މޯލްޑިވިއަނުން މިއަދު ދާކާއަށް ފުރި ފްލައިޓަށް ބިދޭސީން އަރަނީ -- މޯލްޑިވިއަން
14 އޮކްޓޯބަރ 2020 - 13:06
ބަންގްލަދޭޝްގެ އިތުރު 200 މީހަކު އެ ގައުމަށް މޯލްޑިވިއަން އެއާލައިން އިން މިއަދު ފުރުވާލައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ގެންދާ ބަންގްލަދޭޝް މީހުން އަނބުރާ އެ ގައުމަށް ގެންގޮސް ދިނުމުގައި ހަރަކާތްތެރި ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ. މިއަދު ފުރީ މިފަދަ 40 ވަނަ ފްލައިޓް ކަމަށާއި އެ ފްލައިޓް ދިޔައީ ޑާކާ އަށް ކަަމަށް މޯލްޑިވިއަނުން ބުންޏެވެ.
މިހާތަނަށް 7،732 މީހުން އެ ގައުމަށް އަނބުރާ ފޮނުވާލެވިއްޖެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
Our 40th #repatriation flight with 200 Bangladeshi nationals has left to Dhaka from @VelanaAirport.
— Maldivian (@MaldivianAero) October 14, 2020
As of today, #Maldivian has flown a total of 7732 Bangladeshi passengers on these repatriation flights.#NationalAirline 🇲🇻 pic.twitter.com/0sItNbWBwo
މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއް
ކޮންމެ ހަފްތާއަކު އެއް ފަހަރު މޯލްޑިވިއަންގެ ފްލައިޓެއް ބަންގްލަދޭޝަށް ދެ އެވެ. އެ ގައުމަށް އެންމެ ފަހުން މޯލްޑިވިއަންގެ ރިޕަޓްރިއޭޝަން ފްލައިޓެއް ފުރާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީއަކު މި އަހަރު ނިމުމުގެ ކުރިން އަނބުރާ ފޮނުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
14 October 2020
ހަމަ ބޭރު ކުރާވަރަކަށް އެތެރެ ކުރެވޭ. ކުރިންވެސް މޭޒު ދަށުން ދިންހެން އިމިގްރޭޝަން މީހުންނަށް ލާރި ކޮޅެއް ދޭން ޖެހެނީ.
ްއަދުރޭ
14 October 2020
ބޭރުކުރާވަރަކަށް އެތެރެވެސްވޭ،،
ބަބުރުލް ސަލީމް
14 October 2020
ތިޔަ ފޮނުވާލި 200 މީހުންގެ ބަދަލަށް 2000 މީހުން އިތުރުކޮށްލާނެ.
ކޮރަލް
14 October 2020
އަމިއްލަ ހަރަދުގަ ޓިކެޓް ނަގައިގެން ރަށައްދާން ބޭނުން 30 ހާސް މީހުން ހުރި އިރު ކަންކަން ލަސްކޮށް އެމީހުންނަށް ފުރުމަށް ވަނީ ދަތި ތަކެއް ކުރިމަތި ވެފަ އެވެ.
ރަބަރު
14 October 2020
ޝުކުރިޔީ ސަރުކާރު