12 ނޮވެމްބަރ 2020 - 09:49
އެމެރިކާގެ އަންހެނަކު އޭނާގެ މާމަދަރިފުޅު ވިހައިފި އެވެ.
އިލިއޯނިގެ ޝިކާގޯގައި ދިރިއުޅޭ ޖޫލީ ލަވިން، 51، ވިހެއީ މި މަހުގެ 2 ގަ އެވެ. އޭނާ ވިހެއީ އަންހެން ކުއްޖެކެވެ. އާންމުކޮށް އަންހެނުން ނުވިހާ އުމުރެއްގައި ޖޫލީ ބަލިވެ އިނދެ ވިހަން ޖެހުނީ އޭނާގެ ދަރިފުޅު ބްރިއާނާ ލޮކްވުޑަށް ދިމާވެފައިވާ ދަރިމައިވުމުގެ މައްސަލައާ ހެދި، ބަލިވެނީންނާތީ އެވެ.
އެހެންވެ ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދަން އާއިލާ އިން ވިސްނަން ފެށުމާ އެކު ޖޫލީ ވަނީ އޭނާގެ ދަރިފުޅުގެ ފިރިމީހާގެ ފަނި "އިންދައިގެން" ބަލިވެއިނދެ ވިހައިފަ އެވެ. މިގޮތަށް ނިންމައި މި ވާހަކަ ބްރިއާނާ ގެންދިޔައީ އިންސްޓަގްރާމްގައި ހިއްސާ ވެސް ކުރަމުންނެވެ. އޭނާ ބުނި ގޮތުގައި ދަރިއަކު ލިބޭތޯ ދެމަފިރިން ވަރަށް މަސައްކަތްކުރި ނަމަވެސް ސިއްހީ ގޮތުން ދިމާވެފައި ހުރި ކޮމްޕްލިކޭޝަންތަކަކާ ހެދި ބަލިވެއިންނަ ގޮތެއް ނުވެ އެވެ.
އެގޮތުން ދަރިއަކު ލިބޭތޯ ހަތް ސާޖިކަލް ޕްރޮސީޖާގެ އިތުރުން އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ވެސް ހެދި އެވެ. އެކަމަކު އެ ހުރިހާ ކަމެއް ނާކާމިޔާބުވުމުން ބައޮލޮޖިކަލް ގޮތުން ދަރިއަކު ދެން ހޯދެން އޮތީ ފިރިމީހާގެ ފަނީގެ އެހީގައި ސަރޮގެސީ ހަދައިގެން ކަމަށްވާތީ އެގޮތަށް އެކަން ކުރަން ނިންމީ އެވެ.
"ދެން ޑޮކްޓަރުން ވެސް އެގޮތަށް އިރުޝާދު ދޭން ފެށީމަ އެ އޮޕްޝަނަށް ދާން ނިންމީ،" ބްރިއާނާ ބުންޏެވެ.
ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދަން ނިންމުމާ އެކު ބްރިއާނާގެ މަންމަ ވަނީ އެކަން ކޮށްދޭނެ މީހަކީ އޭނާ ކަމަށް ބުނެފަ އެވެ. އެކަމަކު ބްރިއާނާ އާއި ފިރިމީހާ އެކަމާ ފުރަތަމަ ހެދީ ދެކޮޅެވެ. މަންމަގެ އުމުރަށް ވިސްނާފައި އެއީ ކުރަން ރައްކާތެރި ކަމަކަށް ނުވާނެ ކަމަށް ގަބޫލުކޮށް، އެއްބަސްނުވެވުނު ނަމަވެސް މަންމަ ދޫނުކޮށް ކިޔާވަރުން އެންމެ ފަހުން އެއްބަސްވީ އެވެ. އެކަމަކު އެއީ އެތަކެއް ޓެސްޓްތަކަކަށް ފަހު އެވެ. އަދި ޓެސްޓްތަކުން ޖޫލީ އަށް ބަލިވެއިނދެވިދާނެކަން ކަށަވަރުވުމުން ދަރިފަނި އިންދީ ފެބްރުއަރީ މަހުގެ 25 ގަ އެވެ.
