ޚަބަރު / ކުށްކުރުން

ހިތަދޫގައި "ކޮށާލި" މީހާގެ ހާލު ސީރިއަސްއެއް ނޫން

އައްޑޫ ހިތަދޫގައި ރޭ ދަންވަރު ގްރޫޕްތަކެއްގެ މެދުގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން "ކޮށާލި" ޒުވާނާގެ ހާލު ސީރިއަސް ނޫން ކަމަށާއި އެކަމަކު އޭނާ އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިސަރު ޝާފީ މުހައްމަދު "މިހާރު" އަށް ވިދާޅުވީ 22 އަހަރުގެ ޒުވާނާ "ވައިޓަލީ ސްޓޭބަލް" ކަމަށެވެ.

އޭނާގެ ހަށިގަނޑަށް ކަތިވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ބޮޑެތި ގެއްލުންތަކެއް ދީފައިވާ އިރު ވާތުގެ ބައެއް އިނގިލިތައް ހުރީ ބުރިވެފަ އެވެ. މީގެ އިތުރުން ބުރަކައްޓާއި ކޮނޑާއި ދަށްބަނޑާއި އުނގަނޑާއި ހަށިގަނޑުގެ އެެހެން ބައެއް ތަންތަން ވެސް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޒުވާނާ އޮތީ ލެއިން ތަތްތެޅިފަ އެވެ.

ރޭ މެންދަމު ހިންގި މާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 12:30 ހާއިރު އެވެ. މި މައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ހިތަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގުމަށް ފަހު، ޒުވާނާ އަށް ހަމަލާ ދިން މީހުން ވަނީ ވަގުތުން ފިލައިފަ އެވެ. މި މާރާމާރީ ހިންގީ ސީދާ ކޮން ސަބަބަކާ ހުރެކަން އަދިއެއް ނޭނގެ އެވެ.

22 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 78%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނާ

20 October 2020

ޙައިރާންވެފަ މިއިނީ. ކޮށާލާފަ އޮތްމީހަކު ދިރިއޮތީމަ.

The name is already taken The name is available. Register?

ލުޖެން

20 October 2020

ސ.މީދޫ ގައި މަސްތުވާތަކެތިވިޔަފާރި ކުރާކަމަށް ޝައްކު ކުރެވޭ މީހަކު މިދޫ ޕޮލިސްޓޭޝަން އަށް ވަނީ ކޮމްޕިއުޓަރު ހަދިޔާ ކޮށްފައި.

The name is already taken The name is available. Register?

އެއް އަހުމަދު

19 October 2020

ފުލުހުންނަށް އައްޑޫ ކޮންޓްރޯލެއް ނުވޭ. މުޅި އައްޑޫއަކީ ޑްރަގް ޓްރެފިކިންގ ރައުޓެއް

The name is already taken The name is available. Register?

ސިކުނޑި

19 October 2020

މަސްތުވާތަކެތި ތާށިވާވަރަކަށް މިކަހަލަ ޢަމަލުތައް އިތުރުވޭ! މީރާއްޖޭގައި އަބަދުވެސް އެކަން ހިނގާގޮތް! ޑްރަގްސް އޮޕަރޭޝަން ހިނގާއިރު ފުލުހުން އާންމު މަސްލަހަތަށް އިތުރަށް ފާރަވެރިވާންޖެހޭ!

The name is already taken The name is available. Register?

ކުޑަކަތީބް

19 October 2020

އައްޑޫގަ ތިއޮތީފެށިފަ، ދެން ގަސްތުގައިޔާއި އޮޅިގެންނާއި ބަޔަކު ނިމިގެން ދާތަން ބަލަންތިބޭ!

The name is already taken The name is available. Register?

ޑެބީ

19 October 2020

ފުލުހުންމީ ކީއްކުރާ ބައެއްތަ؟

The name is already taken The name is available. Register?

ޑެންޓިސްޓް

20 October 2020

ފުލުހުންގެ ދަރިންތޯ ވަޅު ޖަހަން ދުވީ. ތިމާމެންގެ ދަރިން ވަޅި ޖެހީމާ އަދިވެސް އެހެން މީހުން ގޯސްވަނީ. ކޮންމެ ކުއްޖަކުވެސް ދުނިޔެ އަށް އަންނަނީ ފިތުރަތުގެ ސާފު ކަންމަތީ. މައިންބަފައިންގެ ޒިންމާ އަދާނުކުރާތީ މިހެންވަނީ

The name is already taken The name is available. Register?

ޅަބޭ

19 October 2020

ހެހެހެހެ... މި އުޅެނީ ކޮށާފަ ވަޅުލީމަވެސް މައްސަލައަކައް މިގައުމުގަ ނުވެގެން. ދެން ކިހިނެތް ހަމައެކަނި ކޮށައިގެން މައްސަލައަކައް ވާނީ...

The name is already taken The name is available. Register?

ދޮންއަލީ

19 October 2020

ނޭވާލެވޭތީ ތޯއްޗެއް ސިރިއަސް ނުވަނީ. އެހެންވީމާ ބޮޑުކަމަކަށް ނުވާނެތާ

The name is already taken The name is available. Register?

ޒައީ

19 October 2020

ހަރުކަށިވާނީ ދީނީ މީހުން އެކަނި... މިއީ ހަރުކަށިކަށި ނޫން..ޓެރެރިޒަމެއްވެސް ނޫން...

The name is already taken The name is available. Register?

ރަޔާން

19 October 2020

ދޮގެއް ނޫން

The name is already taken The name is available. Register?

ހާމިދު ޝާހިދު

19 October 2020

"ކޮށާލި" ގެ މާނައަކީ މަސްގަނޑާއި އަތްފައި ވަކިވެ ބުރިވެގެން ދިއުން. "ޅިޔައަޅާލި" އޭ ބުނެފިނަމަ އެނބައިގޭ މަސްގަނޑުން ބައިބަޔަށް ކަފާލީކަން. ކޮށާލި މީހެއްނަމަ އޭނާގެ ފުރާނަ ހުންނާނެހެނެއް ހިއެއްނުވޭ. ހެޔޮގޮތުގައި ދިވެހި ބަސް ބޭނުންކުރައްވާ. އޮޅުވާ ނުލައްވާ. "އެގްޒެގްރޭޓް" ވާގޮތައް ނުލިޔުއްވާ.

The name is already taken The name is available. Register?

ރަޔާން

19 October 2020

ރަނގަޅު

The name is already taken The name is available. Register?

ޕޫބެއަރ

19 October 2020

ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މަ މިހާރު ބޭނުމީ އުމަރު ގެ ވެރިކަމެއް. މިހާރު މިއޮއް އާއިލީ ދެވެރިކަން ދެކެ ފޫހިވެއްޖެ.

The name is already taken The name is available. Register?

ޑެންޓިސްޓް

20 October 2020

މަވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454