ޓީއެމްއޭގެ ބޯޓުތައް އެއާޕޯޓުގައި ޕާކުކޮށްފައި--ފޮޓޯ:ސޯޝަލް މީޑިޔާ
16 ޑިސެމްބަރ 2020 - 14:46
ކޮވިޑް-19 އާ ގުޅިގެން ކުންފުންޏަށް ކުރިމަތިވި މާލީ ދަތިކަމާ ގުޅިގެން ވަޒީފާ އިން ވަކިކުރި މީހުންނަށް ޓީއެމްއޭ އިން އަލުން ވަޒީފާ ދޭން ފަށައިފި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ހިދުމަތް ހުއްޓިފައި އޮތުމުގެ ސަބަބުން ބޮޑެތި މާލީ ދަތިތައް ކުރިމަތިވުމާ ގުޅިގެން ޓީއެމްއޭ އިން ވަނީ ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކޮށްފަ އެވެ. ކޮވިޑްގެ ހާލަތުގެ ކުރިން ޓީއެމްއޭގައި 900 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރި އިރު، އެ ބައްޔާ ގުޅިގެން ކުރިމަތިވި މާލީ މައްސަލަތަކާ އެކު، މުސާރަ 50 ޕަސެންޓަށް ކުޑަ ކުރި އެވެ.
ޓީއެމްއެމްއޭގެ ވަޒީފާ އިން ވަކި ކުރުމަށް ފަހު، އަނެއްކާ ވަޒީފާ އަށް ނުކުތް މުވައްޒަފަކު ބުނީ، މި ދުވަސްވަރު ޓޫރިސްޓުން އަންނަ ވަރު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން، ގިނަ ބަޔަކަށް އަލުން ވަޒީފާ ދީފައިވާ ކަމަށެވެ. ޓީއެމްއޭގެ ދަތުރުތައް ވެސް އިތުރު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ޓީއެމްއޭގެ ކެބިންކްރޫއަކު ބުނީ، އެ ޑިޕާޓްމެންޓުން ކަނޑައިލި ހުރިހާ މުވައްޒަފުންގެ ކަހަލަ ގޮތަކަށް ވަޒީފާ އިޔާދަ ކޮށްފައިވާ ކަމަށެވެ.
"ގުޅާފައި ބުނީ ވަޒީފާ ބޭނުންވާ ނަމަ ނުކުންނަން،" އޭނާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކާކަށް ޓީއެމްއޭއަކުން ބޭނުމެއް ނުވެ އެވެ.
މާލީ ދަތިތައް ކުރިމަތިވެފައިވާ ބްލެކްސްޓޯން އަތުން ޓީއެމްއޭ ގަންނަން އެމެރިކާގެ ބެއިން ކެޕިޓަލްއަށް 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ގެ ލޯނު ދިން ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް އެއާލައިން ގެންގޮސް، ޑިރެކްޓަރުންގެ ބޯޑު ވެސް ވަނީ ބަދަލުކޮށްފަ އެވެ.
މި ފިޔަވަޅު އެޅީ ބްލެކްސްޓޯން އަތުން 2017 ގައި، ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) އަށް ޓީއެމްއޭ ގަތް، އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯއަށް، ލޯނު ދެއްކޭ ގޮތް ނުވެގެންނެވެ.
ކޮވިޑް-19 އާ އެކު ރާއްޖޭގެ ޓޫރިޒަމް ވެސް ހުއްޓުމާ އެކު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ ބޯޓުތައް ވެސް އުދުއްސާލެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން ލޯނުގެ ތާވަލަށް އަމަލު ނުކުރެވި، ބޭންކްތަކުން ދޭ ތާރީހުތަކަށް ފައިސާ ދެއްކޭ ގޮތެއް ނުވި އެވެ. އެކަމަކު، އަނެއްކާ ވެސް ޓޫރިސްޓުން ރާއްޖެ އަށް އަންނަން ފެށުމުން ސީ ޕްލޭންގެ ދަތުރުތައް މިވަނީ އިތުރުވާން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީ
17 December 2020
އަހަރެންގެ ފިރިމީހާ ކުންފުނިން ވަކިވަންދެން ވަރަށް ބުރަކޮށް ޓީއެމްއޭގައި މަސައްކަތްކުރި މީހެއް. މައްސަލައަކީ ކުންފުންޏައް ހެސްކިޔާފަ ފައިސާލިބުނު އިރުވެސް ނުކެރޭ 1 މަހު މުސާރަ ބޯނަހެއްގެ ގޮތުގައި ދިއްކޮށްލާކަށް. ފައިދާ ނުވެޔޭކިޔާފަ އަބަދުވެސް 50-%60 އެންމެމަތިންވެސް ދޭނީ. ކީއްތަވާނީ ބޯނަސް އަހަރަކު 2 ފަހަރުވެސް ދޭން. އަނެއްކާ ތަފާތުކުރުން އެވަރަށް އޮވޭ.
