14 ނޮވެމްބަރ 2020 - 19:01
އަވަށްޓެރި ސްރީލަންކާ އަށް އެތެރެނުކުރެވި އެ ގައުމުުގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާ އަށް އެތެރެކޮށްފި އެވެ.
އެ ގައުމުގެ ސަރުކާރު މިދިޔަ އަހަރު ބަދަލުވުމާ އެކު ހެދި ސިޔާސަތުގެ ދަށުން އެ ގައުމުގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެގައުމުގެ މަސްވެރިން ބާނާ މަހުގެ ބާވަތްތައް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. މިކަން ތަންފީޒުކުރަން ފެށީ މި އަހަރު އެވެ.
އެ އުސޫލުގެ ސަބަބުން ލަންކާ އަށް އެތެރެ ނުކުރެވި ގިނަ އަދަދެއްގެ މަސް ކަސްޓަމްގައި ތާށިވެ އެއްބައި އުކާލަން ޖެހުމުގެ ޝަކުވާ ވެސް މަސްވެރިންކޮށްފައި ވެއެވެ. ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު، ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓުތައް އެ ގައުމަށް އެތެރެކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ދިވެހިން ބާނާ މަސް ލަންކާ އަށް އެތެރެކުރެވޭނެ ފަސޭހަ މަގެއް ހޯދުމަށް އެގައުމުގެ އިސްވެރިންނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެ ގައުމަށް މަސް އެތެރެ ނުކުރެވޭ ގޮތަށް އުސޫލު ހަދާ ތަންފީޒު ކުރަން ފެށިފަހުން ވެސް ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ދިވެހިން ބާނާ މަސް އެތެރެކުރުމުގައި އެއްވެސް ދައްޗެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އެ ގައުމު ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެ ފިޔަވަޅުތަކުން ރާއްޖެ އިސްތިސްނާކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.
މަސްވެރިންނަށް މި މައްސަލަ ކުރިމަތިވެ އެކަމުގެ ޝަކުވާކުރުމުން ވެސް ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން ބާނާ މަސް އެތެރެނުކުރެވޭނެ ކަން އެ ގައުމުގެ ސަރުކާރުން އަންގާފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުން
15 November 2020
ފޮރިންމިނިސްޓްރީން މިކަ މުގާ ހަރަކާތްތެރިވާ މިންވަރު ކުޑަކަން ފާހަގަވޭ
ވަތަނީ
15 November 2020
ކޮނޑު ހުޅުން ނެއްޓެން ދެން އަތް ޖަހާ !
އެދުރުކަލޭފާނު
15 November 2020
އާދޭސްކުރާ ސަރުކާރު. އިންއެކްސްޕީރިއަންސް އިންއެފިޝަންޓް ގޭން ރޫލްޒް!
ފަހުދު
15 November 2020
ލަންކާއައް ގެންދިޔަ މަސް ކޮންތާކު ތާށިވީ
އަފުން
15 November 2020
ސިޔާސީ ގުޅުން ވަރުގަދަވިވަރުން ކަންކަން ކުރަން މިޖެހެނީ އާދޭސްކޮށް ސަލާން ޖަހައިގެން.
ލަންކާސޮރު2020
15 November 2020
މަސް އެތެރެ ނުކުރެވުނީމަ ވާހަކަ ދައްކާ ހެން، ދިވެހި ވިސާގެ މައްސަލައިގައިވެސް ވާހަކަ ދައްކަން ވެއްޖެ.. މިހާރު އެމީހުން ހިތަށްއެރި މީހަކަށް ފިޔަވާ 01 އަހަރު ވިސާ އެއްފަހަރުން ޖަހައެއް ނުދޭ... ކޮންމެ 03 މަހަކުން ވިސާ އާކުރަން ދިއުމަކީ ފަސޭހަ ކަމެއްނޫން.. އަދި އެތައް ޚަރަދެއް ހިނގާ ކަމެއް.. އެމްބަސީއަކީ މުސާރަ ނަގައިގެން ހޮރު ތަކަށްވަދެ، ލަންކާ އަންހެނަކު ރިސެޕްޝަނަށް ލާފަ ފިލާ ތިބޭ ބައެއް.. މިކަމާމެދު ވާހަކަ ދެއްކިއަސް އެމީހުނަށް ވާކަމެއްނެތް..
