ސިނަމޮން ރިސޯޓު-- ފޮޓޯ: ސިނަމޮން ހިޓެލް
04 ނޮވެމްބަރ 2020 - 19:46
ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން އާންމު ކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ރިސޯޓުތަކާއި ގެސްޓު ހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން މިއަދު ދީފި އެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ ވަކި އުސޫލަކަށް އަމަލުކުރާ ގޮތަށް ރިސޯޓުތައް ހުޅުވީ މިދިޔަ ޖުލައި މަހު އެވެ. ލޯކަލް ޓޫރިޒަމަށް ގެސްޓު ހައުސްތައް ހުޅުވީ މިދިޔަ މަހު އެވެ. މިޗތަންތަން ހުޅުވާފައި ވަނީ އުސޫލާ އެއްގޮތަށް ކަންކަން އިންތިޒާމު ކޮށްފައިވޭތޯ ބެލުމަށް ފަހު، ގަވާއިދަށް ހުރި ރިސޯޓުތައް ވަކި ހުއްދައެއްގެ ދަށުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އެ ތަންތަނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ވަކި ހާއްސަ އުސޫލަކަށް އަމަލުކުރަން އަންގައި ހުޅުވަން ހުއްދަ ދިނުމުން ގިނަ ތަންތަނުން އަމަލުކުރަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ބައެއް ތަންތަނުން އުސޫލާ ހިލާފުވާކަން ފާހަގަވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، އެޗްޕީއޭ އިން ގަވައިދުތައް ހަދާފައި ވަނީ ޓޫރިސްޓުންނާއި މުވައްޒަފުންގެ ވެސް ރައްކާތެރިކަމަށްޓަކަ އެވެ. އެހެންވެ، އޭގެ މުހިންމުކަން އެ މިނިސްޓްރީގެ ސާކިއުލާގައި ހަނދާން ކޮށްދިނެވެ. ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އެޗްޕީއޭގެ އުސޫލާ ހިލާފުވާކަން ދެން ފާހަގަ ކުރެވޭ ނަމަ މި ހާލަތުގައި އެތަނެއް ހުޅުވަން ދީފައިވާ ހުއްދަ ވަކި މުއްދަތެއް ނެތް ގޮތަށް ބާތިލު ކުރާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން ދިނެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ދ. ކަނޑިންމަ ރިސޯޓުގައި ކޮވިޑް-19 ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ރިސޯޓުގެ މުވައްޒަފަކަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި އިރު އެ މީހާ ކޮވިޑަށް ޕޮޒިޓިވްވުމުން ބެލި ބެލުމުން މިހާތަނަށް އެ ރިސޯޓުން 46 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އެ ކޭސްގައި ރިސޯޓު މެނޭޖްމަންޓުގެ އިހުމާލު އޮތް ކަމުގެ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ބަލާކަން އެޗްޕީއޭއިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާފުށީ ރައްޔިތެއް
05 November 2020
އެހެން ކަމަށްވާނަމަ މާފުށީ ހުރިހާ ގެސްޓް ހައުސް ތައް ޖެހޭނީ ބަންދު ކުރަން... މާފުށީގަ މާސްކު އެޅުން މަޖުބޫރީ އާންމު ރައްޔިތުން... ފަތުރުވެރިން ނުޖެހޭ މާސްކު އަޅާކަށް.....
ހަސަނު
05 November 2020
ކަޑިންމަ ބަންދު ކުރޭ..
ސަންޖޭ
05 November 2020
އެހެންތަ؟ ނުވާނެ އެއްކަ މެއް ވެސް. އިނގިރޭސި ހަރުބަހެއްގައި އޮންނާނެ " ބާކިން ޑޯގްސެލްޑަ މް ބައިޓް"
ރާއްޖެ
05 November 2020
ކޮބާ ކުރެއްދޫގެ މައްސަލަ.؟ ތި ކަހަލަ އަޑުތައް މި ވަނީ ޖަމަލު ފޮޑިއަށް.
އިޔެ3
05 November 2020
ގަވާއިދާއި ހިލާފުވުމުން ފުރަތަމަ ފަހަރުވެސް ޖޫރިމަނާ ކުރަންޖެހޭ. ޖޫރިމާނަކުރުމުން ލިބޭ ފައިސާއަކީ ވާރުތަމުދަލެއްް ނޫން. އަހަރެމެންގެ ފައިސާ. ޖޫރިމަނާކޮށް ފައިސާ އަތުލާ. އޭގެން ވެންޓިލޭޓަރެއް ގަނެވޭނެ.
