ބަޣާވާތުގެ ޝަރީއަތް ފަށާފައި ވަނީ އޮގަސްޓް 2017 ގައި. --ފޮޓޯ:އޭއެފްޕީ
27 ނޮވެމްބަރ 2020 - 07:35
އިސްތަންބޫލް (ނޮވެމްބަރު 27) - ތުރުކީގައި 2016 ވަނަ އަހަރު ސިފައިން އިސްވެ ކުރަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން 337 މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އެ ގައުމުގެ ކޯޓަކުން އިއްވައިފި އެވެ.
ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހުކުމްކުރި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އެއާ ފޯސްގެ ޕައިލެޓުންނެވެ. އުރުދުޣާން ވިދާޅުވެފައި ވަނީ ބަޣާވާތުގެ އަޑީގައި ހުންނެވީ އެމެރިކާގައި ދިރިއުޅޭ ތުރުކީގެ ރައްޔިތެއް ކަމަށްވާ ފަތުހުﷲ ގުލާން އެވެ. ނަމަވެސް ޖުލައި 2016 ގައި ގެންނަން އުޅުނު ބަޣާވާތުގައި އެއްވެސް ރޯލެއް ނޯންނާނެ ކަމަށް 79 އަހަރުގެ ގުލަން ވަނީ ވިދާޅުވެފަ އެވެ.
ބަޣާވާތާ ގުޅިގެން 251 މީހުން މަރުވެ 2،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުނު އިރު އުރުދުޣާން ހުންނެވީ ޗުއްޓީގައި ރިސޯޓެއްގަ އެވެ.
ބަޣާވާތުގެ ޝަރީއަތް ފަށާފައި ވަނީ އޮގަސްޓް 2017 ގަ އެވެ.
ބަޣާވާތާ ގުޅިގެން އުރުދުޣާން ވަނީ ސަރުކާރާ ދެކޮޅު ކަމަށް ބެލެވޭ ލައްކައެއްހާ މީހުން ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ފަނޑިޔާރުން ވެސް ހިމެނެ އެވެ. އުރުދުޣާން ވިދާޅުވެފައި ވަނީ ވަޒީފާތަކުން ވަކިކޮށްފައި ވަނީ ގުލަންއާ ގުޅުން އޮންނަ މީހުން ކަމަށެވެ. ޖުލައި 2016 އިން ފެށިގެން ތުރުކީގައި ވަނީ 2،800 އަށް ވުރެ ގިނަ މީހުން ޖަލަށް ލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
28 November 2020
ރާއްޖޭގައި ކުރި ބަޢާާވާތް ކޮބާ
ޙައްގު ބަސް
28 November 2020
ބަޢާާވާތް މިގައުމުގަވެސް ކުރި.ޙައްގު އަދަބު ދޭންޖެހޭ
ފަޑުއްކަ
01 December 2020
ބަޤާވަތެއް މިރާއްޖޭގަ ނުކުރެވެޭނެ މީޑިމޮކްރަސީ އެއް ރައްޔިތުން ބޭނުން ވީމަ އަރުވާފަ ބޭނުން ނެތުނީމަ ބާލާނެ އެވަރުނޭގުމަކީ ޑިމޮކްރަސީ ވެސް ނޭނގުން
ހުނިގޮނޑި
27 November 2020
ރާއްޖޭގަ ބާޢީންނާ އެކު ހަދަނީ ކޯލިޝަން
ހސގސ
27 November 2020
ތިޔަހެންވާންޖެހޭނެ . ބޮލަށް ކަނދުރާޔަށް ނުބަލައި ކިތަންމެ އަދަދު ގިނަވިޔަސް ހުކުމް ކުރެވެންވާނެ.
ޖު މުހޫރީ މައިދާނުން
27 November 2020
ތުރުކީގާ މިހާރުއޮތް އިސްލާމީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމީ ބަޤާވާތެއް. ތުރުކީގެ ސަބަބުން ޔޫރަޕަށް އިސްލާމްދީން ފެތުރުން( އަލްބޭނިއާ، ކޮސޯވޯ ބޮސްނިއާ) 500 އހަރަށް ވުރެގިނަދުވަހު އުސްމާނީ ޚަލީފާ ދެމިއޮތް. މިހާރުވެސް ތުރުކީގެ ސަބަބުން ސީރިޔާ މުސްލިމުންކޮޅު ސަލާމަތްވެފައިވަނީ.
މޫސާފުޅު 5
30 November 2020
ސޫރިއާ ސަލާމަތްވީ ބައްސާރުގެ ހިތްވަރުގަދަ ކަމާއި الله ގެ ރަހުމަތްފުޅުން ރަސިއާގެ އަސްކަރީ އެހީތެރިކަން ލިބުމުން. ތުރުކީން ބޭނުންވީ ބައްސާރު ދުއްވާލަން. މިއީ ކަން ހިނގި ގޮތް.
ބައިރޯ
27 November 2020
މިގައުމުގައިވެސް ބަޢާވަތެއް ކުރި ކޮބާ އޭގެޝަރީއަތަް؟
ގަޑުބަޑު
27 November 2020
ބާޣާ ވާތް ކުރާ މީހުނަށް ހައްޤު އަދަބު ދޭން ވާނެއެވެ. ވެރިކަން ބަދަލު ކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓުން ނެވެ.