ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: ކޮމިޓީގެ ނިންމުމަކަށް ވީ ޕީޖީގެ ނިންމެވުން މުރާޖައާކުރަން ޖެހޭ ކަމަށް.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ނޮވެމްބަރ 2020 - 13:56
ކޮވިޑް-19ގެ ފަރުވާ އަށް 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލުކުރި މައްސަލައިގައި ދައުވާނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުން ރިވިއުކުރަން އެދެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދުނު މައްސަލަ ޕީޖީ އަނބުރާ ފޮނުވާލެއްވީ އެކަށީގެންވާ ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެ އެވެ. އެކަމަކު، ވެންޓިލޭޓަރު ހޯދުމުގައި ތުހުމަތުކުރި މީހުން މަގާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ގެއްލުންވި ކަމުގެ އެކަށީގެންވާ ހެކި ހުށަހެޅި ކަަމަށް ބުނެ އޭސީސީން ވެސް އޮތީ މައްސަލަ ރިވިއުކޮށްދޭން ޕީޖީ އޮފީހުގައި އެދިފަ އެވެ.
ވެންޓިލޭޓަރު މައްސަލައިގައި ޖުޑިޝަރީ ކޮމިޓީން މިދިޔަ ބުރާސްފަތިދުވަހު ގޮތެއް ނިންމީ، އެ މައްސަލައިގައި ދައުވާކުރުމާ މެދު އޭސީސީ އާއި ޕީޖީއާ ދެމެދު އުފެދުނު ޚިލާފު ބަލައިދޭން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާތީ އެވެ.
ކޮމިޓީން މި މައްސަލަ ބަލައި އެކުލަވާލި ރިޕޯޓުގައި، ފަސް ކަމެއް ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ބުނީ އެގްޒެކިއުޓާސް މެދުވެރިކޮށް ވެންޓިލޭޓަރު ގަތުމުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދާފައިވާ ކަން ތަހުގީގު ރިޕޯޓުން އެނގެން އޮތް ކަމަށެވެ. އަދި ހެލްތު މިނިސްޓްރީން އަމަލުކޮށްފައި ވަނީ ދައުލަތުފެ ފައިސާއަށް ރައްކާތެރުވުމަށް އޮންނަ ގޮތްތައް އިޚްތިޔާރުކުރުމަށް ވުރެން ބޮޑަށް، ރައްކާތެރި ނުވެވޭނެ ގޮތްތަކަށް ކަން ފާހަގަވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މާލިއްޔަތު ގަވާއިދުގެ މަގްސަދަކީ، ދައުލަތުގެ ފައިސާ އަށް ރައްކާތެރިވުން ކަމަށްވާ އިރު، އެ މަގްސަދު ގެއްލޭ ގޮތަށް އެ ގަވާއިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމަށް އޭސީސީން ބުނާ ބުނުމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ބާރުދީފައިވެ އެވެ.
ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގަކީ ފުލުހުންނާއި އޭސީސީގެ ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ވާ އިރު މި ތަހުގީގުގައި ފުލުހުން ބައިވެރިވި މިންވަރު ސާފުވާން ނެތް ކަމަށާއި ޕީޖީ އާއި އޭސީސީގެ ޚިލާފުތަކެއް ހުއްޓަސް މައްސަލައިގައި ނިންމާފައިވާ ނިންމުން ދިރާސާކުރުމުގެ ފުރުސަތު އޮތް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޖުޑިޝަރީން ކޮމިޓީން ނިންމީ، ކަމާގުޅޭ ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ޕްރޮސިކިއުޓަ ޖެނަރަލް ހޯއްދެވުމަށާއި މައްސަލަ އަލުން މުރާޖައާކުރަން ލަފާ އެރުވުމަށެވެ. އަދި މައްސަލަ އަލުން މުރާޖައާކުރުމާ މެދު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމަވާ ގޮތް ކޮމިޓީއަށް އެންގުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ދެންނެވުމަށެވެ.
ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.
އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދިނުން ހިމެނެ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ. އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ.
އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
01 November 2020
" ވެނިޓީލޭޓަރަކީ " ކޯލިޝަންއިން މިސަރުކާރުގައި ޖެއްސި ކުޑަ ލައްގަޑެއްނޫން.
