އިސް ގާޒީ ޝަކީލަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވަނީ: އޭނާއަކީ ގިނަ ކޯޓުތަކެއްގައި މަސައްކަތް ކުރެއްވި ފަނޑިޔާރެއް -- ފޮޓޯ/ޖޭއެސްސީ
26 ނޮވެމްބަރ 2020 - 14:51
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލް މިއަދު އައްޔަން ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ހައިލަމް އިސްތިއުފާ ދެއްވި ފަހުން އެ ކޯޓުގެ އިސް ގާޒީގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އޮތީ ހުޅުވާލައިފަ އެވެ.
އިސް ގާޒީ ކަމަށް ޝަކީލް އައްޔަންކުރީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިސް ގާޒީގެ މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.
އިސް ގާޒީ ޝަކީލަކީ ކުރިން ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ ވެސް ޝަކީލް އެކަންޏެވެ.
ޖުވެނައިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް ފަހު އޭނާ ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ ކުއްލި ގޮތަކަށެވެ. އެކަމަކު ފަހުން މިދިޔަ އަހަރު އަނެއްކާވެސް ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިކޭ
28 November 2020
ވަރަށޤ ހަޑީ ދެން ހިސާނު ކަހަލަ ސިޔާސީ މީހަކު އައިސް ފަނޑިޔާރުންނަށް ފަތްކޮޅު އަރުވަން..ރައްޔިތުން ގަބޫލެއްނުކުރޭ މިކަން މިހެން ދާނަމަ އިންސާފުގެ ޒައްރެއްވެސް ވެދާނެކަމަކަށް...މުޅިންވެސ ސޭކުސްތާޏުގެ ކަންކަން ރޭވި ތަރުީބުވެފައިވަނީ ޝައްކާއި ވަހުމު ރައްޔިތުންގެ ބޮލަށް ސަވާރުވާގޮތަށް..
ވަކީލު
28 November 2020
ވިކޭނެ މީހެއްނޫންކަން ޔަގީން، ރަނގަޅު ނިންމުމެއް.
ސާފު
28 November 2020
ޔާމީނުގެ މައްސަލަ އޮތް ދުވަހު ހަވާލުކުރީމާ ދެން ސާފުވާން ބޭނުން ކޮންމެ ކަމެއްމެ ސާފުވެނިމިއްޖެ.... މީނާއަކީ ޖިނާއީ ޝަރީޢަތްތަކުގައި ތަޖުރިބާހުރިމީހެއްނޫން! މީދެން ބޮޑުވަރު! އެކަމަކު ބުނަން ސުޕްރީމްކޯޓު ހަމަ ހަބޭސް! އެކަހަލަ ބަޔަކު ކުރިމިނަލް ކޯޓަށް ލާބަލަ މިހާރު ތިބި ތަންދޮރު ނުދަންނަ ނާޤާބިލު މީހުން ވަކިކޮަށްފަ! ހަރާމޭ އެއްޗެއް އެނގޭނަމަ!
Ahmed
29 November 2020
"ޖުވެނައިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް ފަހު އޭނާ ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ ކުއްލި ގޮތަކަށެވެ." ޔާމީން ބޭނުންވި ގޮތަށް ޝަރީޢަތްތައް ހިންގައި ނުދިނީމާ ބޭރުކޮށްލީ. ވަރަށް ސާފު
މިހާރު...
26 November 2020
އެކްޓިވިސްޓަކު އައިސް ފަތްކޮޅުއަރުވަން ހުރީމަ މީތި ކަޑަ ކޮންމެސަރުކާރަކަސް..
ޖުޑީޝަރީ ވަނީ އަޅުވެތި ވެފައި
26 November 2020
ހައިކޯޓް އާއި ކްރެމިނަލް ކޯޓްގެ އިސް ޤާޒީ ކަމަށް ކޯޓަކަށް އެއްމެ މީހަކު ކުރިމަތި ލުމަކީ އަދުލު އިންސާފުން ކަންތަށް ނުކުރެވޭނެ ކަމަށް ފަނޑިޔާރުނަށް ޤަބޫލް ކުރެވިފައި ވާ ކަމުގެ ހެއްކެކެވެ.
ބޮކިފުރާޅު މުޙައްމަދު
26 November 2020
ހިސާނު ބޯމަތިން (ފޮޓޯ) ފެންނަނީ ތިލަފަތް. އެހެންވީމާ އިންސާފު އަންނާނެގޮތް ނިކަން ސާފް.
ޕޫބެއަރ
26 November 2020
ކާކުތައް މޫނު ނިވާކޮށްގެން މީހެއް ވަކި ނުވާގޮތަށް މިހުރީ. އަޅެ މީ އަފްގާނިސްތާނުތަ؟
ފައިކޭޓް
26 November 2020
ހަވާލުވާނެ މީހަކު ނުވީ ތާއެވެ.
ގުޑުގުޑުވާ
26 November 2020
ސުބުހާނަﷲ ! އިންސާފުވާ ލިބިއްޖެ އެވެ.
ހޮލާކޯ
26 November 2020
ޒަމާނީ ޖުޑިޝަރީއެއްގައި ކްރިމިނަލް ކޯޓެއްގައި އިސްފަނޑިޔާރުކަން ކުރުމަށް ކުފޫހަމަވާ ބޭފުޅެއްބާ؟
Ahmed
29 November 2020
ދާއިރާގައި 17 އަހަރު.