ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މޯލްޑިވްސް މެރިން އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ--ފ
20 ޑިސެމްބަރ 2020 - 12:47
އަހަރު ނިމެން މި އޮތް 10 ދުވަހު އިތުރު 40،000 ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ ފަށަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މައުސޫމު ވިދާޅުވީ މިހާރު ވެސް 18 އަށް ވުރެ ގިނަ އެއާލައިން އިން ރާއްޖެއަށް ދަތުރު ކުރަމުން އަންނަ އިރު ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު ވެސް މައްޗަށް ދާނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ ހަފްތާގައި ވަނީ ބައި މިލިއަނަށް އަރައިފަ އެވެ. މިއީ ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް އައިސް ޖުލައި މަހު އަލުން ހުޅުވާލި ފަހުން ސަރުކާރުން ކަނޑައެޅި އަމާޒެކެވެ.
ކަނޑުމަތީގެ ޓޫރިޒަމްގެ މުހިއްމު ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ދިގު ތާރީހުގައި ސަފާރީ ބޯޓުތަކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ސަފާރީތައް ބޮޑުވެ، ރިސޯޓުތަކާ އެއް ހަމައެއްގައި ހިދުމަތް ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ބޯޓިން އާއި ކްރޫޒް ޓޫރިޒަމް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ފުޅާވަމުން. މީގެ ތިން އަހަރު ކުރިން ހުރި ސަފާރީ ބޯޓުތައް މިއަދު ފެންނަނީ ލަގްޒަރީ ޔޮޓްތަކުގެ ގޮތުގައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓަކީ ފެން ކަމަށް ވާ އިރު ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމުގައި ކަނޑު ދަތުރުފަތުރު މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.
ރާއްޖޭގައި އިތުރު ސާފިން ޕޮއިންޓްތަކާއި އިތުރު ޑައިވް ޕޮއިންޓްތައް ވެސް ހާއްސަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލުމަށް އެދެމޭ
21 December 2020
ގެނެވޭނެ ތިޔަށްވުރެ ގިނައިންވެސް ގެނެވޭނެ.. ވޯކްވިސާގަ އަންނަ މީހުންނާ ވިސާނެތި ފްރީކޮށް އެތެރެވާ މީހުންނާ ހާއްސަ ހުއްދައިގެދަށުން އެތެރެވާ މީހުންނާ އިންސާނިއްޔަތަށް ހެލޮކޮޕްޓަރު ދުއްވަދޭން އަންނަ މީހުންނާ އިންސާނިއްޔަތަށް ހެލިކޮޕްޓަރު ބަލަހައްޓަދޭން އަންނަ މީހުންނާ އިންސާނިއްޔަތަށް ރާޑަރުބަލަހައްޓަދޭން އަންނަ މީހުންނާ މިހެންގޮސް އަހަރެ މެންނަ ކިޔަންނޭގޭ އިންސާނީޙިދު މަތްދޭ މީހުންނާ މިއެއް މެންނާއެކު ތިޔަށްވުރެ އަދަދުބޮޑުވާނެ..ދައުލަތަށް ޑޮލަރެއްއެތެރެނުވެބޭރުވަނީ.
އަހަންމާބެއްޔާ 1234
21 December 2020
ދުވާލަކު 4000 މީހުން އަންނަން ފެށީމާ އެވްރެޖް ހިސާބު ހަދާލާފައި މަށަށްވެސް ތިޔަހެން ބުނެވިދާނެ. ހެޑްލައިންގައި ޖަހާލަދޭންވީނުން ދޯ!
ސާބަހެޭ
20 December 2020
އެސްފީނާ ޖެހޭވަރުކޮށްލާތި.
