އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެކުންފުނީގެ ބޯޑު މެމްބަރުން ބައިވެރިވަނީ--
26 އޮކްޓޯބަރ 2020 - 11:38
މިދިޔަ ކުއާޓާގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 51.18 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން މިއަދު އާއްމު ކުރި "ކުއާޓާލީ ރިޕޯޓް" ދައްކާގޮތުގައި މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 36 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 15 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެ ކުންފުންޏަށް މިދިޔަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 350 މިލިއަން ރުފިޔާ އެވެ. އަދި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިދިޔަ ކުއާޓާގައި އާމްދަނީ އާއި ސާފު ފައިދާ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އާމްދަނީ އާއި ސާފު ފައިދާ ވަނީ ދަށްވެފަ އެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 353 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 52.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ރިޕޯޓު ދައްްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އަށް 951 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 119 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެމްޓީސީސީން ވަނީ 70 ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމާއިި މަގު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ. މީގެ ތެރެއިން އެއް ޕްރޮޖެކްޓް މިހާރު ވަނީ ނިންމާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
26 October 2020
51 މިލިޔަން ރުފިޔާ ފައިދާ ވިއްޖޭ ބުނުމަކުން އަދި ވާނުވާއެއް ނޭންގޭ. ރިޓާން އޮން އިންވެސްޓްމަންޓް އެގެންޖެހޭ. 51 މިލިޔަން ފައިދާވީ ކިހާ ވަރެއްގެ އިންވެސްޓްމަންޓަކުންތޯ އެގެންޖެހޭ. ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓަކުންނަމަ 51 މިލިޔަން ރުފިޔާ މީ އެއްވެސް އެއްޗެއްނޫން.
ބަގުރޫޓް
26 October 2020
ދެން ހިއްސާ އަކަށް ބައިރުފިޔާ އެއް ބަހަން ފާސް ކުރާށެވެ.
ނަފާވާ
26 October 2020
އެއްޖީބުން އަނެއްޖީބަށް އަޅާ ފައިސާ އަށް ފައިދާ ކިޔާނެތަ؟
ސަބްސިޑީ
26 October 2020
ފައިސާގެ ދެބައިކުޅައެއްބައި އަކީ ސަބްސިޑީ. 3 ބިލިއަންގެ މަސައްކަތް ކޮށްގެން 25 މިލިއަން ފައިދާއަކީ ކޯންޗެއް. ކަރަޕްޝަން އާއި ފަސާދަ ނައްތާލާ.
މުއްސަނދިވިގޮތަކީ
26 October 2020
އެމްޓީސީސީގެ ފައިދާ އިތުރު ކުރުމަށް ޓަކައި ހަދަން ޖެހޭ ގޮތަކީ އެއީ ސަރުކާރުން ހުޅުމާލޭގައި ކޮންޓްރެކްޓަރ ފައިނޭންްސް އުސޫލުން އިމާރާތް ކުރާ ހުރިހާ ފްލެޓްސް ތަކާއި އަދި ސަރުކާރުގެ ސްކޫލް ތަކާއި ރާއްޖެތެރޭގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތް ކުރާ ހޮސްޕިޓާ ތައް ވެސް ދޭންވީ އެމްޓީސީސީ އަށް ދެން އެމްޓީސީސީ އަށް ބީއެމްއެލް އިން ލޯން ދޭނީ ބީއެމްއެލް އަށް ސޮވެރިންގް ގެރެންޓީ ދޭނީ ސަރުކާރުން މީއޭ ޗައިނާގެ ސްޓޭޓް އޯންޑް ކޮމްޕެނީސް ތައް