ޖޯޖިއާގެ ކެމްޕޭން އެއްވުމެއްގައި ފަސްޓް ލޭޑީ މެލަނިއާ ވާހަކަ ދައްކަވާއިރު ޓްރަމްޕް އަޑު އައްސަވަނީ. --ފޮޓޯ:ރޮއިޓާސް
06 ޑިސެމްބަރ 2020 - 13:10
ޖޯޖިއާ (ޑިސެމްބަރު 6) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖޯޖިއާ ސްޓޭޓުގައި ޖޯ ބައިޑަން ހޯއްދެވި ކާމިޔާބީ އަނބުރާލުމަށް އެ ސްޓޭޓުގެ ރިޕަބްލިކަން ގަވަރުނަރު ބްރިއަން ކެމްޕަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޕްރެޝަރު ކުރައްވަން ފައްޓަވައިފި އެވެ.
ޓްރަމްޕް ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވަނީ ޖޯޖިއާގެ ގާނޫނު ހަދާ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ގަވަރުނަރަށް ގޮވާލައްވައިފަ އެވެ. އެއީ ޓްރަމްޕަށް ތާއީދުކުރާ އިލެކްޓަރުން ހޮވުމަށް ކަމަށްވެ އެވެ.
ވޮޝިންޓަން ޕޯސްޓުން ބުނީ ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ހެނދުނު ޖޯޖިއާގެ ގަވަރުނަރަށް ގުޅުއްވައި އެބްޒެންޓް ވޯޓުގެ އޮޑިޓެއް ހެއްދެވުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު އެއީ ގަވަރުނަރަށް ލިބިގެންވާ ބާރެއް ނޫނެވެ. އަދި ގަވަރުނަރު ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފައި ކަމަށް ޚަބަރުތައް ބުނެ އެވެ. ޓްރަމްޕް ޓްވީޓް ކުރައްވަން ފެއްޓެވީ އޭގެ ފަހުންނެވެ.
ޓްރަމްޕް ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރައްވަން އަދިވެސް ދެކޮޅު ހައްދަވަމުންނެވެ. އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި ޓްރަމްޕް ގެންދަވަނީ ވޯޓު އޮޅުވާލިކަމުގެ ތުހުމަތު ކުރައްވަމުންނެވެ. ޓްރަމްޕުގެ ކޭމްޕުން ވަނީ ގާނޫނީ އެތައް މައްސަލައެއް ކޯޓުތަކަށް ވައްދައިފަ އެވެ.
ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ މެންބަރެއް ކަމަށްވާ ޖޯޖިއާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރަފެންސްޕާޖާ ވިދާޅުވީ ޓްރަމްޕް ތުހުމަތު ކުރައްވާ ފަދަ އެއްވެސް އޮޅުވާލުމެއް އެ ސްޓޭޓުގެ ވޯޓުގައި ހިންގާފައި ނުވާ ކަމަށެވެ. ޖޯޖިއާގެ އެހެން އިލެކްޝަން އޮފިޝަލެއް ކަމަށްވާ ގަބްރިއަލް ސްޓާލިން ވަނީ ޓްރަމްޕް ކުރައްވާ ތުހުމަތުތައް ދޫކޮށްލުމަށް އެދިވަޑައިގެންފަ އެވެ. ސްޓާލިން އަކީ ވެސް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ.
ބައިޑަންގެ ކާމިޔާބީގައި ވަނީ ސްވިންގް ސްޓޭޓެއް ކަމަށްވާ ޖޯޖިއާ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. މިއީ 1992 ވަނަ އަހަރުގެ ފަހުން ޖޯޖިއާގެ ވޯޓް ޑިމޮކްރެޓިކް ކެންޑިޑޭޓަކު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އިންތިޚާބު ބައިޑަން ކާމިޔާބު ކުރެއްވީ 306 އިލެކްޓޯރަލް ކޮލެކް ވޯޓާ އެކު އެވެ. ނަތީޖާ ރަސްމީ ކުރުމަށް އިލެކްޓަރުން މި މަހު 14 ގައި ބައްދަލު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެރަފާ
08 December 2020
ޖަލަށް ދާންޖެހެނީ ހަމައެކަނި ޔާމީން އުތަ؟؟؟
ގޮބަޅި
06 December 2020
ތީ ހަމަ ނުބައި ނުލަފާ ހަރުކަށި ވެރިންގެ ވައްތަރެއް. ތިޔައީ އުފަންވާ ޤައުމަކުން ނުވަތަ އުޅެބޮޑުވާ މާހައުލަކުން ވާގޮތެއްނޫން މީހައިގެ ހުންނަ ނުބައި ހަސީލަތެއްގެ ސަބަބުން ވާގޮތެއް. ތިޔަކަހަލަ އަލާމާތް މިފަސްގަނޑުންވެސް ވަރަށް ރީތިކޮށް ފެނިގެން ހިނގައްޖެ!
ސަނަމް
06 December 2020
މީދެވަނަ ޔާމިނު
ބަސް
06 December 2020
ވައިޓް ހައުސް ދޫކުރަން ޖެހޭދުވަސް ވަރަށް ކާރިވެއްޖެ. ބަލިވެފަ ބަލިކޮށްފަ ތިހުރީ.
ގުމުރާން
06 December 2020
ޔާމީނު އުޅޭހެން ނޫޅޭށޭ މިހާރުވެސް 100 މިލިޔަން މައްސަލައެއްގާ އޭނާހުރީ ޖަލުގައޭ އޭނާހިނގާމަގުންހިނގަންޏާ ޓުރަންޕުވެސް ޖަލަަށްދާންޖެހިދާނޭ ވޯޓުންބަލިވީމަކަށް ބަލާފައި ރީތިގޮތުގާ މިކަން ނިންމާލާށޭ.
ސަންޕަ ހަސަންފުޅު
06 December 2020
ޔާމީނުއުޅޭހެން ނޫޅޭށޭ.