އާބަން ގާޑެނިން ޕްރޮގްރާމް ކުރިއަށްގެންދަން ފިޝަރީޒް މިނިސްޓްރީ އާއި އައިލެންޑާސް އެޑިއުކޭޝަނުން ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
28 އޮކްޓޯބަރ 2020 - 10:56
އާބަން ގާޑެނިން ޕްރޮގްރާމް ކުރިއަށްގެންދަން ފިޝަރީޒް މިނިސްޓްރީ އާއި އައިލެންޑާސް އެޑިއުކޭޝަނުން އިއްޔެ ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި އެއްބަސްވުމުން، ކާނާގެ ޔަގީންކަން ކަށަވަރުކުރަން އާބަން ގާޑެނިން މޮޑެލްއެއް ތައާރަފުކުރާނެ އެވެ. އޭގެ ދަށުން ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލު ޓެރަސްގެ 1،094 އަކަފޫޓުގެ ސަރަހައްދެއްގައި މިނިސްޓްރީގެ ފަންނީ ލަފަ އާއި އިރުޝާދުގެ ދަށުން އާބަން ގާޑެނިން މޮޑެލްއެއް ތައްޔާރުކުރަން ވަނީ ހަމަޖެހިފަ އެވެ.
އެންމެ އެކަށީގެންވާ ގޮތުގައި ކުދި ޖާގަތަކުގެ ބޭނުން ހިފޭނެހެން ބައްޓަންކުރާ މި މޮޑެލްގައި ގަސް ހައްދަން، ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސް ބޭނުން ނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ބަދަލުގައި ގަސް ކާނާގެ ގޮތުގައި ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓުގެ ބާވަތްތަކެވެ. ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި އެ ތަކެތި ބޭނުންކުރުން ވެސް މި ޕްރޮގްރާމުގައި ހިމަނާފައިވެ އެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދާނީ އައިލެންޑާސް އެޑިއުކޭޝަނުން ކުރިއަށްގެންދާ "ވަން އާތު އެކަޑަމީ" އާ ގުޅުވާލައިގެންނެވެ.
އެ ކުންފުނިން ބުނީ ދިވެހިން އާއްމުކޮށް ކާން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތަކަކީ އަމިއްލައަށް އުފެއްދޭނެ ތަކެއްޗެވެ. އެހެންވެ މާލެ ފަދަ ޖާގައިގެ ގޮތުން ދަތި ތަންތަނުގައި ގޭގެ ޓެރަސް ނުވަތަ ބެލްކަނީގައި ވެސް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއްކަން އަމަލީގޮތުން ދައްކުވައިދިނުމަކީ އެއް ބޭނުން ކަމަށް ބުންޏެވެ.
"އާބަން ގާޑަނިންގެ މި ޕްރޮގްރާމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރެވޭނެ ގޮތުގެ މައުލޫމާތާއި މިކަމުގައި ހުރި ސިއްހީ އަދި އިޖުތިމާއީ ފައިދާތައް އާއްމުންނަށް އަންގައިދިނުން ހިމެނޭ،" އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ.
އެފަދަ ބާވަތްތައް ހައްދައި އާލާކުރާނެ ގޮތްތައް ދަސްކޮށްދީ އަދި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނާއި މުވައްޒަފުންނަށް ދިނުމާއި އެހެން ސްކޫލުތަކަށާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވީހާ ވެސް ގިނަ ބަޔަކަށް އެކަން ތައާރަފުކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންތުރަ އެއް
28 October 2020
ފުރަތަމަ ރިޒޯޓް ހަދަން ފަޅުރަށެއް ދިނީ 10 އަހަރަށެވެ. ދެން 21 އަހަރަށެވެ. ދެން 35 އަހަރަށެވެ. ދެން 50 އަހަރަށެވެ.މިހާރު 99 އަހަރަށެވެ.އަދި ކޮބާ 99 އަހަރު ފަހުން ވެސް ރިޒޯޓް ދައުލަތަށް ލިބެނީ ބަދަލު ދީފައެވެ. އެކަމަކު ދަޑުވެރިކަން ކުރަން ފަޅުރަށެއް ދެނީ 21 އަހަރަށެވެ. އެހާމެ ބޮޑު އަގުގައެވެ. އެހާމެ ބޮޑު އިންވެސްޓެއް ކުރަންޖެހޭ ގޮތަށެވެ.ބަދަލެއް ވެސް ނުދެއެވެ.