ޙުސޭނު އަސަދު
05 November 2020
މިހަރުން މިހާރަށް ކަޑިންމައިގެ މައްސަލަ ބަލާ އިހުމާލުވާ ފާރާތްތަކަށް އެންމެ ޖަރުކަށި ފިޔަވަޅި އަޅަން ގޮވާލަން. އެއީ ކޮންމެ މީހަކު ކަމަކު. މިމީހުންނާހެދި މުޅިގައުމު ހަލާކު.
ާހަސަންބެ
04 November 2020
ރިސޯޓްތަކަކީ އެއްދުވަހަކުވެސް ޤާނޫނާއި ޤަވާއިދާ އުސޫލުތަކާއި އެއްގޮތަށް ހިންގާ ތަންތަންކަން ދެނެހުރީ ކާކުތޯ.؟ އަބަދުވެސް ހިންގާނީ ހިންގާނެ ގޮތަކަށް. ތިބުނާ އިސޫލުތަކާއި އެއްޗެއްޗެއްވެސް އޮންނާނީ އޮތްތަނެއްގާ. ޜީތިކޮށްލަން ނެރެވޭނީ ނޫސްބަޔާނެއް ކަހަލައެއްޗެއް. ޙަމަދާނި އެއްމަގަކުން. ކޮރޮޕްޓް ތަންތަނުގައި ޤާނުނާއި ގަވާއިދާއި އެއްޗެހި ދުވާނީ ނިކަމެތި އާދައިގެ ރައްޔިތުންގެ ފަހަތުން ހަންމުށީގެ ސިފައިގާ. އެއްކަލަ ރަށްތައް ވެސް އެހިންގަނީ ނޫންތޯ؟
ފޯމަރއެކުޓިވިސްޓު
04 November 2020
އެކަމަކު ދިވެހިންނަށް ވަޒީފާ ނުދިނަސް އޯކޭ ދޯ ، ދިވެހިންނަށް ވަޒީފާ ނުދިނަސް އަޅާނުލަނީ ހަމަ އެކަން ކުރަން ބޭނުން ނުވާއްޗޭތަ ތިޔަބުނަނީ ، އެމްޑީޕީ އެކްޓިވިސްޓުން ބުނާނެ ތޯއްޗެ ޔާމީނުވެސް އަޅައެއް ނުލިޔޭ ، މިވަރު ގަޅިން އުޅޭ ގައުމަކު މިހާރު ވާވަރުވެސް ވާކަން ރަނގަޅޭނުން.
މޫސަ123
05 November 2020
ދިވެހީން އުޅެންޖެހޭނީ ބޭރު މީހުންގެ ދަށުގަ މީ ހުރިހާރިސޯޓެއްގެ ހާލަތު ބޭރުމީހުނަށްވުރެ މުސާރަވެސް ކުޑަވާނެ
ދޭސީ
04 November 2020
ނޫނޭ ވާ ކުޅަދާނަ. ރިޒޯޓެއްގެ އިހުމާލުން މުވައްޒަފެއް މަރުވީމަ ބޮޑުވަރަކަށް ކޮށްލަން ކެރުނު ކަމަކީ ފިޔަވަޅު އަޅާނެ ކަމުގެ އާއްމު އިއުލާނެއް ކޮށްލުން. ޑޮލަރު ބޭނުންވިޔަސް ބޮޑުވަރު
ޒަރީރޫ
05 November 2020
މިހާރު އެގޮތަށް ނިންމާ ސިއްކަޖެހީތަ!؟ ތިހެންބުނުމަކުން ތީއަދި އެއްވެސް ބުރަދަނެއްހުރި ނިންމުމަކަށް ނުވާނެ.
ހަސަނު
04 November 2020
ބޭކާރު ހާސަރު.. ފުރަތަމަ ކަނޑިންމަ އަށްހަރުކަށި ފިޔަވަޅު އަޅާ.. އޭގެ ފަހުން ފޮނި ވާހަކަ ދައްކާނީ.. ކަނޑިންމައަށް ފިޔަވަޅު ނޭޅުމަކީވެސް އަނިޔާްެއް...