އެފްއެސްއެމްގެ މުވައްޒަފުންތަކެއް ޕެޓްރޯލް ޝެޑެއްގައި މަސައްކަތް ކުރަނީ: އެމްޕީއެލްގެ މުވައްޒަފުންތަކަކާ ގުޅިގެން އެފްއެސްއެމްގެ މުވައްޒަފުންތަކެއް ހިންގި ވައްކަމުގައި ވަނީ ފިޔަވަޅު އަޅާފައި. --ފޮޓޯ/މިހާރު
20 ޑިސެމްބަރ 2020 - 11:27
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ހިންގި އަށް މިލިއަން ރުފިޔާގެ ވައްކަމުގައި އެފްއެސްއެމްގެ އިތުރު މުވައްޒަފުންތަކެއްގެ ބައިވެރިވުން ހިމެނޭ ކަމުގެ ތުހުމަތުކޮށް ސަސްޕެންޑްކޮށްފި އެވެ.
ކޮވިޑް-19އާ ހެދި ޚަރަދުކުޑަކުރަން އެމްޕީއެލްގެ އޮޕަރޭޝަންސްތައް މަޑުޖައްސާލާފައި ވަނިކޮށް ހިންގި ވައްކަމުގައި ކުރިން ސަސްޕެންޑްކުރީ އެފްއެސްއެމްގެ ބައުޒަރު ދުއްވާ މީހެކެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ރާއްޖެ ޓީވީގައި ރޭ ވިދާޅުވީ އެމްޕީއެލްގެ ތެލުގެ ވައްކަމުގައި އެ ކުންފުނީގެ އިތުރު ފަސް މުވައްޒަފަކު ސަސްޕެންޑްކުރީ އިންޓާނަލް އޮޑިޓުން ތުހުމަތުތަކެއް ކުރެވުމުން ކަމަށެވެ. ސީނިއާ މެނޭޖްމަންޓުގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ނުބެލެވޭ ކަމަށާއި ސަސްޕެންޑްކުރި އެންމެންނަކީ ވެސް ބައުޒަރު ދުއްވާ ޑިޕާޓްމެންޓަށް ނިސްބަތްވާ މީހުން ކަމަށް ވިދާޅުވި އެވެ.
"އޮޑިޓުން އަޅުގަނޑުމެންނަށް ފާހަގަވާ ހެކިތައް އެބަހުރި، ހުރިހާ މައުލޫމާތެއް މިދަނީ ފުލުހުންނާ ހިއްސާކުރަމުން،" ގަސަމް ވިދާޅުވި އެވެ.
އޭނާ ރޭ ވެސް ވިދާޅުވި ގޮތުގައި އެމްޕީއެލަށް ތެޔޮ ހޯދުމުގައި ކުރި ވައްކަމަކީ ޒަމާނުއްސުރެން ހިނގަމުން އައި ކަމެއް ކަމަށް ބެލެވެ އެވެ. އެކަން ފަޅާއެރީ، ކޮވިޑާ ގުޅިގެން ޚަރަދުތައް ކުޑަކޮށްފައި އޮތް ތިން މަހު އާދަޔާޚިލާފަށް ބޮޑުވުމުންކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.
ވައްކަން ފަޅާއެރީ، އޮޕަރޭޝަންސްތައް މަޑުޖައްސާފައި ވަނިކޮށް މާގިނައިން ތެޔޮ ބޭނުންކުރި ކަމަށް ރިޕޯޓްތަކުން ފެންނަން އޮތުމުން ޝައްކުވެގެން ބެލުމުން ކަމަށް އެމްޕީއެލް އިން ވެސް ވަނީ ބުނެފަ އެވެ.
