ށ. ފުނަދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކާފައި. --ފޮޓޯ: މިހާރު ކިޔުންތެރިއެއް
13 އޮކްޓޯބަރ 2020 - 16:01
ހިއްކާ ބިން އެއްކޮށް ހިލޭ ދޫކުރުމަކީ އެންމެ އިންސާފުވެރި އަދި އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އަސްލަމް ވިދާޅުވީ އެކި ކަންކަމަށް ބިން ކަނޑައަޅަމުންދާއިރު ރާއްޖޭގައި ހިއްކާ ބިން ބޭނުންކުރުމުގައި ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށެވެ. އެގޮތުން، ހިއްކާ ހުރިހާ ބިމެއް އާއްމު ތަންތަނުގެ ގޮތުގައި އޮތުމާއި އެ ބިންތައް ހިލޭ ދޫކޮށްލާ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވި އެވެ. ވިޔަފާރީގެ ބޭނުމަށް ކޮންމެވެސް މިންވަރެއް އަންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެއީ އަދި ދިރިއުޅޭ ބިންކަމުގައި ވިއަސް، ދިރިއުޅުމަށް ކަމުގައި ވިއަސް އަދި ކޮމާޝަލް ބޭނުންކަމުގައި ވިއަސް. އަޅުގަނޑުގެ ވިސްނުމުގައި މިކަމާ ދޭތެރޭގައި ހުރި، މިކަމުގައި ހުރި ގޮތް ދަންނަވައިފާނަން. އާއްމު ގޮތެއްގައި ހިއްކާ ބިމެއްގެ 34 ޕަސެންޓް އެއީ ލިވްކުރާ ލޭންޑް. ގޯތި ދެވޭނީ ގާތްގަނޑަކަށް 34 ޕަސެންޓް. އެގާރަ ޕަސެންޓް އެއީ މަގުތަކަށް ދާ ލޭންޑް. ދެން ހުންނާނެ ކޮމާޝަލް ބޭނުމަށް ހުންނަ ލޭންޑް ވެސް،" އަސްލަމް ވިދާޅުވި އެވެ.
މި ދެންނެވި ގޮތަށް ބިމުގެ ލޭންޑް ޑިމާންޑް ހުރި ރަށްރަށުގައި ބިން ހިއްކާފައި އޭގެތެރެއިން އެއްބައި އަޅުގަނޑުމެންނަށް ކޮމާޝަލްގެ ގޮތުގައި ވިއްކޭ ކަމަށް ވަންޏާ އެއީ ދެން ހަމަ ލިމިޓް. އަޅުގަނޑު ގަބޫލުކުރަނީ އެއީ މުޅި ދިވެހި ރައްޔިތުންގެ އެންމެންނަށް އެވެއިލަބަލްކޮށް ދޫކޮށްލަންޖެހޭނެ ތަނެކޭ. ދޫކޮށްލާ ކަމަށް ވެއްޖިއްޔާ އެ ރަށެއްގެ ލޭންޑް ވެލިއު ހުރި މިންވަރަކުން އެ ރަށަށް ވެލިއު ޖެނެރޭޓްކުރެވޭނެ: އަސްލަމް
"މި ހުރިހާ ކަމެއް ހުންނާނީ ބިނާވެށީގެ ޕްލޭންގެ ތެރޭގައި އެ އެއްޗެހި ހިމެނިފައި ހުންނާނީ. ކަނޑައެޅިފައި ހުންނާނެ، ދިރިއުޅޭނެ ބިން، ކޮމާޝަލް ބޭނުމަށް ބޭނުންކުރާނެ ބިން، ޕަބްލިކް ސްޕޭސަސް، މަގުތައް، މި ހުރިހާ އެއްޗެއްސަކީ ބިނާވެށީގެ ޕްލޭންގެ ތެރޭގައި ހުންނާނެ ބިން،"
އޭނާ ވިދާޅުވީ ބޭނުންކުރެވޭ ބިމުގައި މަދުވެގެން ތިންބައިކުޅަ އެއްބައި ވިއްކަން ބާއްވަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމުގެ ދެ ސަބަބެއް ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ވިދާޅުވީ، އާއްމުކޮށް ބިން ހިއްކަން ޖެހެނީ ރަށުގައި ބިމުގެ ދަތިކަން ކުރިމަތިވެގެން ކަމަށްވާތީ އެފަދަ ރަށެއްގައި ގިނަ ފަހަރަށް ބޯހިޔާވަހިކަމުގެ މައްސަލަތައް ދިމާވާނެތީ އެވެ. އޭގެ އިތުރުން ރަށްރަށުގައި ގެދޮރު އެޅުމަށް މީހުންގެ އާމްދަނީ ހުރިގޮތާއި ގެދޮރު ބިނާކުރަންދާ ހަރަދުގެ ސަބަބުން ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