މާމަދަރިފުޅު ވިހޭ ވާހަކަ ވެސް އާއިލާ އިންސްޓަގްރާމްގައި ހިއްސާކޮށް "ޖޫލީ އަކީ ރޮކްސްޓާއެއް" ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
"މަންމަވި ގުރުބާނީއަށްޓަކައި އަބަދުވެސް ޝުކުރުވެރިވާނަން،" ބްރިއާނާ، 29، ބުންޏެވެ. "ވަރަށް ވަރަށް އުފާވެއްޖެ ދަރިއަކު ލިބުނީމަ. ދަރިފުޅު އުރާލަން ލިބުނު ފުރަތަމަ ހިނދުކޮޅުގައި އިހުސާސްކުރެވުނީ މަންމަ އަހަރެން ވިހާފައި މިގޮތަށް އުރާލަން ލިބުނީމަ ކުރެވުނު އިހުސާސްކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް."
ބްރިއާނާ ބުނިގޮތުގައި މަންމަ އަކީ ވަރަށް ކެތްތެރި މީހެކެވެ. މާބަނޑުވި ދުވަހުން ފެށިގެން ގޮސް ދަރިފުޅު ވިހެއުމާ ހަމައަށް އުފުލި ބުރަ އޭނާ ވަރަށް ގާތުން ތަޖުރިބާކުރި ކަމަށް ބުންޏެވެ.
ބްރިއާނާ ކިޔައިދިން ގޮތުގައި ބަލިވެއިން ދުވަސްތަކަކީ އެއްގޮތަކަށް ފަސޭހަ ދުވަސްތަކެއް ނޫނެވެ. ސަބަބަކީ ދިމާވި ބައެއް ކޮމްޕްލިކޭޝަނާ ހެދި ވިހަން އޮތް ތާރީހަށް ވުރެ 10 ދުވަސް ކުރިން އިމަޖެންސީގައި ސިޒޭރިއަން ވެސް ހަދަން ޖެހުމެވެ. އެކަމަކު ޖޫލީ އާއި ބްރިއާގެ ހާލު ވެސް ރަނގަޅެވެ. ސިއްހީ އެއްވެސް މައްސަލައެއް ވެސް ނެތެވެ.
އާއިލާ އަށް މިހާރު އޮތީ މުޅިން ވެސް އުފާވެރި ކަމެވެ. އަމިއްލަ ބަނޑުން ވިހޭ މާމަ ދަރިފުޅާ އެކު ޖޫލީގެ މޫނުމައްޗަށް ވެސް އައިސްފައި ވަނީ ވަރަށް ބޮޑު އުފާވެރި ކަމެކެވެ. އެންމެ ބޮޑަށް އުފާވަނީ އަންހެން ދަރިފުޅާއި ފިރިމީހާގެ ހަޔާތަށް އާ އުންމީދެއް ގެނެސްދެވުނީތީ އެވެ.
އެ މީހުންގެ މި ދަތުރަށް އިންސްޓަގްރާމްގައި އެތައް ބަޔަކު ތައުރީފުކޮށް، ހިތްވަރު ވެސް ދީފައިވެ އެވެ. ބްރިއާނާގެ އާއިލާގެ އައިވީއެފްސަރޮގެސީ ޑައިރީގެ ނަމުގައި ހަދާފައިވާ އިންސްޓަގްރާމް އެކައުންޓުން މި ދަތުރު ފެންނާނެ އެވެ. ފޮލޯވަރުންގެ އަދަދު 128،000 އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝް
03 December 2020
އިސްލާމީ ގައުމު ތަކުގެ މައިން މި ކަހަލަ ގުރުބާނީ އެއް ނުވޭ! ކިހާ ރަގަޅު މި މަންމަ އިން! ދެ ފިރިހެނުން ވެސް ދަރިން އެބަ ހޯދާ މި ގޮތަށް!