ތެލުގެ ވައްކަމާ ގުޅިގެން އެމްޕީއެލް އިން ފިޔަވަޅު އެޅީ އެތަނުގެ ޕްރޮކިއުމެންޓުގެ ތިން މުވައްޒަފަކަށެވެ. އެ ވައްކަން ކުރީ ޑޮކިއުމެންޓްތައް ފޯޖު ކޮށްގެން ކަމަށާއި އެމްޕީއެލަށް ނުލިބޭ ތެލަށް ވެސް ބިލް ހަދާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މިކަމަށް އެއް މުވައްޒަފަކު ފުރަތަމަ އެއްބަސްވި ނަމަވެސް ފަހުން ވާހަކަ ބަދަލުކޮށް، ތުހުމަތުތަކަށް ވަނީ އިންކާރުކޮށްފަ އެވެ.
މި މައްސަލައިގެ ކުރިން ވެސް އެމްޕީއެލުން ތެލުގެ ވިޔަފާރީގެ މުއާމާލާތުގައި ހިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުކުރި އެވެ. އެއް މައްސަލައަކީ މެރީޑިއަމުން އެމްޕީއެލަށް ތެޔޮ ސަޕްލައިކޮށްދޭ ވަރަށް ވުރެ އެތައް ގުނަ އިތުރަށް ބިލް ހަދައި އޮޅުވާލައިގެން ފައިސާ ހޯދި ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި ތުހުމަތު ކުރީ އެމްޕީއެލް އަށް މަހަކު 60،000 ލީޓަރުގެ ތެޔޮ ވިއްކަން އެއްބަސްވެފައި ވަނިކޮށް، މެރީޑިއަމުން މަހަކު 160،000 ލިޓަރުގެ ތެޔޮ ވިއްކާ ކަމަށް އެމްޕީއެލަށް ބިލް ކުރުމެވެ. މި ތުހުމަތު މެރީޑިއަމުން ދޮގުކޮށްފައި އޮތަސް އޭސީސީން ވެސް މައްސަލަ ބެލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
21 December 2020
ވައްކަމާއި ކަރަޕްޝަން ފިލުވޭނީ ފުދުންތެރިވެގެން/2 ކޮޅުޖެހޭ އާމްދަނީއެއް ލިބިގެން!
އަލިފުޅު3
21 December 2020
ތިޔަ ޒާތުގެ ވާހަކަ ޓީވީ ތަކުގަ ކިޔީމާ އަހަރުމެން ލަދު ގަނެއެވެ. ހެޔޮނުވާނެއެވެ، ތިހެން ނުހަދާށެވެ. ބައުޒަރު ދުއްވާ މީހުން ވިއްކާ ތެލުގެ ރުފިޔާ ބައުޒަރު ދުއްވާ މީހުން އަތަށް އަރާނީ ވިއްކި ކަމަށް ބުނާ ތެލުގެ ބައެއް ހިފައިގެން އެތަނުން ބައުޒަރަށް ނުުކުމެވި ބޭރު ތެރެއަށް ވިއްކި ގެންނެވެ. ނޫންނަމަ ދެން ކުރަން ޖޭހޭނެ ކަމަކީ މޕލ ގެ ތެޔޮ ޓޭންކުން ތެޔޮ ބޭރުކޮށް ތެޔޮ ވިައްކުމެވެ. މި ދެކަން ވެސް ބައުޒަރު ދުއްވާ ބަޔަކަށް އެކަނި ކުރެވޭނެހެން ހިއެއް ނުވެއެވެ.
