްބެވި މި ހާލަތުގައި ޔައުގޫބަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގަނެވޭނެ ކަމަށް ގަބޫލުކުރައްވާ މެންބަރުން ވެސް،" މެންބަރު ވިދާޅުވި އެވެ.

އެހެން މެންބަރަކު ވެސް ވިދާޅުވީ، މެންބަރުކަން ނުގެއްލޭ އެކަމަކު މެންބަރަކު ކޮށްގެން ނުވާނެ ކަމެއް ކޮށްފި ނަމަ އަޅާނެ ފިޔަވަޅުތަކެއް އޮންނަން ޖެހޭނެ ކަމަށެވެ.

"މިހާރު ވެސް މި އުޅެނީ މެންބަރަކު މާރާމާރީ ހިންގި ކަމުގެ ތުހުމަތެއް ވެސް. ސުލޫކީ ފިޔަވަޅު އަޅާ ގަވައިދެއް ހަދައި އޭގައި އޮންނަންވާނެ މެންބަރަކު ކުރައްވައިގެން ނުވާނެ ކަމެއް ކުރައްވައިފި ނަމަ އެ މެންބަރަކާ މެދު އަމަލުކުރަންޖެހޭނެ ގޮތް. ޖަލްސާތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަނާކުރުން، ވޯޓުގައި ބައިވެރިނުކުރުން ފަދަ ކަންކަން އަދަބުގެ ގޮތުގައި ހިމެނިދާނެ،" އޭނާ ވިދާޅުވި އެވެ.

މަޖިލިސް ތެރޭގައި ހިންގާ މާރާމާރީ އާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލުތަކާއި ހުތުރު ބަހުން ވާހަކަ ދެއްކުން ފަދަ ކަންކަމުގައި މިފަދަ ގަވައިދެއްގެ ދަށުން ފިޔަވަޅު އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބައެއް ގައުމުތަކުގައި މިފަދަ ގަވައިދުތަކަށް އަމަލުކުރާ ކަމަށާއި ރާއްޖޭގައި ވެސް އެކަން ނުކޮށް އޮންނަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒާހަތްތެރިކަމަށް ވަކާލާތުކުރެއްވުމުގައި އަޑުގަދަ ޔައުގޫބުގެ ގޮނޑި ގެއްލުނީކަމާ މެދު ޝައްކު އުފެދިފައި އޮތް މި ހާލަތުގައި މި ވަގުތަށް އޮތީ އޭނާ އަމިއްލަ އަށް ގޮތެއް ނިންމެވުމެވެ. މަޖިލިސް ތެރެއިން އަޅާނެ ފިޔަވަޅެއް މި ވަގުތަށް ނެތުމުން ދެން އިންތިޒާރުކުރަން ޖެހޭނީ ސުޕްރީމް ކޯޓުގެ ހުކުމަށެވެ.

8 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެންސު3

13 October 2020

ހިތަށްއަރަނީ އެހަކަށްދުވަހު އޮކްސްފޯޑު ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން ޕީއެޗްޑީ ހަދަމުންއަންނަ ދަރިވަރުގެ ހާލާމެދު. އޭނަ ގިއްކިޔާފަ ކިޔަވައިގެންއައިސް މިތާގެ މަޖިލިސް އަދި ޝަރުޢީދާއިރާއާއި 100 ފޫޓު ކައިރިވާއިރަށް ބުނާނެ ސަހަރޯއޭ! ތިމަންނައަށް ކޯއްޗެއްހޭ ކިޔެވިފަ މިހުރީ. ޤާނޫނީދާއިރާގައި އަދި އަލިފު ބާވެސް ނޭނގެޔޭ.

The name is already taken The name is available. Register?

ތިއޮތީވެފަ

13 October 2020

މޮޅީނުން ހަދާފަ ހުންނަ ޤާނޫނުތައް. ތިއީ ޤާނޫނު އަސާސިީ ޙާލަތު. ދެން އެހެން ޤާނޫނުތަކަށްވާނި ކިހިނެއް. އެކަމަކު ހުސްވެސް ފުންނާބު އުސްކަމުން ހިނގަން އުދަގޫވާވަރުގެ ލޯޔަރުން އުޅެނީ

The name is already taken The name is available. Register?

ޅަބޭ

13 October 2020

މައުލޫދު ހަރުގެ.

The name is already taken The name is available. Register?

ބައިރޯ

13 October 2020

ދެނޯ

The name is already taken The name is available. Register?

ހުންގާނު

13 October 2020

ބުނާނެ އެއްޗެއް ނެތް.

The name is already taken The name is available. Register?

ރަމަ

13 October 2020

ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް އަދާނުކުރުމާއި ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒުކުރަން ޖެހުމެވެ. އަދި ފަނޑިޔާރެއްގެ ގޮތުގައި ހުރުމާއި ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކުށް މާފުކުރިތާ ތިން އަހަރުވެފައި ވުމަކީ ވެސް މެންބަރެއްގެ ޝަރުތެވެ. މިއިން ކަމެއް ވެއްޖެ ނަމަ މެންބަރުކަން ގެއްލުނީކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ.

The name is already taken The name is available. Register?

ޖޯކަރު

13 October 2020

އެކައުންޓެންޓުން ގެ ޕްރޮފެޝަނަލް އެތިކްއެއީ ނަމެއްގައި އޮންނަ އެއްޗެއް. ދައުލަތުގެ މުވައްސަސާތަކުގައި ވައްކަން ފޮރުވަން އައްދަށު ކުދިންނަށް އެގެން ގުޅެނީ ހަމަ ތިމީހުން އ.

The name is already taken The name is available. Register?

ވޭޓަރުސޮރު

13 October 2020

ކޮންހާހާސަރެއް ދަމާކަކަށް ! ޔައުގޫބު ގޮޑި އެއޮތީ ގެއްލިފަ ތިމާމެންގެ ބާރު އޮތަތީވެ ގޮޑީގަ އިދެވިދާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454