05 ނޮވެމްބަރ 2020 - 15:12
މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު އަމަލު ކުރާނެ ގޮތުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވަލައި މިއަދު އިފުތިތާހު ކޮށްފި އެވެ.
އިމިގްރޭޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. އިމިގްރޭޝަނުން އާ ސްޓެރެޓިޖިކް އެކަޝްން ޕްލޭނެއް އެކުލަވާލާފައިވާއިރު އެންމެ ފަހުން މިފަދަ ޕްލޭނެއް ތައްޔާރު ކޮށްފައި ވަނީ 2008 ގަ އެވެ.
އިިމިގްރޭޝަނން ބުނިގޮތުގައި އާ އެކްޝަން ޕްލޭނަކީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި ސަރުކާރުގެ ވައުދުތަކާ އެއްގޮތްވާ ގޮތަށް އެކުލަވާލައިފައިވާ ޕްލޭނެކެވެ. އެ އިދާރާ އިން ބުނީ އެ ޕްލޭނުގެ މަގްސަދަކީ ދުރުރާސްތާގެ އަމާޒަކަށް ވާސިލުވުމަށް އިމިގްރޭޝަނުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ޕްލޭނަކާ އެއްގޮތަށް މަސައްކަތްތައް ތަންފީޒު ކުރުން ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، އެ ޕްލޭންގައި މައިގަނޑު ހަތަރު ދާއިރާ އަކަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ. އެއީ އިމިގްރޭޝަންގެ ހިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން، އިމިގްރޭޝަން އޮފިސަރުންނަށް ތަމްރީން ޕްރޮގްރާމްތަކާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުން، އަދި ވަޔާއި ކަނޑުގެ މަގުން ރާއްޖެ އަންނަ އަދި ރާއްޖެ އިން ފުރާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށާއި ރާއްޖޭގެ މައިގްރޭޝަން ނިޒާމު އިތުރަށް ތަރައްޤީގީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާނެ އަމާޒުތައް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާއިން ބުނިގޮތުގައި އިމިގްރޭޝަނުން ކުރާ މަސައްކަތްތަކަކީ ކުރިއާލައި ރާވައި ވަކި އިންތިޒާމެއްގެ ދަށުން ކުރާ ކަންކަމަށް ވުމުން އިދާރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ahmed
06 November 2020
ބޯރޑާ މައިލް ފުރަތަ، ކިޔާގެން ތިޔަހެން ހަވާ އެރުން އެއްފަހަރު
Ahmed Shujau
06 November 2020
ފޫގޮއްސަ ތިއެއްޗެއް އޮންނާނީ ބަންގްލަދޭޝްއާ ޖެހުނީމާ
ހުސްތުރާ
05 November 2020
މެގަ ޕްރޮޖެކްޓެއް އެ ނިންމާލީ.. ކޮންމެ ޕްލޭނެއް ނެރުނަސް ބަންގާޅިން ބުނަނީ އެމީހުން ބޭނުން އެއްޗެއް މި ޤައުމު ހަދާނެކަމަށް.. ދިވެހިރާއްޖޭގެ އިމިގްރޭޝަން ފެއިލްވެފަވާކަމަށް ޚުދު ބަންގާޅިންވެސް ފަޚުރުވެރިވެލާފަ ބުނަމުންދަނީ..
މޫސަ123
05 November 2020
ރަތްޔިތުން ލޮލައްނުފެންނަ ވަރަށްގިނަ ޕްލޭންތައް އެބަހެދޭ ގަވައިދާޚިލާފަށް އުޅޭ ބިދޭސިން ނަކީ އިމިގްރޭސަންގެ ވެރީން ބައިވެރިވާ ވަގުފާރިޔެކޭވެސް މީހުން އެބަކިޔާ މަށަކަށް ނޭގެ ހަގީގަތެއް.
Ali Gasim
05 November 2020
ފޫގޮއްސަ ތިއެއްޗެއް އޮންނާނީ ބަންގްލަދޭޝްއާ ޖެހުނީމާ
ބޮޑުވަޒީރު
05 November 2020
ގައުމުގައި ބޮޮންދުންނަށް އިތުރު ފުރުސަތު ދޭނެ ގޮތްތަށް ދޯ ؟
Ahmed Ismail
05 November 2020
27/9/2020 ތައާރަފް ކުރި ކަންތައް ކިހިނެއް ބާ ކުރިއަަށް ދަނީ
ާަާާއިބޫ
05 November 2020
މުޅި ގައުމުގަ ބުރޯ ދޯ؟
Ahmed Shujau
05 November 2020
އަރިސް ކުދިންނަށް ހަމަ ސާބަސް ، މިއީ ކޮން ޕާޓީ މީހެއްބާ؟
ahmed
05 November 2020
ބޯރޑާ މައިލް ފުރަތަ، ކިޔާގެން ތިޔަހެން ހަވާ އެރުން އެއްފަހަރު