ހައި ކޯޓް: ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރަން އެ ކޯޓުން ވަނީ އަންގާފައި -- ފޮޓޯ/މިހާރު
15 އޮކްޓޯބަރ 2020 - 19:45
ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު (350 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ހަ މަސް ތެރޭގައި ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ޔޮޓް ޓުއާސް އިން ކުރިން ހިިންގި ހއ. އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުންތަކެއްގެ އިންޝުއަރެންސްގެ ގޮތުގަ އެވެ. އެ މައްސަލަ އެލައިޑްގެ ފަރާތުން އިސްތިއުނާފްކޮށް، އަދި އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ފަސް ކުރުމުގެ އަމުރަކަށް އެލައިޑުން ހައި ކޯޓުގައި އޮތީ ކުރިން އެދިފަ އެވެ.
ހައި ކޯޓުން މިރޭ ނެރުނު އަމުރުގައިވަނީ އެލައިޑާ އެއްކޮޅަށް ހައި ކޯޓުން މައްސަލަ ނިމޭ ހާލަތެއްގައި އެލައިޑުން ޔޮޓް ޓުއާސްއަށް ދެއްކި 22.7 މިލިއަން ޑޮލަރު އަނބުރާ އެ ކުންފުންޏަށް ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށް އެލައިޑުން ބުނާ ކަމަށެވެ. އެފަދަ ހާލަތެއްގައި ހައި ކޯޓުގެ ހުކުމް އަގެއް ނެތް އެއްޗަކަށް ވެގެން ހިނގައިދާނެ ކަމަށާއި އަދި އެކަމާ ގުޅިގެން ޔޮޓް ޓުއާސް އިން ވަކި އެއްޗެއް ބުނެފައި ނެތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.
Stay of Execution Pending Appeal (2020/HC-A/158).
— High Court of the Republic of Maldives (@mvhighcourt) October 15, 2020
Details: https://t.co/M4IanT3Vm3 pic.twitter.com/D0N0b54DBG
ހައި ކޯޓުގެ އަމުރު
އެކަމަކު އެލައިޑްގެ ފަރާތުން އެ އަމުރަށް އެދި ދެން ފާހަގަކުރި ސަބަބުތަކަކީ ޚާއްސަ ކަންތައްތަކެއް ކަމަށް ނުބެލެވޭ ކަމަށް އެ އަމުރުގައިވެ އެވެ. އެއީ ވިޔަފާރިއަށް ގެއްލުންވުމާއި ކަސްޓަމަރުން ގެއްލުމުގެ ބިރާއި އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިދާނެ ކަމަށް އެލައިޑުން ބުނާ ބުނުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުން
15 October 2020
ތީ އާ ރިސޯޓެއް ހަދާހާ ފައިސާދޯ، މިއުޅޭ ގިނަ މަހުޖަނުން އުޅޭގޮތް ތީހަމަ ކޮންމެވެސް ތަނެއް ފުނޑާލައިގެންވެސް ތިމާބޭނުން ކަންތައް ކުރެވެނިކޮށްނިމުނީ
ކުރާށޭކުރާށޭ
15 October 2020
ރާއްޖޭގައި އިންޝުއަރެންސް ކުރުމާއި އަދި އިންޝުއަރ ކުރެވޭނެ ގޮތް ތަކާއި އުސޫލު ތައް ބަޔާން ކުރާގޮތަށް ޑީޓެއިލްޑް ގައިޑް ލައިނެއް ހިމެނޭނެހެން ކޮޕީ ޕޭސްޓް ނޫން އުސޫލަކުން އިނޮވޭޓިވް ބައި ވާރކް މިއުސޫލުން އެބަޖެހޭ މަޖްލީހުން އިންޝުއަރެންސް އާއި ބެހޭ ތަފްސީލް ގާނޫނެއް އެނެކްސް ތަކާއި އެކު ނެރެން ސަބަބަކީ އިންޝުއަރ ނުކޮށް ދުނިޔޭގައި އެއްވެސް އެއްޗެއް ވެސް އަދި ކަމެއް ވެސް ނުހުންނާނެއޭ އެއީ ނޭޗަރ ތިއަރީ އަކީ ވެސް މިކަން ކުރާށޭ މަޖްލީހުގެ ރައީސް
އަޝްރަފު
16 October 2020
މަޖްލީހުގައި ތިބި މީހުންގެ ފެންވަރު އެނގޭދޯ ތިޔަ ކޮމެންޓް ކުރި އިރުވެސް!
އުދުހޭ
15 October 2020
މަކަރާ ހީލަތުން އެއްވެސް މީހަކު ފައިސާ ހޯދިޔަދީގެން ނުވާނެ. ރައްޔިތުން ތިބީ ކަންކަން ދާގޮތް ބަލަން.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
15 October 2020
ބިން ބިމާއި އޭގެ ހިބަ ވިޔަފާރީގެ އެއްބަސްވުން ތަކުގައި މިރާއްޖެ ކޯތު ތަކުން ނިންމި ނިންމުންތަކުގެ ނަފާވެރިންނާއި އިންސާފުން މަހުރޫމްވި މީހުން އަދިވެސް މިރާއްޖޭގައި ދުނިޔޭގައި އެބަތިބި. ކިތަށް މައްސަލައިގައި ތޯ ދެ ޚަސްމުން ތަފާތު ކުރެވި ވީ. އޭގެ ޕަސަންތޭޖް ކިހާވަރެއްތޯ ؟ 80% ވިހި ޕަސެންޓްތޯ ؟ އޯކޭ %80 ތޯ. ނޮޓް އޯކޭ %80 ތޯ އޯކޭ %20 ތޯ ނޮޓް އޯކޭ %20 ތޯ ނުވާނެ ސާފެއް. އިންވެސްޓްތަށް ރުފިޔާއިން ޑޮލަރަށް ބަދަލް ވީ އިރުވެސް މީ ހާލަތަކީ.