ހަކީމް
28 October 2020
މުހިންމު ކަމެއް ... ސަރުކާރު ސްކޫލު ތަކުވެސް މިކަހަލަ ޕްރޮގްރާމްތަށް ހިންގުން ވަރަށް މުހިންމު. ދެރައީ މާލޭގެ ކުދިކުދި ތަންތަން ކޮޅުގައި އުޅޭ މީހުންނަށް އޮޕްޝަނެއް ނެތީމަ ...
ބޭބީ މިނިސްޓަރ
28 October 2020
މިއީ ނޯކޮންފިޑެސް ނަގަން ޖެހޭ މިނިސްޓަރެކެވެ. ފުކެއް ވެސް ކުރި ނާރަާ މިނިސްޓްރީ އެކެވެ. ދެމެހެއްޓެނިވި ރަގަޅު ޕްލޭނެއް ކުރެވިފައި ނުވާ މިނިސްޓްރީ އެވެ. ދަނޑުވެރި ކަމާއި މަސްވެރިކަންވކުރިއަރުވަސް ބޯދާ ވިސްމުން ގެންގުޅޭ ބަޔަކު ތިބި ތަނެކެވެ. ޚައްސަކޮށް ދަނޑުވެރި ކަމެވެ.
ކަމަނަމަނަ
28 October 2020
ފަޅުރަށް ރަށައި ބެހޭ ކުރީގެ ޤަވާއިދު އުވާލާފައި އަލަށް ޒަހާ ވަހީދު ހެއްދެވި ޤަވާއިދަކީ ބޮޑު ޖޯކެކެވެ. ހަވާފައިވާ ހަޑި އެކެވެ.ކުރިން އޮތް ޤަވާދަށް ވުރެވެސް ދަށު ދަރަޖާގެ ޤަވާއިދެކެވެ. ކުރިން އޮތް ޤަވާއިދު ގެ ދަށުން ފަޅު ރަށެއް ކުއްޔަށް ހިފާ މީހުނަށް ލިބޭ އުނި ކޮށް އުދަގޫ ކޮށްފައި އެ ޤަވާއުދުގެ ދަށުން ސަރުކާރަށް ލިބޭ އެއްވެސް ފީއެއް ބާރެއް ބާރު ފޯރުވުމެއް ދޫކޮށް ނުލާ އޮތް ޤަވާ އިދެކެވެ.
ކުބުރުދޫ އުދަ އަރާ ފަޅި
28 October 2020
ތެދެކެވެ. ކުރީގެ ޤަވާއިދުގައި ކުއްޔަށް ދޭ ފަޅު ރަށުގެ ވަށާ 700 މީޓަރ މޫދު ވެސް އިޚްތިސާސްގައި މިހެނެއެވެ.ކުރިން ވަރުވާ އަށް ދޭ ފަޅުރަށުގެ މުއްދަތަކީ 10 އަހަރެވެ. މިހާރު 5 އަހަރެވެ.ރަށުގައި ދަނޑުވެރި ކަންވެސް ކުރެވެނީ ރުއް ގަސް ނުކަޑާ އެވެ.ކުރިން 21 އަހަރަށް ކުއްޔަށް ދޭ ރަށެއްގެ ގާތުގައި ހުންނަ (އެއް މެނޭޖްމަންޓެއްގެ ދަށުން ނޫނީ ނުހިންގޭ ވަރުގެ ގާތުގައި ހުންނަ) ކުދި ކުދި ރަށް ރަށް މައި ރަށުގެ ބައެއްގެ ގޮތުގާ ދެވެއެވެ.މިހާރު އެ މާއްދާ ނެތެވެ.