ޕަކުސާ
15 November 2020
ސިރީލަންކަން ރާއްޖެ ނުޖެއްސެންވި
އޮނަރަބްލް އަފީފު ދީދީ
14 November 2020
ސިލޯނަށް މަސްވިއްކުން މަނާކުރިއިރު މާލޭގައި ހުންނަ ލަންކާ އެމްބަސީގެ ލޮބީތެރޭގައި އިމާރާތުގެ ވެރިފަރާތުން އެމްބަސީއަށް ކުއްޔަށްދީފައިވާ ފްލޯރ ގައި ފިނިކުރިމަސް ވިއްކަމުންދަނޫ ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ އޮވެގެންތޯ؟ އަދި މިވިޔަފާރިއަކީ ކާކުގެ ވިޔަފާރިއެއްތޯ؟ ތިއަށްވުރެން ރަނގަޅަށް ދެ ޤައުމުގެ ރައްޔަތުންނަށް އިގޭގޮތަށް ތިއެއްބަސްވުން އޮންނާންޖެހޭނެ. ކޮންމެ ޝިޕްމެންޓަކާއިއެކު ވަޒީރު ސަލާންޖަހާން ދާކަށްނުޖެހޭ.
ލުގުމާނު.
14 November 2020
އޭ މަވެސް މިހުންނަނީ ތިކަމާއިމެދު ސުވާލު އުފެދިފަ. އެމްބަސީއެއްގެ ތެރޭގައި ރޯމަސް މާރުކޭޓެއް ހެދުނީ ކިހިނެއް ؟
ahmed
14 November 2020
މިތާ އޮޕަރޭޓުކުރާ ހުރިހާ ލަންކާ ޝިޕިން ކޮންމްޕެނީތައް ބޭރުކޮށްފިއްޔާ ދެން ކިހިނެއްވާނީ؟
ކޮތަރު
14 November 2020
ދިވެހިންނަށް ޝިޕިން ކޮމްފެނީ ހިންގަންނޭގެނީތޯ؟!
އަހުމޭ1
14 November 2020
މިލަންކާ މީހުންނައް އެމީހުން ސައިޒް ދައްކަން ވެއްޖެ. ވ.މަތީގަ އުޅޭބައެއް. ދިވެހިން ފެލައިގެން.
ކަމަނަ2020
15 November 2020
ސައިޒް ދެއްކޭނީ މިއުޅޭ ބަންގުލަދޭޝްގެ އިލީގަލް މީހުނަށްސައިޒް ދެއްކި ގެނެއްނު.. އެމީހުނާ ހެދި ހާދަ ގިނަ ވިޔަފާރިއެކޭ ހުއްޓެމުން މިދަނީ.. ސަރުކާރުން 50 މީހުން ބޭރުކޮށްފަ ބޮޑު ހެޑިންގ ޖެހިޔަސް، މާލެތެރެ އަދިވެސް އޮތީ އެމީހުންގެ ބެލުމުގަ ދަށުގަ..މިހާރު އަހަރެމެންގެ ކާބޯތަކެތި އެމީހުން ކޮންޓްރޯލް ކުރަން ފެށީމަ އެއީ ވަރަށް ނުރައްކާ ސިގްނަލްއެއް..
ގުރައިދޫ ހަސަން ކަލޭގެފާނު
15 November 2020
ދިވެހިން ފެލެނީ ފެލަންދީގެން ތިބީތީ. އެޔަކު އެމީހުން ކުރާނެ ކަމެއް ނެތް. ގަދަކަމުން ނުފެލާ ހަމަ ގައިމުވެސް