ބައެއް ފަހަރު އިމާރާތްކޮށްފައި އެ ތަންތަން އަޅަން ދިޔަ ހަރަދަށްވުރެ ހެޔޮ އަގުގައި މީހުންނަށް ދޭންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ދެންނެވި ގޮތަށް ބިމުގެ ލޭންޑް ޑިމާންޑް ހުރި ރަށްރަށުގައި ބިން ހިއްކާފައި އޭގެތެރެއިން އެއްބައި އަޅުގަނޑުމެންނަށް ކޮމާޝަލްގެ ގޮތުގައި ވިއްކޭ ކަމަށް ވަންޏާ އެއީ ދެން ހަމަ ލިމިޓް. އަޅުގަނޑު ގަބޫލުކުރަނީ އެއީ މުޅި ދިވެހި ރައްޔިތުންގެ އެންމެންނަށް އެވެއިލަބަލްކޮށް ދޫކޮށްލަންޖެހޭނެ ތަނެކޭ. ދޫކޮށްލާ ކަމަށް ވެއްޖިއްޔާ އެ ރަށެއްގެ ލޭންޑް ވެލިއު ހުރި މިންވަރަކުން އެ ރަށަށް ވެލިއު ޖެނެރޭޓްކުރެވޭނެ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ލިބޭ ރުފިޔާއިން އެ ރަށެއްގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން ފަސޭހަވާނެ ކަމަށެވެ.
ބިނާވެށީގެ ޕްލޭންގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް، ވިޔަފާރީގެ ގޮތުގައި އެ ރަށުން ވިއްކާލެވޭނެ ބިން ކަނޑައަޅާފައި ހުންނަންޖެހޭނެ ކަމަށާއި ހާއްސަގޮތެއްގައި ހިއްކި ބިމަކަށްވާނަމަ އެކަން ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދުގައި ހިއްކާފައި ހުރި ތަންތަން ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޒާނާ
14 October 2020
ރާއްޖޭގަ މީހުން ނޫޅޭ އަދި ނުހަދާ ހުރި ގެތައް މުއްދަތެއް ދީފާ އާބާދު ނުވާނަމަ ސަރުކާރައް ނަގަން ވީ އެވެ.
ކޮރަލް
14 October 2020
ހުޅުމާލޭ ބީޗް ސަރަހައްދު އެއް ކޮށް މުއްސަނދީންނާއި ސިޔާސީ ބޮޑުން ނަށް ވިއްކާ ލުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. އާދައިގެ ރައްޔިތު މީހާ އަށް މިދެނީ ހުޅުމާލޭ މެދުން ފްލެޓް ހަދާފަ އެވެ.
ހޮޓްކިންގ
14 October 2020
ރަށްރަށު މީހުންނަށް ގޯތި ދޭށޭކިޔާފައި ބިންހިއްކުމަށްފަހު ދޯކާ ދޭން ސުރުހީއެޅީ.
މުއްސަދިންގެސުވަރުގެ
14 October 2020
ރާއްގޭގެ ބިން އަގުބޮޑީ ނިކަމެތިންނައް. މުއްސަދިންނައް ބޭންކްލޯނުން ވެސް ފައިނޭންސް ކޮއްލެވޭނެ. ބޭންކުން ލޯނަކީ ބިންވެރިންނައް ލިބޭއެއްޗެއް. ކިތައްމެ ބަޔަކު ބިން މޯގެޖް ކޮއްގެން އިތުރު ބިން ގަނެފި. ދިރިނޫލޭ ބިންތަކުން ޓެކްސް ނަގަންޖެހޭ.