ރިޝް
03 December 2020
މި ވެސް ބޭރު ގައުމު ތަކުގަ މިހާރު އާއްމު ކަމެއް! އިހަކަށް ދުވަހު ކިން ދެ ފިރިހެނުން ގެ ގުޅުމަށް ކުއްޖަކު ބޭނުން ވެގެން އެތަނުން އެއް ފިރިހެނެއްގެ މަންމަ އައި ވީ އެފް ގެ ޒަރީ އާ އިން ދަރި އަކު ހޯދަ ދިން ވާހަކަ އޭނަގެ ފިރިހެން ދަރިފުޅަށް އެކަމަކު ދަރި ފަނި އެއީ އެ ފިރިހެން ކުއްޖާ އިދެގެން އުޅޭ އަނެއް ފިރިހެން ކުއްޖާ ގެ ދަރި ފަނި ދެން ބިސް އެއީ އޭނަގެ ދައްތަ ގެ އެކަމް ވިހެއީ އޭނަގެ 55 އހަރު ގެ މަންމަ!
މާހިރުބެ
15 November 2020
"ފިރިމީހާގެ ފަނީގެ އެހީގައި ސަރޮގެސީ ހަދައިގެން " އޭ މިލިޔުމުގައި އޮތީމަ އޮޅޭގޮތްވޭ.. ސަރޮގަސީ ހެދީ އެދެމަފިރިންގެ ކިބައިން އައި އެމްބްރަޔޯއެއް މާމަގެ ރަހިމުގަ ޕްލާންޓް ކޮއްގެން.
ސުޕުނޭ
14 November 2020
އަސްލާމް ދީނުގަ ކިހާވަރެއް ގެ ކަމެއްތޯ ، އަނެއްކާ ދިވެހިން ތިޔަހެން ހަދާފާނެ ވިއްޔަ
ޢަފްރާސިޔާމު
13 November 2020
ދީނީ ޢިލްމުވެރިޔަކު އަޅެ ބުނެބަލަ މީ ކޮންކަހަލަ ކަމެއްތޯ؟؟؟؟!!!! މައިދައިތަ މިވީ ދަރީފުޅުގެ އަމަޔަށް.!
ކަބޫތަރުޖާޖާ
14 November 2020
ކޮންމެކަމަކަށް ޝޭހުންގެ ބަސްބޭނުމެއްނުވޭ. ސައެންސުގެކަންކަން ސައެންސުނުދަންނަ ޝޭހުންގެ ފަރާތުން ހޯދަން އުޅުމުން ގިނަފަހަރަށް މުޖުތަމައުގަ ނަފުރަތު އުފެދޭފަދަގޮތްގޮތައް ކިޔާދެވޭ. ސައެންސުގެ ކުރިއެރުންތައް ގަބޫލުކޮއްގެން ތިބީމަދޯ މިފަދަ ވެބްސައިޓްތަކުގަ ފޯނުން ކޮމެންޓުވެސް ކުރެވެނީ. ޝޭހުކިހިނެއް އެކަން ކިޔާދޭނީ؟
ރައުޗާ
12 November 2020
މިތާ ގަމާރުން އެބަހުރި ކޮމެންޓުކޮށްފަ.
އަހުމަދު ސަލީމް
12 November 2020
ބަނޑުއަޅާ ވިހެއިއާމު ވާނީ މަންމައަކަށް މާމަ އަކަށް ނޫން.
މާމްޖީ
12 November 2020
އިންސާނީ ނަސްލު އޮޅުން ބޮޅުން ވާ ކަމުގެ އަލާމާތްތައް. ފަހުޒަމާނުގެ ކަންކަން މިފެންނަނީ.
ކލބނޑ
12 November 2020
އޭ އެ ދެމަފިރިން ގެ ދަރިއެއް.
އަލްޕާ
12 November 2020
އަހަރުމެންގެ ޤަމާރު ކަމެވެ
ހުވަދޫއިދުރީސް
12 November 2020
މަންމ + މާމަ = މާންމަ
ޒަބަރުދޯނީ
14 November 2020
ސިކުނޑިކުޑަކޮށް ހުޅުވާލަބަލަ.