ވިޔަފާރި / އެޑްވަޓޯރިއަލް

އަބަދު އޮންނަނީ ރީޗާޖް ކުރަން ޖެހިފައިތަ؟ އުރީދޫން ދޭ ހައްލު

އުރީދޫގެ ޝޮޕެއްގައި ކަސްޓަމަރުން ހިދުމަތް ހޯދަނީ--ފޮޓޯ:އުރީދޫ

19 ޑިސެމްބަރ 2020 - 14:07

8 comments

އާޖެންޓްކޮށް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ގުޅައިލަން ބަލައިލާ އިރު ފޯނުގައި ކްރެޑިޓް ނެތްކަން އެނގުމުން މާޔޫސްވެ އެވެ. އެކަމަކު ވަގުތުން ރީޗާޖުކޮށްލަން ދެވެން ނެތިއްޖެ ނަމަ ކިތަންމެ މުހިއްމު ވާހަކައެއް ވެސް ނުބުނެވި ފަސްކޮށްލަން ޖެހެ އެވެ. މިއީ ޕްރީޕެއިޑް ނަންބަރުތައް ގެންގުޅޭ މީހުންނަށް އޮންނަ އެންމެ ބޮޑު ތަކްލީފެވެ. އަބަދު ޖެހިފައި އޮންނަނީ ރީޗާޖު ކުރާށެވެ.

ނަމަވެސް އުރީދޫން އެ އުނދަގޫތަކަށް ވެސް ދާއިމީ ހައްލެއް ހޯދައިދީފި އެވެ. އަވަހަށް "އާޗާ" ޕެކޭޖެއް ސަބްސްކްރައިބުކޮށްލާށެވެ. އޭރުން އަބަދު ރީޗާޖު ކުރަން ޖެހޭ ޖެހުމަށް ހައްލެއް ލިބުނީ އެވެ.

އުރީދޫން "އާޗާ ޕްރިޕެއިޑް"ގެ ނަމުގައި ރާއްޖެއަށް އަލަށް ތައާރަފްކުރި މި ޕްލޭންގައި އެއް ފަހަރު ރީޗާޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވެ އެވެ. އެގޮތުން ތިން މަސް، ހަ މަސް އަދި އެއް އަހަރަށް ވެސް މި ޕްލޭނެ ނެގޭނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ މިއީ ކޮވިޑާ ގުޅިގެން އާންމުންނަށް ކުރިމަތިވެފައިވާ މާލީ އުނދަގޫތަކަށް ލުޔެއް ދިނުމުގެ ގޮތުން ތައާރަފްކުރި ޕްލޭންތަކެއް ކަމަށެވެ. މީގެ ކުރިން ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ވެސް ލުއިތަކެއް ދީފައިވާކަމަށާއި މިފަހަރު އާޗާއިން ލުއި ލިބޭނީ ޕްރިޕެއިޑް ކަސްޓަމަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި މި ޕްލޭންތަކާ އެކު އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެވުނީ އެވެ.

އުރީދޫގެ ކަސްޓަމަރަކަށް މުވައްޒަފަކު މައުލޫމާތު ދެނީ: އާ ހިދުމަތްތައް އަންނަނީ ތައާރަފުކުރަމުން --ފޮޓޯ:އުރީދޫ

"ކޮވިޑްގެ ހާލަތުގައި އެންމެން ވެސް އެބަ ބުނޭ އިންޓަނެޓްގެ އަގު ހެޔޮ ކޮށްދޭން. ދެން އަޅުގަނޑުމެން ބެލީ ކިހިނެތްތޯ މިކަން ކުރެވޭނީ. އެގޮތުން އާޗާ އިން ޑޭޓާއަށް ކުރިން ހަރަދު ކުރާ ވަރުގެ 30 ޕަސެންޓާއި 40 ޕަސެންޓް ކޮންމެ ކަސްޓަމަރެއްގެ ޖީބުން ސަލާމަތް ކުރެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

މިދުވަސްވަރު މިވަނީ އާންމުން އިންޓަނެޓް ބޭނުން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި، އޮފީސް މަސައްކަތާއި، ސްކޫލް ކުދިންގެ އޮންލައިން ކްލާސްތަކާއި އެހެނިހެން ކަންކަމުގައި ވެސް އިންޓަނެޓަށް ބަރޯސާވެފައި އޮތް މިންވަރު ވަރަށް ބޮޑެވެ.

އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކުރުމުން އެއް ފަހަރު ރިޗާޖް ކޮށްލައިގެން 3 މަހަށް، 6 މަހަށް ނުވަތަ އެއް އަހަރަށް ލުއިފަސޭހަ ކަމާއެކު ޑޭޓާ އެލަވަންސް، އަންލިމިޓަޑް އުރީދޫ ކޯލްސް އަދި ހިލޭ އެސްއެމްއެސް ކޮންމެ މަހަކު އާވާނެ އެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ހިދުމަތް ދޭ ޝޮޕެއް: މިއިން ޝޮޕަކަށް ގޮސްގެން ވެސް އާ ޕްލޭންތައް ނެގޭނެ --ފޮޓޯ:އުރީދޫ

"އާއިލާ އާއި ރައްޓެހިންނާ އެކު އޮންނަ ގުޅުން ބަދަހިކޮށް، އެހެނިހެން ކަންކަން ކުރުމަށް ވެސް މަގު ފަހިވެގެންދާނެ މި ޕްލޭންތަކާ އެކު،" ނިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތްކުރަނީ މިފަދަ އިޖާދީ ތަފާތު ޕްރޮޑަކްޓްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، އިތުރު ލުއިފަސޭހަކަމާ އެކު ގިނަ ފައިދާތަކެއް ލިބޭ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭތޯ."

ނިޔާޒް ވިދާޅުވީ ކުރިން 1،000 ރުފިޔާ ހަރަދުކޮށްގެން ލިބޭ މިންވަރަށް މިހާރު 500 ރުފިޔާއިން ޑޭޓާ ލިބޭނެ ކަމަށެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންތައް

- 750ރ: ތިން މަސް ދުވަހަށް

މި ޕެކޭޖުގެ މުއްދަތުގައި ކޮންމެ މަހަކު 2.5 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް އަންލިމިޑެޓްކޮށް ގުޅޭނެ އެވެ. އެހެން ނެޓްވޯކްތަކަށް 25 މިނެޓް ހިލޭ ގުޅައިލުމާއި 50 ލޯކަލް އެސްއެމްއެސް ލިބޭނެ އެވެ.

- 1،500ރ: ހަ މަސް ދުވަހަށް

މި ޕްލޭނުން 3 ޖީބީ، އުރީދޫ ނަންބަރުތަކަށް އަންލިމިޑެޓް ކޯލް، އެހެން ނެޓްވޯކްތަކަށް 50 މިނެޓް ހިލޭ އަދި ލޯކަލް ނަންބަރުތަކަށް 100 އެސްއެމްއެސް ހިލޭ ކޮށްލެވޭނެ އެވެ.

- 3،000ރ: އެއް އަހަރު ދުވަހަށް

މި ޕްލޭންގެ ދަށުން ކޮންމެ މަހަކަށް 3.5 ޖީބީ، އުރީދޫ ނަންބަރުތަކަށް އަންލިމިޑެޑް ކޯލް، އެހެން ނެޓްވޯކްތަކަށް 100 މިނެޓް ހިލޭ، އަދި 200 އެސްއެމްއެސް ހިލޭ ކޮށްލެވޭނެ އެވެ. \

މި ޕްލޭންތައް އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ. އެގޮތުން ކީވޯޑް "3" (3 މަހުގެ ޕްލޭން)، "6" (6 މަހުގެ ޕްލޭން) ނުވަތަ "12" (12 މަހުގެ ޕްލޭން) ޖެހުމަށް ފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނަގާ ނަމަ އުރީދޫ ޝޮޕަކަށް ގޮސް ސްޓޭންޑާޑް ޕްރިޕެއިޑް ޕްލޭނެއް ގަތުމަށް ފަހު އާޗާ ޕްލޭނެއް ނެގޭނެ އެވެ.

އާ ސަބްމެރިން ކޭބަލް: އުރީދޫން ބުނަނީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް --ފޮޓޯ:އުރީދޫ

ކޮންމެ ދުވަހަކު ޑޭޓާ އާވާނެ ޕްލޭނެއް ވެސް އުރީދޫގެ އާޗާ ޕްރިޕެއިޑްގެ ދަށުން ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން "އާޗާ ޑެއިލީ 1 ޖީބީ"ގެ ނަމުގައި ތައާރަފްކުރި މި ޕްލޭންގެ ދަށުން މަހަކަށް 500 ރުފިޔާ ހޭދަކޮށްގެން 30 ދުވަހަށް 30 ޖީބީ ލިބެ އެވެ. ހަފްތާއަކަށް ނަގާ ނަމަ 150 ރުފިޔާއަށް ހަތް ދުވަހަށް ހަތް ޖީބީ ލިބެ އެވެ.

މި ޕްލޭންތައް އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލާ ނަމަ ކީވޯޑް “UD150” (އާޗާ ވީކްލީ ޕެކް)، “UD500” (އާޗާ މަންތްލީ ޕެކް) ޖެއްސެމަށް ފަހު 555 އަށް މެސެޖް ފޮނުވުމުން އެކްޓިވޭޓް ވާނެ އެވެ. ނުވަތަ #1*929* ގުޅައިގެން ވެސް އާޗާ ޕްލޭނެއް އެކްޓިވޭޓް ކުރެވޭނެ އެވެ.

