އެމްޓީސީސީގެ ބޯޑަށް އަލަށް އިންތިޚާބުވި މުހައްމަދު އިމްރާން އަދުނާން--
15 ނޮވެމްބަރ 2020 - 17:04
އެމްޓީސީސީގެ ބޯޑަށް އާއްމު ހިއްސަދާރުން ތަމްސީލު ކުރުމަށް މ. މެއިންޒް، މުހައްމަދު އިމްރާން އަދުނާން މިއަދު އިންތިޚާބު ކޮށްފި އެވެ.
އޭނާ އިންތިޚާބު ކޮށްފައިވަނީ އާއްމު ހިއްސާދާރުންގެ ތެރެއިން މެމްބަރަކު އައްޔަން ކުރުމަށް އެމްޓީސީސީން ހާއްސަގޮތުން ބޭއްވި އާއްމު ޖަލްސާގަ އެވެ. އޭނާ ބޯޑަށް ހޮވުނީ މި ޖަލްސާގެ ބައިވެރިވި ހިއްސާދާރުންގެ 78 ޕަސެންޓް ވޯޓުންނެވެ.
ޖަލްސާގައި 14 ހިއްސާދާރުން ބައިވެރިވި އިރު ޕްރޮކްސީ ހުށަހަޅައިގެން 269 ހިއްސާދާރުން ތަމްސީލުކުރި އެވެ. އެއީ 5،577،217 ހިއްސާ އެވެ.
އެމްޓީސީސީގެ ހިންގާ ގަވާއިދުގެ ދަށުން އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުން ތަމްސީލުކުރުމަށް ދެ މެމްބަރުން އިންތިޚާބު ކުރަން ޖެހެ އެވެ. މީގެ ތެރެއިން އެއް މެމްބަރަކު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި އިންތިޚާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްލޯމޭން
16 November 2020
ޢާދަންގެބޯއީއެއް އަނެއްކާ އެމްޓީސީސީގެ ބޯޑަށްލީ. ރައްޔިތުންގެ ކުންފުނި އާދަނަށް.