ތުއްތު
17 December 2020
ރާއްޖޭގައި ބޮޑު މުސާރަލިބޭ މިފަދަ ބޮޑެތި ކުންފުނިތަކުގަ އަދިވެސް ގިނައީ ލަންކާ އަދި އިންޑިއާގެ މީހުން. މުސާރަ ނުދެވުނީމަ އެންމެ ފުރަތަމަ ވެސް ކަނޑާލާނީ ދިވެހިމީހާ. ސަރުކާރުން ދުރާލާ ވިސްނައިގެން ފިޔަވަޅުތަކެއް އަޅައިގެން ދިވެހިންގެ ބިމުގަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަކަށް މަގުފަހި ކޮށްދޭން އެބަޖެހޭ.
ޙަބީބު
16 December 2020
ހަ މަވަންދެން ދައްކާނީ %8 އޭރުން މުވައްޒަފުން ކަނޑާލާކައް ނުޖެހޭނެ އަދި ކުންފުނިން 3 މަހު މުވައްޒަފުންނައް މުސާރަދޭންވެސް ޖެހޭނެ މިދެންނެވި ބޮޑު ރައުސް މާލު ބަލަހައްޓާނީ މިނިސްޓްރީއޮފް ޓޫރިޒަ މުން އޭރުން ނުޖެހޭނެ ޕެންޝަން ފަންޑުދޭށޭ ކިޔާ ސަލާން ޖަހާކައްވެސް އެފައިސާވެސް ހާލުގަ ޖެހުނު ދުވަހު ު ނުދެވުނު
ޙަބީބު
16 December 2020
ސަރުކާރުން ދެންވެސް ކުރަންވީ ކަ މަކީ ދުރާލާ މިކަހަލަ ކަ މަކައް ތައްޔާރުވާންވީ ކޮން މެ މުވައްޒަފަކައްވެސް 6 މަހުގެ މުސާރަ ރައްކާރޮއް ބަލަހައްޓަން ޖެހޭނެ ކަ މައް ގާނޫނުގަ ލިޔަންވީ އެއީ މަހަކު 15.000 ރުފިޔާގެ މަގުން 6 މަހައްވާ އަދަދެއް މިފައިސާ ކޮން މެ ކުންފުންޏަކުންވެސް ރައްކާ ކުރަން ޓެކްސްގެ ތެރެއިން ކުންފުނި ތަކައް ލުއިދޭނީ މިސާލަކައް ރިސޯޓަކުން ޓީޖީއެސްޓީގެ ގޮތުގަ ދައުލަތައް ދައްކަން ޖެހެނީ %12 ޕަސަަންޓްކަ މުގަވާނަ މަ އެއަދަދު
ލައުރާ
16 December 2020
ޙަބީބު ކޮއްފަ އިންކޮ މަންޓް ވަރައް ރަނގަޅު ދައުލަތުން މިފަދަ ހިޔާލުތައް ދިރާސާކުރުން ވަރައް މުހިން މު
އޮނަރަބްލް އަފީފު ދީދީ
16 December 2020
ދިވެހިންގެ ބަދަލުގައި ބިދޭސިން ގެންގުޅޭ މިފަދަ ކުންފުނިތަކަށާއި ރާއްޖޭގެ ރިސޯޓްތަކަށް ކުރިއަށްއޮތް 2 އަހަރު ދުވަހަށް ބިދޭސިން ގެންނާން ވޯކްވީސާ ދޫކުރުން ހުއްޓާލަންޖެހޭ. # ދައުލަތާއި ރައްޔިތުން ކޮވިޑްގެ ސަބަބުން އަރައިނުގަނެވޭފަދަ ނިކަމެތި ހާލަތެއްގައިވަނިކޮށް ރާއްޖޭގެ އެންމެ ރަނގަޅު ލާރިލިބޭ ވަޒީފާތައް ބިދޭސިންނަށް ޙާއްސަކުރާން ބަލަހައްޓައިގެން ސަރުކާރު އޮވެގެން ނުވާނެ.
ތިމާވެށި
16 December 2020
ސީޕްލޭން ގެ ފައިދާ ފެންނާނީ އިތުރު ބަޔަކަށް ފުރުސަތު ދީގެންނެވެ.
ދުރު މި
16 December 2020
ކޮބާ ފުލައި މީން ގެއަށް ފޮނުވާލި މުވައްޒަފުން، ގާސި މަށް އަޑުއިވޭތަ މިކިޔާއެއްޗެއް، 2023 ގަ އަހަރެ މެންގެ ކަންފަތްވެސް ބީރުވާނެ.
އަތްޖަހާ
16 December 2020
ދިވެހި މުވައްޒަފުން ކަނޑާލި އިރު ބޭރު މީހުން ތިބީ ވަޒީފާގަ.
ހަސަނު1
17 December 2020
ތީ ދޮގެއް