އުރީދޫން އަންނަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ގޮތަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މުހިއްމު މަސައްކަތްތަކެއް ކުރެ އެވެ.

ޕްރިޕެއިޑް ކަސްޓަމަރުންނަށް އާޗާގެ ދަށުން އާ ޕެކޭޖުތަކާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އެކު" ގެ ދަށުން ހާއްސަ ކަންތައްތައް ތައާރަފްކުރަން އުރީދޫން އަންނަނީ ތައްޔާރުވަމުންނެވެ.

8 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިފޫ

20 December 2020

ދިރާގު މަމެން ޕެކޭޖްއިން 140ރ އަށް 2ޖީބީ ލިބޭ...

The name is already taken The name is available. Register?

ދިރާސށ

20 December 2020

މިވެސް ބަޔަކަށް ކުޑަ ލުއިތަކެއް ލިބޭނޭ ކަމައް. އެހެނަސް މީގައި އަގުވެޔެކޭ ނުބުނެވޭނެ. މަގޭ ޕުލޭނުން 180.47 އަށް 2ޖީބީ ލިބޭ . 20ރ އަށް 150މިނިޓް ލިބޭ(2ގަޑިއިރާއި ބައި ،،އުރީދޫ މިނިޓްސް).. ބާކީ 50ރ ފޯނަށް އަޅައިގެން އުޅުނަސް ދިރާގަށް ގުޅޭނެ.

The name is already taken The name is available. Register?

1828

19 December 2020

- 750ރ ގެ ޕެކެޖް / 03 މަސް = 250ރ - 1500ރ ގެ ޕެކެޖް / 06 މަސް = 250ރ - 3000ރ ގެ ޕެކެޖް / 12 މަސް = 250ރ މިއީ ރޮކެޓް ސައިންސެއްނޫން. 3000ރ ޕެކެޖް ގައި މަހަކަށް މިލިބެނީ 3.5ޖީބީ. އެއީ ގާތްގަނޑަކަށް 01 ފުޓްބޯޅަ މެޗް ސްޓްރީމް ކުރެވޭ ވަރު. އެވްރެޖްކޮށް ޔޫތު މިހާރު ދުވާލަކަށް 02 ޖީބީ ބޭނުންކުރާނެ. އެހެންވީމައި ތިޔައީ ދިވެހިންނަށްކުރި މަލާމާތެއް. ދިރާގު އަދި އުރީދޫ ދިވެހިންނަށް ހެވެއް ނޭދޭނެ.

The name is already taken The name is available. Register?

ނިފޫ

20 December 2020

އާން ތިޔަ ޔޫތުގެ ކަންތައް ވަރަށް ބޮޑު ވެއްޖެ! މި ގެއަށް ލިބޭހާ ޑާޓާ އެ ސޮރު ބޭނުންކޮށް ހުސްކޮއްލާ

The name is already taken The name is available. Register?

Ahmed

19 December 2020

މިއުޅެނީ 20 ރިޗާޖް ކޮށް ނުލެވިގެން ، ދެން ތިއެއް ހޯދަން އެންމެ ކުޑަވެގެން -/750 ރ ، ތީ ބޮޑުވަރު ބޯކާލިޔަސް

The name is already taken The name is available. Register?

އައިމިނަތު 837

19 December 2020

އިންޑިއާގެ އެއަރޓެލް އިން 398 ރުޕީސްއަށް( -/89ރ) ދުވާލަކު 3 ޖީބީ ޓޭޓާ އަންލިމިޓެޑް ލޯކަލްކޯލް މަސް ދުވަހަށް ލިބޭ، އުރީދޫ އަދި އެއަށް ވުރެވެސް ރަނގަޅެންނު

The name is already taken The name is available. Register?

1828

19 December 2020

750ރ ގެ ޕެކެޖް / 03 މަސް = 250ރ 1500ރ ގެ ޕެކެޖް / 06 މަސް = 250ރ 3000ރ ގެ ޕެކެޖް / 12 މަސް = 250ރ މިއީ ރޮކެޓް ސައިންސެއްނޫން. 3000ރ ޕެކެޖްގައި މަހަކަށް 3.5ޖީބީ ލިބެއޭ ބުނީމައި އަންނަނީ ހިނި. މިހާރުގެ ޒުވާނުން އެވްރެޖްކޮށް 2 ޖީބީ ބޭނުން ކުރޭ. ފްރީ މިނިޓްސް ބޭނުމެއް ނޫނޭ. ބޭނުމީ ހަމައެކަނި އަގުހެޔޮކޮށް ޑާޓާ ޕެކެޖް. އެކަމެއް ނުކޮށްދޭނެ.

The name is already taken The name is available. Register?

ދސދސ

20 December 2020

އެމީހުންނަށް އެކަން އެނގޭނޭ ދަރިފުޅާ. ވިޔަފާރިއޭމީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454