ސެޝަނުގެ ޕެނަލިސްޓުން (ކ-ވ) ފިޔާޒް، ޒަހީނާ، މޫސަ.
07 ޑިސެމްބަރ 2020 - 10:25
ކޮރަޕްޝަން ރިޕޯޓު ކުރުމުގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ހާއްސަ ސެޝަނެއް، މޯލްޑިވްސް ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސުގައި މިރޭ ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ބާއްވާ މި ކޮންފަރެންސުގެ މި ސެޝަން އިންތިޒާމު ކުރަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ.
މިރޭ 8:30 ގައި ޒޫމް މެދުވެރިކޮށް ބާއްވާ ޕެނަލުގައި ބައިވެރިވެވަޑައިގަންނަވަނީ އިންފޮމޭޝަން ކޮމިޝަނަރު އަދި ރާއްޖެ ޓީވީ އާއި "ހަވީރު" ގައި ކުރިން މަސައްކަތް ކުރެއްވި ހުސެއިން ފިޔާޒް މޫސާ އާއި "މިހާރު" ގެ އެޑިޓަރު މޫސާ ލަތީފާއި އަލް ޖަޒީރާގެ ނޫސްވެރިޔާ ޒަހީނާ ރަޝީދާއި އައްޑޫ ލައިވްގެ ފައުންޑަރު މުހައްމަދު ޝަރަފުއްދީނެވެ. މި ސެޝަން މޮޑަރޭޓްކުރައްވާނީ އެމްޖޭއޭގެ ޖެނެރަލް ސެކްރެޓަރީ އަދި ސަން އޮންލައިނުގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފެވެ.
މި ސެޝަނުގައި ފޯކަސް ކުރާނީ ތަހުގީގީ ނޫސްވެރިކަމުގެ ތެރެއިންނާއި ކްރިޓިކަލް ރިޕޯޓިންގެ ތެރެއިން ކޮރަޕްޝަން ފަޅާއަރުވާލުމަށް ނޫސްވެރިން އަދާކުރާ ދައުރަށެވެ. އަދި ކޮރަޕްޝަން ރިޕޯޓްކުރުމުގައި ރާއްޖޭގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލާނެ އެވެ.
MJA will be hosting a panel discussion on challenges on reporting on corruption in #Maldives as part of @TransparencyMV's Maldives Transparency and Anti-corruption Conference.
— Maldives Journalist Association (@mjamaldives) December 4, 2020
Stay tuned for updates!#MTACC2020 https://t.co/Cc7Nucar7f
އެމްޖޭއޭގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިންނާއި އެޑިޓަރުންގެ ޕެނަލެއް ބައިވެރިވާ މިއީ ވަރަށް ޝައުގުވެރި އަދި މައުލޫއުގެ ފުންމިނަށް ވާސިލްވެވޭނެ ސެޝަނަކަށް ވާނެ އެވެ.
ރާއްޖެ އަށް ޒަމާނީ ޑިމޮކްރަސީ އައުމުގެ ކުރިންނާއި އާ ގާނޫނުގެއަސާސީގެ ދަށުން ލިބުނު ނޫސްވެރިކަމުގެ މިނިވަންކަމާ އެކު، ކޮރަޕްޝަން ރިޕޯޓްކުރުމުގައި ނޫސްވެރިން އަދާކުރި ދައުރާއި އަމިއްލަ ތަޖުރިބާތައް ވެސް ހިއްސާ ކުރާނެ އެވެ. އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް މިރޭގެ ސެޝަންގައި އޮންނާނެ އެވެ.
"ކޮރަޕްޝަން ހުއްޓުވުމާއި ފަޅާއެރުވުމުގައި ނޫސްވެރިންގެ ދައުރު ނުހަނު ބޮޑު. އެހެންވެ އެކަމާ ގުޅޭގޮތުން ތަޖުރިބާކާރު ނޫސްވެރިންތަކެއް ދައްކާ ވާހަކަތައް ވެގެންދާނީ އަލަށް ނޫސްވެރިކަމަށް ނުކުންނަ ޒުވާނުންނަށް ވެސް މުހިއްމު ވާހަކަތަކަށް. އަދި އާއްމުންނަށް ވެސް މިއީ ޝައުގުވެރި މުހިއްމު ސެޝަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
މި ސެޝަން ޓްރާންސްޕޭރެންސީ އެމްވީ އާއި އޭސީސީ މޯލްޑިވްސްގެ ފޭސްބުކާއި ޓްވިޓާ ޕޭޖުން ލައިވްކޮށް ފެންނާނެ އެވެ. ސެޝަނުގައި ރަޖިސްޓްރީކޮށްގެން ވެސް ބައިވެރިވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާބެ
08 December 2020
އިންފޮމޭޝަން ކޮމިޝަނަރގެ ނަމުގައި މާއްދާ 27 ބަނޑުއަޅައިގެން ހުރެ، ސަރުކާރުންކުރާ ނޭއްގާނީ ކަންކަން ދިފާޢުކޮށް، އެކަންކަން އޮއްބާލުމަށްޓަކައި ރާވާ ރޭވުންތަކަށް ބޮޅެއް އިތުރުކޮށްލަނީ، އިޚްލާޞްތެރިކަމާއެކު ކުރާ ކަމެކޭބުނެ، ޤާނޫނު ނަހަމަގޮތުގައި ބޭނުންކޮށްގެން ރައްޔިތުންގެ އެތައް ޙައްޤުތަކެއް އެބަ ހިފަހައްޓާ، ޤައުމީ މަޞްލަޙަތަށް ނުރައްކާވާ އެތައް ކަމެއް އެބަ ފޮރުވާ، އެވެރިންގެ އަތުން ލިބޭ މަންފާގެ ފައިދާއެއް މަޙްޝަރުގައި ނުކުރާނެކަން ޔަޤީން.
Codominance
08 December 2020
މިސަރުކާރު ތެރޭ ހިނގާ ކޮރަޕްޝަން ވަކި މަދެއް ނޫން. ތި ނާޑު ކިޔާ ކުންފުންޏަކީ އޭގެ ހެއްކެއް.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
07 December 2020
އިންވެސްޓިގޭޓިވް ޖަރނަލިސްޓުން ޑިމޮކްރެސީ އެކްޓިވިސްޓުން އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަށް ( ގޮންޖެހުން ) މިލަފްޒު ބޭނުންކުރަން ހެޔޮނުވާނެ. ތިޔަކަން ކަމަކީ ގޮންޖެހުމުގެ ސީދާ މަސްދަރުން ކުރަންޖެހޭ ކަމެއް.
ލައިލާ
07 December 2020
ތި 4 މީހުންނަކީވެސް ކޮރަޕްޝަން ހުއްޓުވަން ބުނެ މިސަރުކާރު ގެނައި ބައެއް؛ އެކަމަކު މި ސަރުކާރުން ހިންގާ ކޮރަޕްޝަންއައް އޯކޭވެގެންވެސް ތިބި ބައެއް. ސޯލިހުދެކެ ބިރުން މިސަރުކާރައް އެއްޗެއް ބުނަން ޖެހިލުންވާމީހުން މިރޭ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވާނެ ފިސާރި ރީތިކޮއް
ޅަބޭ
07 December 2020
ތ 4 ބޭފުޅުން އެމްޑީޕީ އަތުން ބޮޑިއެއް ބޯންތޯ ތިއުޅުއްވަނީ....
ބައިރޯ
07 December 2020
ހުސް ގޭމް