އައިފޯން 12: ދިރާގުން ވެސް ޕްރީއޯޑާ ހުޅުވާލަނީ މިރޭ 12:00ގައި--
29 އޮކްޓޯބަރ 2020 - 23:46
ދިރާގުން އައިފޯނު 12 އަދި އައިފޯނު 12 އަށް ޕްރޯ ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިރޭ ހުޅުވައިލާނެ އެވެ. މި ފުރުސަތު ދިރާގުން ހުޅުވައިލާނީ މިރޭ 12:00 އިން ފެށިގެންނެވެ. އެ ކުންފުނީގެ ވެބްސައިޓް www.dhiraagu.com.mv މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ އެވެ.
ދިރާގުން ބުނިގޮތުގައި ފޯނުތަކުގެ އަގުތައް އެނގޭނީ މިރޭ ޕްރީއޯޑާ ފެށުމުންނެވެ.
އެޕަލް އިން ވަނީ މި މަހުގެ 13 ގައި އައިފޯނު 12ގެ ހަތަރު މޮޑެލެއްް ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި އައިފޯނު 12 އާއި އައިފޯނު 12 މިނީ އާއި އައިފޯނު 12 ޕްރޯ އަދި އަދި އައިފޯނު 12 ޕްރޯ މެކްސް ހިމެނެ އެވެ. ނަމަވެސް އުރީދޫން ޕްރީއޯޑަރަށް ހުޅުވާލައިފައިވަނީ އައިފޯނު 12 އާއި 12 ޕްރޯ އެވެ.
ދިރާގުން ކޮންމެ އަހަރަކު ވެސް އެންމެ ފަހުގެ އައިފޯނުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެޕަލްއާ ގުޅިގެން ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވައިލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
30 October 2020
ފައިސާވެރިން ގަންނާނެ.
1828
30 October 2020
"ދިރާގުން ބުނިގޮތުގައި ފޯނުތަކުގެ އަގުތައް އެނގޭނީ މިރޭ ޕްރީއޯޑާ ފެށުމުންނެވެ." މިހިރީ ދައްކާ ވާހަކަ. އެކަމަކު އެޕަލްއިންވަނީ އައިފޯން 12 ގެ ހުރިހާ މޮޑެލްއެއްގެ އަގު ހިއްސާކޮށްފައި. 23000ރ އިން މިއަތުން ދިރާގު އަދި އުރީދޫއިންވެސް ނުވިއްކާނެ.
ގޯނިކުޑޭ
30 October 2020
ހެދުން ވިއްކާ ފިހާރަތަކުން ތައިލޭންޑުން 100 ބާތައް ލިބެން ހުންނަ ހެދުން ގެނެސް ރާއްޖޭގަ އެ ވިއްކަނީ 200 ރުފިޔާއަށް. އެއްވެަް ބަޔަކު އެްްޗެްް އިންޕޯޓު ކުރާ އަގަކަށް ނުވިއްކާނެ ދޯ؟ ވިޔަފާރި ކުންފުނި ތަކަކީ ހައިރާތު ޖަމިއްޔާތަކެއް ނޫން.
މޫސަ123
30 October 2020
އެއީކީ މައްސަލައެއްނޫން ކޮންމެހެން ނުފޯރާ ފޮތީން ފޫގަޅާކަށް ނުޖެހޭ ސައިޒުގަ ތިއްބަވާ..
1828
29 October 2020
ހަމަ ދާދި ދެންމެއަކު https://mihaaru.com/business/82275
ް1828
29 October 2020
ތިޔައީ ރައްޔިތުންނަށް 500ރ އަށް ސިމް ވިއްކި މީހުން. ތިމީހުންނަކަށް އަހަރެންގެ ހިތް ހަލާސެއް ދުވަހަކުވެސް ނުވާނެ.
ޝާފީ1
30 October 2020
ކަލޭމެން ހިތްހަލާސްވާނެ ރޯދަ އަށް އަގުބޮޑުކޮށް ފިޔާ ވި އްކާ ގުރޫޕަށް، އަހަރެމެން މި އަދު ޓެކުނޮލޮޖީ އިން މިހިސާބަށް އަ އީ ދިރާގާ ހެދި، 500 އަށް ވި އްކީ އޭރުގެ ވިޔަފާރީގެ ހާލަތާ ގުޅިގެން، މި އީ ވިޔަފާރީގަ އި ކީ އްވެ ހިނގާކަމެ އްކަން ބަލަން ދިރާގު އިންޓަނެޓް ބޭނުން ކުރަ އްވާ!! ކޮމެންޓް ސްޕޮންސަރޑް ބަ އި: ދިރާގު