ބީއެމްއެލުން އއ. އުކުޅަހުގައި ހުޅުވި ސެލްފް ސާވިސް ސެންޓަރު-- ފޮޓޯ: ބީއެމްއެލް
29 އޮކްޓޯބަރ 2020 - 14:18
ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް އއ. އުކުޅަހުގައި ހުޅުވައިފި އެވެ.
ބީއެމްއެލުން އަތޮޅުތެރޭގައި ކުރަމުން އަންނަ އިންވެސްޓްމަންޓް ފުޅާކުރުމަށާއި މުޖުތަމައަށް އެހީވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި މި ސެންޓަރާއެކު އއ. އަތޮޅުގެ ތިން ރަށަކުން މިހާރު ބޭންކުގެ ހިދުމަތް ލިބޭނެ އެވެ.
ބީއެމްއެލުން ވަނީ މިހަފުތާ ތެރޭގައި އެ އޮތޮޅުގެ ތޮއްޑޫގައި ވެސް ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިިފަ އެވެ.
އުކުޅަހުގައި ހުޅުވި މި ސެންޓަރު މެދުވެރިކޮށް، ވިޔަފާރިވެރިންނަށާއި އާއްމު ފަރުދުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމާއި ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
ބޭންކުން ބުނީ މި ސެންޓަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ބޭންކިން ހިދުމަތް ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗުތަކަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ބީއެމްއެލުން ވަނީ ދާދި ފަހުން ނ. ކެނދިކުޅުދޫ އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
29 October 2020
މަރުހަބާ އުކުޅަހުގެ ރައްޔަތުން.އިންޑީޑް އަ ވެރީ ޔޫޒްފުލް ސާވިސް.