އިމްރާން ޕްރެކްޓިހުގައި ބައެއް ކުޅުންތެރިންނާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ޖޫން 2016 - 11:40
އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ޔަމަނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ސަޕޯޓްކޮށްދިނުމަށް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ގޯލްކީޕަރު އިމްރާން މުހައްމަދު އެދިއްޖެ އެވެ.
"ގަލޮޅު ދަނޑުގައި މިހާތަނަށް ރާއްޖެ ޓީމަށް ލިބުނު ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ވަނީ ދިވެހި ސަޕޯޓަރުން. އެ ސަޕޯޓް މިރޭ ބޭނުންވޭ،" އިމްރާން ޓްވީޓްކޮށްފައިވެ އެވެ. "ދަނޑަށް ވަޑައިނުގެންނެވޭ ބޭފުޅުން ވެސް ޓީމަށް ކާމިޔާބީ ދެއްވުން އެދި ދުއާ ކުރުމަކީ މުހިއްމު ކަމެއް."
We need support of our 12th player 🇲🇻⚽️ . Dhandah vadainugennevey beyfulhunves team ah kaamiyaabee dhevvun edhi dhua kurumakee muhimmu kameh
— Imran Mohamed (@ImranMohamed25) June 2, 2016
އިމްރާންގެ ޓްވީޓް
ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި 2007 ވަނަ އަހަރު މާލޭގައި ޔަމަނާއި ރާއްޖެ ކުޅުނު މެޗަކީ ދިވެހި ސަޕޯޓަރުންނަށް ވަރަށް ހާއްސަ މެޗެކެވެ. ޔަމަނުގެ ސަންއާގައި ކުޅުނު މެޗުން ރާއްޖެ 3-0 އިން ބަލިވެފައިވަނިކޮށް މާލޭގައި އެ ނަތީޖާ އަނބުރާލަން ނުކުތްއިރު އޮތީ ދަނޑު އޮތީ ފުރިފަ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި އޭރިއާ ބޭރުން ޝަމްވީލް ގާސިމް (ބޮންޑާ) ފޮނުވާލި ބާރު ބޯޅައެއް ގޯލަށް ވަންއިރު، ދެ ވަނަ ހާފުގައި ރާއްޖޭގެ ދެ ވަނަ ލަނޑު ޖަހައިދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެންމެ ލަނޑެއް މަދުވެ، ދެ ލެގުން ރާއްޖެއަށް ކުރިނުލިބުމުން އެ ފަހަރު ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ރާއްޖެ ނުހޮވުނެވެ.
It's an important match day for @MaldivesFA against Yemen. Come & support your team tonight at 9pm. Tickets available at national stadium🇲🇻
— Bassam Adeel Jaleel (@phe_nomeno) June 2, 2016
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ ބައްސާމްގެ ޓްވީޓް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުހޭދު
02 June 2016
ބޮޑީ ޗެކްކޮއްގެން ދިގު ކިއުގަ ވަންނަން ވެއްޖިއްޔާ ނުވަންނާނަން.
ބޯލައުފާ
02 June 2016
ތިކަހަލަ މީހުން ދަޑަށް ވަނުން ރަގަޅެއް ނޫން. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދަޑަށް މީހުން ވަންނަނީ ކުރީބައިގައިގޮސް ކިޔޫ ހަދައިގެން، ސިކިއުރިޓީގެ ދަށުން.
ރަދީފް
02 June 2016
ބޯޅަލޯބި ، ބޯޅައުފާ މިއީ އެކަކު ހެންހީވަނީ.
ރަދީފް
02 June 2016
ޗޮކުން ދާނީ ނޫޅެން ސަޕޯޓްކުރާކަށް. ނަމަވެސް މޮޅޫވެއްޖެނަމަ ވަަރަށް އުފާވާނެ.
ބޯޅަލޯބި
02 June 2016
ތިބޭފުޅާގެ ސަޕޯޓް މުލުބެއްޏާ ވަރަށް ދެރަ ކަމެއް.
ބޮޑު ހުސޭނު
02 June 2016
ދިވެހި ފުޓްބޯޅަ ކުރިއަށް ދާނީ ފިޒިކަލީ ގޮތުން ވަރުގަދަވެގެން. ޓީމުގެ 3-2 ކުޅުންތެރިން ފިޔަވައި ދެން ތިބޭނީ ހުނަރުގެ ގޮތުން މޮޅު އެހެންނަމަވެސް ފިޒިކަލީ ވަރަށް ދެރަވަރު ކުދިންނެވެ.