ޖިބޫތީ
14 October 2020
އޭރުން ހުންނާނީ ހުސް ކޮލި,ޗަންޕާ,ޖާސިމްގެ ގޯއްޗެނުން, ހުޅުމާލެ 2 ވަނަ ފިޔަވަހި މިހާރު އެއޮތީ ފުރިފަ ރައްޔަތުންނަށް ވަގަށް އެޗްޑީސީގަ ތިބި ކުރީގެ ސަރުކާރުގެ ބޮޓުން އެތަނުން ބިން މިބުނި މަހުޖަނުންނަށް ވިއްކާ ހުސްކޮއްފި.
ދޯބެ
14 October 2020
މާލޭގަ އެކަނި ޒަމާނީ ޕާކުތަކާ.. މަގުތަކާ ކުޅިވަރު ސޮޓޭޑިއަމްތަކާ ހޮސްޕިޓާތަކާ ސްކޫލްތަކާ އޮފީސްތަށް ތިހައްދަވަނީ އިންސާފުންތޯ..
ދެންބައިން
14 October 2020
މާލޭ ސަރަހައްދުގަ އެކަނި ބިން ވެސް ވިއްކަނީ ރަށްރަށުގަ ބިން ހިއްކާފަވެސް ދެނީ ހިލޭ ކީކޭ ކިޔަންތަ ތިއުޅެނީ. ހަމަހަމަ ވާން އެބަޖެހޭ ބިން ހިއްކަނީ އެންމެން ޓެކުސް ފައިސާއިން.
މީމަގޭ ހިޔާލު
13 October 2020
ވަރަށް މުހިންމު ނިންމެވުމެއް ކޮންމެ ރަށެއްގެ މީހަކަށްވެސް ބިންގަނެގެން އެތަންތަނުގައި އިންވެސްޓް ކުރެވޭނަމަ ތަފާތު ވިޔަފާރިތަށް ރައްރަށަށް ދިއުމުގެ ފުރުސަތުއޮންނާ އޭގެސަބަބުން އެތަށް ފައިދާއެއް އެރަށަކަށް ކުރާނެ
އޮނަރަބްލް އަފީފު ދީދީ
13 October 2020
މިއީ ހަމަ ދެވަނަ އަލީ ވަހީދު. މީހާގެ ސައިޒު އޮޅިގެން އުޅޭ މީހެއް. ރައްޔަތުންގެ މެދުގައި ތަފާތު ކުރުން ބޮޑު ވިސްނުން ނުބައިވަޒީރެއް. އިބޫގެ ސަރުކާރުގައި މިފަދަ މީހުނަށް ފުރުސަތުދީ ބާރުވެރިކުރުމަކީ ރައްޔިތުނަށް ދެވޭ އަނިޔާއެއް. އަހަރުމެން އުއްމީދު ކުރި ގޮތާއި ދިމާ އިދިކޮޅު ކަމެއް.
ދުނިޔެ1
13 October 2020
އެއްވެސް ސަރުކާރަކަށް ބިމާއި ބެހޭގޮތުން ރަނގަޅު ސިޔާސަތެއް ތަންފީޒު ކުރެވިފައެއް ނެތް. 2008 ގެ ފަހުން ބިންހިއްކި ރަށްރަށުން ބިން ދޭނީތޯ، ވިއްކާނީތޯ، ފްލެޓް އަޅާނީތޯ، ރޯހައުސް އަޅާނީތޯ އެއެއް މިއެއްނޭނގޭ ވަރަށް ދިގުދަންމައިފި. އެހެންޏާފަހެ މިކަމަށް ޑެޒިސަނެއް 10-12 އަހަރުވާއިރު ނެގިފަ އޮންނަން ޖެހޭނެކަމަށް ގަބޫލުކުނީ.
ގުޅިމޭން
13 October 2020
ގުޅީފަޅަކީ މާލެއެއް ނޫން. ގުޅީފަޅުން މާލެ މީހުނަށް ހާއްސަކޮށްގެން ބިން ދިނުމަކީ ނާއިންސާފެއް. ގޯތި ބޭނުން ދިވެހި އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ގުޅީފަޅުން ގޯއްޗަށް އެދެވެން ވާނެ