ވައިސޫރި
20 December 2020
ކޮބައިތޯ ރިޔާޒު ރަސީދު ތެއޮކުންފުނި މެދުވެރިވެގެންކުރި ވައްކަން ހުދުކާފޫރައްވެގެން ނިމުނީތޯ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
20 December 2020
ތިޔަ ތަހުގީގުން ތިޔަ ބަލަނީ މިސަރުކާރުގެ 2 އަހަރު އެކަނިތޯ ؟ ކޮބާތޯ ޔާމީންގެ 5 އަހަރު ހަމަ އޮމާންކޮށް ރަނުން ރަނަށްތޯ ތިޔަ ތެޔޮ މިނެކިރުން އޮތީ؟ ކޮބާތޯ ރައީސް ނަޝީދުު 3 އަހަރު ؟ ކޮބާތޯ ވަހީދު 2 އަހަރު ؟ މައުމޫންގެ ފަހު 5 އަހަރުވެސް ބަލާލަން ފެނެ؟
ފަނިިބެ
20 December 2020
ތިގޮތަށް އެޗް.ޑީ.ސީ ތެރެ ބަލާލިނަމަ. ވަކި ބަޔަކު ކެއީމަދޯ މައްސަލަޔަކަށް ވަނީ؟
އެސަރުކާރ
20 December 2020
ދިވެހި ދައުލަތުގެ އަދި އެމްޕީއެލްގެ އެއްވެސް ބާރެއް ނުހިނގާ ވަކި ވެރިކަމެއް ހިނގާ ތަނެއް ނޯތު ހާބަރަކީ. އެތާ ގުންޑާހެދިފަ އުޅޭ ދުވަސްވީ ސިޔާސީ ގޮތުން ވަދެވިފަ ތިބި މީހުންގެ އަނިޔާއިން އެތަންވެސް އެބަޖެހޭ ސަލާމަތްކުރަން. ރަށްރަށުން އަންނަ ބޯޓު ފަހަރަށް ރަނގަޅަށް ހިދުމަތްވެސް ނުދޭ ހީވަނީ އެމީހުންގެ އަމިއްލަ ތަނެއްހެން
އަލިމަނިކާ
20 December 2020
ތެލުންވައްކަންކޮށްގެން ވަޒީފާއިން ވަކިކުރި މީހާ ޔޫތުމިނިސްޓްރީގެ އެގްޒެކްޓިވް ޑައިރެކްޓަރަކަށް އެބައުޅޭ. ޒޯރޯޓޮލަރެންސަކީމިއީބާ؟
ބައިރޯ
20 December 2020
މުލުން ގޮފި، ގޮފިން ފަތް!
ހޭވައްލާ1
20 December 2020
ޒަމާނުއްސުރެ ހިނގަމުން އައި ކަމެއްކަމަށް ބެލެވޭ. ޒަމާނުއްސުރެ އިންޓާރނަލް އޮޑިޓަރު ކީއްތޯ ކުރެއްވީ. މިކަހަލަ ބޮޑެތި ހުރިހާ ވައްކަމެއް ހިނގުުގައި އިންޓާނަލް ކޮންޓްރޯލްގެ ދޯދިޔާކަން ހިމެނޭ. ޕްރޮކިއުމެންޓްގެ ކަންކަންވެސް މޮނިޓަރކުރުން ގަސްދުގައި އޮންނަނީ ގަޔަށްދޫކޮށްލާފަ. އެއްވެސް ބެލެހެއްޓުމެއް މޮނިޓަރކުރުމެއް، މަސައްކަތް ހަވާލުކުރާ ފަރާތތަކަކީ ޕްރޮކިއުމެންޓް ޑިޕާޓްމަންޓާ ގުޅިފަ ތިބޭ ބައެއްތޯ ބެލުމެއް ނޯވޭ.
އަދިރި
20 December 2020
އިންޓާނަލް އޮޑިޓް ފުރަތަމަ އެއްކޮށް ސަސްޕެންޑް ކުރަންވީ.
ހޭވައްލާ2
21 December 2020
ހޭވައްލާ އަށް މާ ބޮޑަށް ތި އިނގެނީ
ޑރ. ރާމީ ޙަސަން މަނިކު
20 December 2020
އިބޫ ގެންގުޅެނީ މައުމޫނު ގެ ސިޔާސަތޭ. އެ ސިޔާސަތަކީ ވަޒީރަކު ކޮރަޕްޝަން ގެ ޢަމަލެއް ހިންގައިފި ނަމަ އެއަށް ވުރެ މަތީ މަޤާމް އެއް ދޭ ސިޔާސަތޭ. ކޮންމެ މީހަކު ކޮންމެ ކަމެއް ކުރި ނަމަވެސް އިބޫ އަށް ވަރިހަމައެވެ. ލޭ ނާރު ޗިސް ޗިސް ކޮށްލާ، ފިސް ފިސް ކުރިއަސް އިބޫ އަށް އޯކޭ އެވެ.