ފާރިސް ޖުލައި، 2017 ގައި ހައްޔަރު ކޮށްގެން ގެންދަނީ: އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފައި -- ފޮޓޯ/މިހާރު
26 ނޮވެމްބަރ 2020 - 14:47
ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.
ޖުލައި، 2017 ވަނަ އަހަރު ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލަ ފާރިސްގެ ފަރާތުން އޭރު އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި އޮތަސް، އެ މައްސަލާގެ ހުކުމެއް މިހާތަނަށް ވެސް ނީއްވަ އެވެ.
ފާރިސް ހައްޔަރުކުރަން އޭރު ނެރުނު އަމުރާއި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކުރުމަށް ފަހު ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ ދެ މައްސަލަ ހައި ކޯޓުން ބައްލަވާ ބެންޗު މިހާރު ބަދަލު ވެފައިވާތީ ހުކުމް އިއްވުމުގެ ކުރިން އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.
ރިޝްވަތުގެ ތުހުމަތުގައި ފާރިސް ބަންދުގައި ބެހެއްޓުމަށް ފަހު ހަ މަސް ފަހުން ޖެނުއަރީ، 2018 ގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިޔަސް، އޭގެ ދެ ދުވަސް ފަހުން ރިޝްވަތުގެ އެހެން ތުހުމަތެއްގައި އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 އަމުރާ ގުޅިގެެން އޭނާ ދޫކޮށްލުމަށް ފަހު ޖެހިގެން އައި ދުވަހު ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކުރި އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ދުވަސްތަކެއް ވަންދެން އޭނާ އަނެއްކާވެސް ބަންދުގައި ބެހެއްޓި އެވެ.
ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ވެސް އުފުލި އެވެ. އެކަމަކު ފަހުން އެ ދެ ދައުވާ އަނބުރާ ވަނީ ގެންގޮސްފަ އެވެ. އަދި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސެއް ބޭއްވި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ކުށުގައި ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އޭރު ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން ވަނީ ފަހުން ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކޫރުބޭ
28 November 2020
ރިޝްވަތު ދިން ނުވަތަ ދޭން އުޅުނު މީހާ ކުށްވެރިވި އިރު، އެނުބައި ނުލަފާ ޢަމަލުގަ ބައިވެރިވެ، ރިޝްވަތުގަ ހިފި މީހަކަށް އެއްވެސް އަދަބެއް ނެތް، މަޖާކަމެއް ދޯ.
Abdulla Jamaal
28 November 2020
ރިޝްވަތު ހިފިކަމަށް ﷲ ގަންދީ ހުވާކުރި ގާރީ އަށް އެއްކަމެއްވެސް ނުވި ކިހާ މޮޅު، ޕީ ޕީ އެމް ވުޖޫދަށް ގެނައި މީހާ ޔަށް މި ދައުވާ ކުރީ ޝަހުސު އޮޅުވާލިއޭ ކިޔާފަވެސް، ރޯމާދުވަލު ކޮށްފައި އޮތް ބުޑުވައްކަން ޕީ ޕީ އެމް ވަގަށް ނެގުން އެކަމަކު ހަމަ އޯކޭ، ބަޔަކު ހޭބަލިވެދާނެ!
ބިލް ކުލިންޓަން
26 November 2020
ފާރިސް އުޅޭހެން އޭނާގެ ކޮއްކޮވެސް އުޅޭނެނަމަ ކިހާ ރަނގަޅު.
ހަ ސީނު
28 November 2020
ދައުލަތް ދަވާލި ޓީމާއެކީ ކޮއްކޮވަނީ އަމަލީގޮތުން ބައިވެރިވެފަ، އެހެންވެ ދަމާކޫއްތާފަ ގެންގޮސް ބައްފާފުޅު ހުރަގެއަށް ލީމަވެސް ބޮޑުބޭބެއަށް ސަނާކިޔާލަކިޔާލަ އެތާހުރީ، ސަލާމަތް ވެވެން ނެތީމަ...........
ބުރެދި
26 November 2020
ވ ބޮޑައް ސާފު ވެއްޖެ އެވެ. ކޮންޓްރޯލް އޮތީ ޖޭ އެސް ސީ ގަ އެވެ.
ސާމިޔާ
26 November 2020
ފާރިޝްއަކީ ކެރިގެން ހިތްވަރާއެކީ އިސްނެންގެވިބޭފުޅެއް!! އެމަނިކުފާނު އެކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް !!
ުވައިސޫރި
26 November 2020
ސާބަސް ތިންއަހަރު މީބޮޑުވަރެއް ސުކުރިއްޔާ
ސީޒަން ޖެކްޝަން
26 November 2020
ފާރިޝްގެ ވަކީލަކީ ސުނިލް ޝެޓީ ދެއްތޯ؟
ވިސްނާލުމަށް އެދެމޭ
26 November 2020
މައްސަލަ ނުނިމުނަސް އޭނަހުރީ ގޭގައެއްނު.. ދެން އެހެންވީމަ މައްސަލައެއްނެތްތާ.. އިންތިހާބުތަކުގަ ވާ ދުކުރެވޭ ދަތުރުފަތުރުކުރެވޭ..އަނބި ދަރިންނާއެކު ގޭގައުޅެނީ.. ދެން މައްސަލައެއްނުނިމިގެން އެމީހުންނަލިބޭ އުނިކަމެނެތް...ނަޝީ ދު.ނާޒިމު.މައުމޫނު.ގާސިމު.ރިޔާޒު.އިބުރާހިމު މުހައްމަ ދު ސޯލިހު.އިމުރާނު.ގާސިމުގެ ދަރިފުޅު.މިއެއްމެން އެތިބީ މިނިވަންވެފަ... ދެންތިބީ މމޕރސގެ ވައްކަމުގެ ދެބަތަލުން..އަ ދީބު..ޒިޔަތު. ގިޓާކުޅެން ގޭގަ..
ރާއްޖެ
26 November 2020
ސަދޫމް އިންސާފު
ސަންފައްތަ
26 November 2020
ޝަރުއީ ދާއިރާ އޮތް ހިސާބު ތިފެންނަނީ. ވަރަށް އާދައިގެ މައްސަލައެއް ނުނިމި 3 އަހަރު ހޭދަވީ. ދެން ކޮން އިންސާފެއް ލިބޭނީ؟