ބޮޑު މަންޒަރުު
01 November 2020
ބޮޑުވަޒީރު ބޭނުންވާ ގޮތަށް މަޖިލީހުން ހުރިހާ މިނިސްޓްރީއެއް ހިންގީމަ ރަނގަޅުވާނެ. ކުރީގެ މިނިސްޓަރ އަމީން ހުރީމަ އެ މިނިސްޓްރީ މަސައްކަތުގެ ތެރެއަށް އަތް ނުބޭނޭތީ ކެރަފާ އާއިލާ މީހަކަށް ބައި އެޅީ. އެއީ އަސްލުވީގޮތަކީ.
ފަހުދު
01 November 2020
ހެއްކެއް ގަރީނާއެއް ނެތް އިރުވެސް މަޖިލީހުން ބޭނުން މީހަކަށް ސިޔާސީ ދައުވާ ކުރަން ބޭނުމިއްޔާ ޕީޖީ ޝަމީމް ދޫކޮށްލާފައި އިމްތިޔާޒު ފަހުމީ ތި މައްސަލަ ހިފައިގެން ކޯޓަށް ދާންވީނު. މާ މޮޅު ވަކީލުން ކަމަށް ހެދިގެން ތިއްބަސް ތަނެއް ދޮރެއް އެނގެނީކީ ނޫން އަމިއްލަ ބޮލުން ވިސްނަން އެނގެނީކީ ނޫން ނަޝީދު ބުނީމަ ބުނިގޮތެއް
ބައިރޯ
01 November 2020
އެޔާ، މިޔާ ކިއަނީ
ގަމާރުން
01 November 2020
ތިޔަ ކޮމިޝަނުގައި އެބަތިބިތަ ޕީޖީ ނިންމުން ރިވިއު ކުރަން އެންގޭނެ ވަރުގެ ފަންނީ އަދި އިލްމީ ގާބިލުކަމެއް ހުރި ބަޔަކު؟ މިހާރުވެސް އެ ދައްކަނީ މާލިއްޔަތު ގަވާއިދުގެ ވާހަކަ. އެކަމަކު އެޓަރނީގެ ޖެނަރަލް ލަފާދިން ސިޓީގައި އެބައޮތް އެއީ މާލިއްޔަތު ގަވައިދަށް އަމަލު ކުރުން އިސްތިސްނާވާ ހާލަތެކޭ. މުޅި ގައުމު އޮތީ އެކަން ކަން ކުރެވޭ ވަރަށް ވުރެ އެމަޖެންސީ ހާލަތެއްގައޭ. ދެން؟ ކޮސްގޮވާބަލަ.
ހަކީމް
01 November 2020
ދެން ކޮންމެހެން ރައްޔިތުން ލޮލުގައި އަނދުން އަަޅުވަން މަޖިލީހުން ޑްރާމާ ކުޅޭނެ ކަމެއް ނެތް. ނަޝީދު ބޭނުންވި މީހާއަށް ހެލްތު މިނިސްޓަރުކަން ހޯދައި ދެވިއްޖެ. ރައްޔިތުންނަށް ލިބުނު މޮޅެއް ނެތް. އަމީން މަގާމުގައި ހުރި ނަމަ ދިވެހި ރައްޔިތުން އިސްކުރާނެ.
ހުތުރު އީވާ
01 November 2020
މިހާރު ކަށަވަރުވެ ޔަގީންވާ ކަމަކީ ޝިފާގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން މަގާމު ގެއްލިފައި ތިއްްބާ އަމީންގެ މައްޗަށް ނުހައްގުން ދައުވާ ކުރަން ފޮނުވައިގެން އޭސީސީ މެންބަރުންގެ މަގާމު ދިފާއު ކުރެވިއްޖެކަން. އަޅުގަނޑުމެން ހީކުރީ ޔާމީންއާ އެކީ މައްސަލަ އުފަންކޮށް ހެކި އުފަންކޮށް ދައުވާ ކުރުން ނިމިއްޖެ ކަމަށް. އެކަމަކު ޑިމޮކްރަސީ ތާކިހާ އަޅައިގެން ތިބެ ހުރިހާ މީހުންވެސް މި ކުރަނީ އެއް ކަަމެއް.
ފެނޭތޭތޭތޭ
01 November 2020
ކޮބާ ޒީރޯ ޓޮލެރެންސޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...
ހިންދުކޮޅު
01 November 2020
މިހާރު ކޮންތާކުމިޖެހުނީ މިނިވަންމުއައްސަސާއައް މިހާރަކު ނުފޫޒެއް ނުފޯރުވަމޯ ކޮންތާކުމިޖެހުނީ