ކުޅިވަރު / ހޯޒޭ މޮރީނިއޯ

ޔޫރޮޕާ ލީގުގެ ކުރިން މޮރީނިއޯ ކުރީ "ތިން ބޯޅައިގެ" ސުވާލުތަކެއް!

22 އޮކްޓޯބަރ 2020 - 11:21

ލަންޑަން (އޮކްޓޫބަރު 22) - މި ފަހަރު ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކީ ނޫސްވެރިންނާއި ފާޑުކިޔާ ބައެއް މީހުންނަށް ދޫކޮށްލި ސުވާލުތަކެއް ކަމަށް އޭނާ ބުނެފި އެވެ.

މޮރީނިއޯގެ އަތަށް ތިން ފުޓްބޯޅަ ނަގައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓްކުރުމަށް ފަހު އޭގެ ލިޔެފައިވަނީ ތިން ތިން ބޯޅައާ ބެހޭ ލިޔުންކޮޅެކެވެ.

"ތިން ބޯޅަ. އަހަރެމެން ކޮޅަށް ވެސްޓް ހޭމް އިން ޖެހި ތިން ގޯލު؟. އަހަރެމެން އެ މީހުން (ވެސްޓް ހޭމް) ކޮޅަށް ޖެހި މޮޅު ތިން ގޯލު؟ ނޫނީ އަހަރެން ޖީބުގައި މިހާރު ވެސް އޮތް ދެ ޔޫރޮޕާ ލީގުގެ ދެ ތަށީގެ އިތުރުން އަހަރެން ހޯދަން މަސައްކަތް މިކުރާ ތިން ވަނަ ޔޫރޮޕާ ލީގު؟" މޮރީނިއޯ ލިޔެފައިވެ އެވެ.

މޮރީނިއޯގެ މި ޕޯސްޓްގައި ލިޔެފައިވާ ފުރަތަމަ ވާހަކަ އަކީ މިދިޔަ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި ވެސްޓް ހޭމްއާ ދެކޮޅަށް ޓޮޓެންހަމް 3-3 އިން އެއްވަރުވި މެޗުގެ ވާހަކަ އެވެ. އެ މެޗުގެ ފުރަތަމަ 16 މިނިޓްގައި ޓޮޓެންހަމް އިން ތިން ގޯލު ޖަހާފައިވަނިކޮށް ވެސްޓް ހޭމް އިން އެއްވަރުކުރީ ފަހު އަށް ވަރަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. މޮރީނިއޯގެ ޕޯސްޓުގައިވާ ފަހު ވާހަކަ ޕޯޓޯ އާއި މެންޗެސްޓާ ޔުނައިޓެޑްއާ އެކު ހޯދާފައިވާ ޔޫރޮޕާ ލީގާއި މި ސީޒަނުގައި ޓޮޓެންހަމާ އެކު އެ ތަށި ހޯދަން ފައިޓްކުރާ ވާހަކަ އެވެ.

އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ އިންސްޓްރާމަށް އޭނާ ދޫކޮށްލީ ސުވާލެއް ކަމަށާއި އޭގެ ޖަވާބު ހޯދުމަކީ އޭނާ އާއި އަދި އެކަމާ ފިކުރުކުރާ މީހުން ވެސް ވިސްނަންވީ ކަމެއް ކަމަށެވެ.

އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރަކު ޓޯކްސްޕޯޓްގެ ޕޮޑްކާސްޓްގައި ބުނީ މޮރީނިއޯގެ ބޭނުމަކީ މީޑިއާގެ ޕްރެޝަރުން ޓީމު ސަމާލުކަން ހޯދުން ކަމަށާއި އަދި އިންސްޓަގްރާމްގެ އެ ޕޯސްޓަކީ ޓޮޓެންހަމް އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އޭނާ ދިން ނުސީދާ ރައްދެއް ކަމަށެވެ.

އެކަމަކު އީއެސްޕީއެންގެ ރިޕޯޓްތައް ބުނާގޮތުން އެ ފޮޓޯ އިން މޮރީނިއޯ ދޭން ބޭނުންވާ މެސެޖަކީ މި ފަހަރުގެ ޔޫރޮޕާ ލީގު ޗެމްޕިއަންކަން ހޯދަން ޓޮޓެންހަމް އިން ޗެލެންޖްކުރާނެކަން ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވެ މޮރީނިއޯގެ އެންމެ ބޮޑު ޓާގެޓެެއްގެ ގޮތުގައި އޭނާ ކަނޑައަޅާފައިވަނީ ޓޮޓެންހަމަށް ތަށި ހޯދައިދިނުމެވެ. ޓޮޓެންހަމް އަންނަނީ މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ބޮޑު ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި އެކަމަކު އެކަން ޓްރޮފީ ހަރުގަނޑުން ދައްކަން ޖެހޭ ވަގުތު ޖެހިއްޖެކަމަށް މިދިޔަ ޖެނުއަރީ މަހު މޮރީނިއޯ ވަނީ ބުނެފަ އެވެ.

ޓޮޓެންހަމް އިން އެންމެ ފަހުން ހޯދި ތަށްޓަކީ 2008 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕް އެވެ. އޭރު ޓޮޓެންހަމްގެ ކޯޗަކީ ސްޕެއިނުގެ ހުއަންޑޭ ރާމޯސް އެވެ. އޭނާގެ ކޯޗުކަމުގައި ކުޅުނު ޓޮޓެންހަމް މޮޅުވީ އަވްރަމް ގްރާންޓްގެ ޗެލްސީ އަތުންނެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454