ޚަބަރު / ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް

އިބޫ ޒަހަމްވީ ސައިކަލްގައި ވަޑައިގަންނަވަނިކޮށް އަނބިކަނބަލުންގެ ދަބަހުގައި އޮތް ކަޓަރަކުން!

ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ): ކަޓަރަކުން ލިބުނު ޒަހަމަކަށް އޭޑީކޭގައި އޭނާ އަށް އަންނަނީ ފަރުވާދެމުން. --ފޮޓޯ:ނިޝާން އަލީ/ މިހާރު

ގްރޭޓާ މާލެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ)ގެ ގަޔަށް ރޭ ވަޅި ހަރައިގެން ފަރުވާދެމުން އަންނަ ކަމަށް އަޑު ފެތުރިފައި ވަނިކޮށް، އެއީ އެކްސިޑެންޓަކުން ވީ ކަމެއް ކަމަށް އޭނާއާ ހަވާލާދީ ފުލުހުން މިއަދު ބުނެފި އެވެ.

އިބޫ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލް ތެރޭގައި، އޭނާ ސްޓްރެޗާއަކަށް ލައިގެން ފަރުވާ އަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

އެކަމަކު، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެއީ ވަޅީގެ ހަމަލާއެއް ނޫން ކަމަށް އަނިޔާވި މީހާ (އިބޫ) ވިދާޅުވާ ކަމަށެވެ. އޭނާ އަށް އަނިޔާވި ކަން ފާހަގަވީ، އަނބިކަނބަލުންނާ އެކު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ކަމަށާއި އެއީ އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ އިބޫ ތަހުގީގަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އިތުރަށް ބަަލަން ޖެހޭ ކަންކަން ކުރިއަށް އެބަދެ އެވެ.

އިބޫގެ ފޯނު ނިންވާލައްވާފައި އޮތުމުން، އޭނާގެ ބަހެއް ނުލިބެ އެވެ.

41 ކޮމެންޓް, 105 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 17%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮބުރީ

20 October 2020

ބުނަންވީ ގެވެށި އަނިޔާއަށް ނޫނެކޭ..

The name is already taken The name is available. Register?

ޢިންގިލާބު

20 October 2020

މިގައުމުގެ ކަޓަރު ތައް ހަލާކުރީ ޔާމީން!

The name is already taken The name is available. Register?

ޟުބާން ފިއްލަދޫ

20 October 2020

ކޮންމެވެސް ކަމެއް ފޮރުވާހެން ހީވަނީ

The name is already taken The name is available. Register?

މުބީނު މާރނީ

20 October 2020

ނޫސްވެރިން އުޅެނީ މިހާރު އަޅުގަނޑުމެން ހެއްވަން.

The name is already taken The name is available. Register?

ތުއްތުކަލޯ

19 October 2020

މީކޮންކަހަލަ އަރަތެއް: އޭނާ އަށް އަނިޔާވި ކަން ފާހަގަވީ، އަނބިކަނބަލުންނާ އެކު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ކަމަށާއި އެއީ އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ އިބޫ ތަހުގީގަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

The name is already taken The name is available. Register?

މޫސަ123

19 October 2020

ކިރިޔާ ބިރުން ހަލާކުނުވީ މަހީކުރީ އަނެއްކާ އަހަރުމެންގެ ލޮބުވެތި އިބޫކަމަށް

The name is already taken The name is available. Register?

ޙަބީބު

19 October 2020

ނަސީބެއް އަންހެނުންގެ އިނގިލި ނިޔަފަތި ނުހެރުނުކަން

The name is already taken The name is available. Register?

ކުޑަކަތީބް

19 October 2020

އަނބިމީހާ ދަބަހުގެ އޮތްކަޓަރަކުން ޒަޚަމް ވެގެން ސްޓްރެޗާއަކަށް ލައިގެން . . . ނޯސަޕްރައިސް،

The name is already taken The name is available. Register?

ހޭބަލިމިތުރު

19 October 2020

އަނބި މީހާގެ ދަބަހުގަ މިހާރު ކިތައްފޫޓުގެ ވަޅިއެއްބާ؟.

The name is already taken The name is available. Register?

ގައުމީ ލޯބީގާ

19 October 2020

އަނބިމީހާގެ ދަބަހަށްކަޓަރު! ބިރުހުރިވާހަކައެއް ؟ މަހީކުރަނީއަނބިންގެ ދަބަހުގަ، ޒުވާންއަންހެނުންގެ ދަބަހުގަހުންނަނީމޭކަޕްސާމާނާފައިސާއާ ފޯނުފަދަ ތަކެތިކަމަށް ތޫނުހަތިޔާރު ވެސް އަޅާއެއްޗެއްތަ އަންހެނުންގެ ދަބަހަކީ . އިންޑަސްޓްރީވިލެޖާހިސާބަށް ދެވުނުފަހުން ކަޓަރަށްއެޅޭންވެސްއެގުނީ . ހާދަނުރައްކާތެރި އެއްޗެހިއަޅާދަބަހެއްތީ . ތޫނު ހަތިޔާރު މީހުންނުއުޅޭފަޅުހިސާބަކަށް ދެވުމުން އެޅުން ސުވާލު މައްޗަށް ސުވާލު .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454