އެމްބާ ހާޑް.
09 ނޮވެމްބަރ 2020 - 08:02
ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑަށް ގެވެށި އަނިޔާކުރި މައްސަލާގައި ޖޯނީ ޑެޕްގެ ކެރިއަރު މިހާރު އޮތީ ފުން ވަޅުގަނޑެއްގެ ތުންފަތްމަތީގަ އެވެ. އޭނާ ސޮއިކޮށްފައި އޮތް ފިލްމު "ފެންޓާސްޓިކް ބީސްޓްސް 3" އިން ވަކިވާން ވޯނާ ބްރަދާޒް އިން މަޖުބޫރުކޮށްފައިވާ އިރު، ޑެޕްގެ ކެރިއަރުގެ މިސްރާބު މިހާރު އޮތީ ވާނުވާގަ އެވެ.
މިއާ ގުޅިގެން ދެން މިހާރު އެންމެ ގަދައަށް ދެކެވެނީ އެމްބާގެ ކެރިއަރުގެ ވާހަކަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން 2022ގެ ފަހުކޮޅު ރިލީޒްކުރަން ނިންމާފައި އޮތް ފިލްމު "އަކްއަމޭން 2" އިން އެމްބާގެ ރޯލު ބޮޑުތަނުން ވޯނާ ބްރޮސް އިން ކޮށައިލާނެ އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާ ހިމަނައިގެން ފިލްމު ޕްރޮމޯޓްކުރާ ނަމަ އޭގެ ޕީއާރް މަސައްކަތަށް ވެސް ވަރަށް ބޮޑަށް އަސަރެއް ކުރާނެ އެވެ. އެހެންވެ "އަކްއަމޭން 2" ގައި އެމްބާގެ "ރޯލެއް ނެތް ވަރަށް" އޭނާގެ ރޯލް ކޮށައިލަން ވޯނާ އިން ވަރަށް ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
#JohnnyDepp FIRED #FantasticBeasts3
— Grace Randolph (@GraceRandolph) November 6, 2020
FULL BREAKDOWN
+ #AmberHeard will likely have role reduced #Aquaman2
ADDITIONAL INFO JUST IN FROM MY SOURCES:
AT&T approves, Depp had filmed several scenes which must be re-shot, offer is already out to new actorhttps://t.co/U90WSfsN7x
އެމްބާ އަކީ މީގެ ދެ އަހަރު ކުރިން ގެނެސްދިން "އަކްއަމޭން" ގެ ވެސް ބަތަލާ އެވެ. އެ ސުޕަހީރޯ ފިލްމުގެ ބަތަލަކީ ޖޭޒަން މޮމޯއޯ އެވެ.
ގެވެށި އަނިޔާގެ މައްސަލާގައި ވޯނާގެ "ފެންޓާސްޓިކް ބީސްޓްސް 3" އިން ޑެޕް ވަކިކުރި މައްސަލާގައި އޭނާގެ ފޭނުން މިހާރު އަންނަނީ އެމްބާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭން ވެސް ކުރަމުންނެވެ. އަދި އެ ކެމްޕޭންގެ މައި އެއް ގޮވެލި ފައްޗަކީ އެމްބާއާ މެދު ވެސް ވޯނާ އިން ފިޔަވަޅު އެޅުމެވެ. ޑެޕްގެ ފޭނުން ގަބޫލުކުރާ ގޮތުގައި އެ މީހުން ލޯބިވާ އެކްޓަރުގެ ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރަށް އެޅުނު ހިޔަންޏަކީ އެމްބާ އެވެ. އެހެންވެ އެކަމުގެ އަދަބު ހަމައެކަނި ޑެޕަށް ލިބުމަކީ އިންސާފެއް ނޫނެވެ.
"އަކްއަމޭން" ގެ ޕްރިކްއެލް ވެސް ޑައިރެކްޓްކުރި ޖޭމްސް ވެން "އަކްއަމޭން 2" ގެނެސްދޭން ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 16، 2022 ގަ އެވެ. އެމްބާ، 34، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ހާ ސްމެލް"، "ޖަސްޓިސް ލީގް"، "ދަ ޑެނިޝް ގާލް"، "ޕެރަނޮއިއާ" އަދި "ޕައިންއެޕަލް އެކްސްޕްރެސް" ހިމެނެ އެވެ.
ގެވެށި އަނިޔާކުރާ ކަމަށް ބުނެ ޑެޕް ގާތުން އެމްބާ ވަރިވާން ކޯޓަށް ދިޔައީ 2016 ގަ އެވެ. "ފެންޓާސްޓިކް ބީސްޓްސް 3" އިން ޑެޕް ހުކުރު ދުވަހު ވަކިކުރީ، އެމްބާ އަށް ގެވެށި އަނިޔާކުރި މައްސަލާގައި އިނގިރޭސި ނޫސް ދަ ސަން އިން ފެތުރި ވާހަކަތަކަކާ ގުޅިގެން އެ ނޫހާ ދެކޮޅަށް ޑެޕް ކުރި އަބުރުގެ ދައުވާ ސާބިތުނުވާ ކަމަށް މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނބު
09 November 2020
އަކުއާ އަށް އަކްއަ ކިޔަނީ ކާކުތަ؟