މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ވަރުގަދަ އެކްޝަން ހީރޯ ޓައިގާ ޝްރޮފް ސޮއިކުރި، ޑައިރެކްޓަރު ވިކާސްގެ ބާލްގެ އާ ފިލްމު "ގަންޕަތު" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.

އެއިން ފެންނަ ގޮތުގައި މި ފިލްމު ދާނީ ވަރަށް ސްޓައިލިޝް އެކްޝަން ފިލްމަކަށެވެ. "ގަންޕަތު" އަކީ ވިކާސްއާ އެކު ޓައިގާ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އޭނާ އެންމެ ފަހުން ގެނެސްދިނީ މިދިޔަ އަހަރު ރިތިކް ރޯޝަން ކުޅުނު "ސުޕަ 30" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ގަންޕަތުގައި" ޓައިގާ ކުޅޭނީ ވަރަށް ވަރުގަދަ ބޮކްސިންތެޅުންތެރިއެއްގެ ރޯލެވެ. އަދި އޭނާގެ ކެރެކްޓާނެ ނަމަކީ ގަންޕަތެވެ. ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ. އަދި ސިނަމާތަކަށް ގެންނާނީ 2022 ގަ އެވެ.

"ގަންޕަތު" ގެ ޕޯސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޓައިގާ ވަނީ މިއީ އޭނާގެ ކެރިއަރުގެ ވަރަށް ވެސް ހާއްސަ ފިލްމަކަށް ވާނެ ކަމަށް ބުނެފަ އެވެ. ޓައިގާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހީރޯޕަންތީ 2" އާއި "ރާމްބޯ" އާއި "ބާގީ 4" ހިމެނެ އެވެ.

"ގަންޕަތު" ގެ ޕްރޮޑިއުސަރުންނަކީ މި އަހަރުގެ ކުރީކޮޅު ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" ގެނެސްދިން ޕޫޖާ އެންޓަޓައިންމަންޓްގެ ވާޝޫ ބަގްނާނީ އާއި އޭނާގެ ދަރިފުޅު ޖެކީ ބަގްނާނީ އެވެ.

"ނިކައްމާ" ގެ ޝޫޓިން ނިންމާލައިފި

ގިނަ އަހަރުތަކެއް ވަންދެން ބޮޑު ސްކްރީނާ ދުރުގައި ހުރުމަށް ފަހު ބަތަލާ ޝިލްޕާ ޝެޓީ އަލުން އެކްޓިން އަށް އަންނަން ސޮއިކުރި ފުރަތަމަ ފިލްމު "ނިކައްމާ" ގެ ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ ޓީމުން ވަނީ އެކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. "ނިކައްމާ" އަކީ ޓައިގާ ޝްރޮފްގެ "ބާގީ" އާއި "ހީރޯޕަންތީ" ގެނެސްދިން ޑައިރެކްޓަރު ސަބީރް ޚާންގެ ފިލްމެކެވެ. މި ފިލްމުގައި ޝިލްޕާއާ އެކު ކުރީގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ އާއި އާ ބަތަލާ ޝާލީ ސެތިއާ ވެސް ފެނިގެން ދާނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަން ކުރިމަތި ނުވި ނަމަ "ނިކައްމާ" އަކީ މި އަހަރުގެ ޖޫން 5 ގައި ގެނެސްދީފައި އޮންނާނެ ފިލްމެކެވެ. މި ފިލްމުގެ އިތުރުން ޝިލްޕާ "ހަންގާމާ 2" އިން ވެސް ފެންނާނެ އެވެ. އެ ފިލްމުގެ ޝޫޓިން ވެސް ދާދި ފަހުން ވަނީ ނިންމާލައިފަ އެވެ.

"އިޓްސް މައި ލައިފް" ޒީ ސިނެމާ އަށް

މިދިޔަ އަހަރު "ޕާގަލްޕަންތީ" ގެނެސްދިން ޑައިރެކްޓަރު އަނީސް ބަޒްމީ މީގެ އަހަރުތަކެއް ކުރިން ޑައިރެކްޓްކޮށް، އެކަމަކު ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައި އޮތް ފިލްމު "އިޓްސް މައި ލައިފް" މި މަހުގެ 29 ގައި ޒީ ސިނެމާ އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

ބޯނީ ކަޕޫރާއި ކޮއްކޮ ސަންޖޭ ކަޕޫރް ޕްރޮޑިއުސްކުރި މި ފިލްމުގެ ތަރިންނަކީ މިހާރު ފިލްމު ކުޅުން ހުއްޓާލާފައިވާ ހަރްމަން ބަވޭޖާ އާއި އެކްޓަރު ރިތޭޝް ދޭޝްމުކްގެ އަންހެނުން ޖެނެލިއާ ޑި ސޫޒާ އެވެ. އަދި "އިޓްސް މައި ލައިފް" ގެ ރޯލެއް ނާނާ ޕަޓޭކަރް ވެސް ކުޅޭނެ އެވެ.

މި ފިލްމަކީ 2006 ގެ ތެލެގޫ ފިލްމު "ބޮއްމަރިއްލޫ" އަސްލަކަށް ބަލައިގެން ހަދާފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. އެ ފިލްމުގެ ބަތަލާ އަކީ ވެސް ޖެނެލިއާ އެވެ. އަދި ބަތަލާ ސިދާތެވެ.

ރެމޯގެ ވީޑިއޯ ލަވައެއް

"ސްޓްރީޓް ޑާންސާ" އާއި "ރޭސް 3" ގެނެސްދިން ޑައިރެކްޓަރު އަދި ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާގެ އާ ވީޑިއޯއެއް ލަވަ ދައްކާލައިފި އެވެ.

ރެމޯ ޑައިރެކްޓްކޮށް، ފެނިގެން ވެސް ދާ ލަވައިގެ ނަމަކީ "ލޯގް ކިޔާ ކަހޭގޭ" އެވެ. މި ލަވައިގެ މިއުޒިކާއި ޅެން ހަދައި، ލަވަ ކިޔާފައި ވަނީ އަބިނާވް ޝޭކަރެވެ. ލަވައިގެ މިއުޒިކް ހެދީ އައިޝްވާރިއާ ތުރިޕަތީ އެވެ.

"ލޯގް ކިޔާ ކަހޭގޭ" އިން އާންމުކޮށް ރެމޯގެ ޑާންސްތަކުން ފެންނަ ބައެއް ފަންނާނުން ވެސް ފެނިގެންދެ އެވެ.

އޭގެ ތެރޭގައި ސަލްމާން ޔޫސުފް ޚާނާއި ދަރްމޭޝް އާއި ޕުނިތު ޖޭ ޕަތަކް، ސުޝާންތު ޕުޖާރީ އަދި ރާހުލް ޝެޓީ ހިމެނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2021

07 November 2020

ވަރަށްހަޑި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454