މާސްޓަރ
20 December 2020
މިއީ އަޖައިބެއް. ޓުއަރިސްޓުން އައުމާއި، ގެނައުމުގެ އެއްވެސް މަސައްކަތެއް ކުރާތަނެއްނޫން މިނިސްޓްރީއަކީ. ޓުއަރިސްޓުން ބުކިން ހަދަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ޑައިރެކްޓްކޮށް. އެމީހުން ފުރުމާ ހަމައަށްވެސް މިނިސްޓްރީން ކުރާކަމެއް ނޯވޭ. އެކަމަކު އަބަދުވެސް ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރަކަށް ހުންނަ މީހަކު ޓުއަރިސްޓުން ގެންނަކަމަށް ފޮނިކަޑާ.
ސްކިޕަރ
20 December 2020
މާނައަކީ 10 ދުވަހު 40،000 ޓުއަރިސްޓުން ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ވަންދާނެއޭ. އެއީ 5 ލައްކަ ދިވެހިންގެ މެދުގައި ހަމަހަމައަށް ބަހާލައިފިނަމަ މީހަކަށް 900 ޑޮލަރު. މިއީ ކުރިއަށް އޮތް އެންމެ 10 ދުވަހުގެ ވާހަކަ!!! ހަގީގަތަކީ ތިޔަ ޓޫރިސްޓުން ގައުމަށް ވައްދާ ޑޮލަރުގެ އެއްވެސް މަންފާއެއް މިގައުމުގެ އާދައިގެ ރައްޔިތުންނަށް ނުލިބޭ! ހުރިހާ އެއްޗެއް ދިރުވާލަނީ ސިޔާސީ މީހުންނާއި މަހުޖަނުންން. އެކަމަކު ރައްޔިތުން ވޯޓުވެސް ދެނީ ހަމަ އެމީހުންނަށް.
1828
20 December 2020
މި މޫސުމުގައި ގެންނާކަށް ނުޖެހޭނެ. އަންނާނެ. މިއީ އެ މޫސުމް. އޮފް ސީޒަނަށް ދިޔާމައި ތިކަމާ އުޅެބަލަ.
އިސްމާލި
20 December 2020
ތިންއަހަރު ކުރިން ހުރި ސަފާރީތައް ލަގްޒަރީ ޔޮޓު ތަކަށް ބަދަލުވީ ގޮތް ބުނެދޭންވީތޯ؟ އެއީ މީގެ ތިން އަހަރު ކުރިން ކުރި ވެރިކަމެއްގައި މުއްސަނދިންނަށާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ދާއިރާގައި އުޅޭ މީހުނަށް އަދި އެހެނިހެން ސިޔާސީ މީހުނަށް ނާޖާއިޒު ފައިދާގަނޑެއް ހޯދައިދިނުމަށް ލަގްޒަރީ ޔޮޓުފަހަރުން ޑިއުޓީ ކަނޑާލުމުގެ ސަބަބުން ވީ ގޮތް. މާނައަކީ ތިޔަ ތަަރައްގީ އައީ އެޓް ދި އެކްސްޕެންސް އޮފް ދަ އާދައިގެ ނިކަމެތި މީހާ!
މިސް ހުރިހާ އެއްޗެއް އެނގޭ
20 December 2020
މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ކުދިންކޮޅަށް، ވެދުން ސަލާމް. ފޮޓޯގެ ބެކްގްރައުންޑް ވަރަށް ހަޑި، ސިމްޕަލް އެންޑް ލެސް އިސް ބެސްޓް.
އޮނަރަބްލް އަފީފު ދީދީ
20 December 2020
ރާއްޖޭގެ ޤުދުރަތީ ވަސީލަތް ބޭނުންކޮށްގެން އިންތިހާއަށް ބޮޑު ފައިދާއެއްނަގާ މަދު އަހަރު ތަކަކުން މުޅި އިންވެސްޓްމަންޓް ރިކަވަރ ކުރަމުންދާ ރިސޯޓް އޯނަރުންގެ ވިޔަފާރި އިސްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް ދައުލަތުގެ ޙަޒާނާއިން ހޭދަކުރުން ހުއްޓާލަންޖެހޭ. # ރިސޯޓް ތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުނެތް ކަމަށާއި، ވަޒީފާގައި ތިބޭ މީހުނަށްވެސް ބަރާބަރަށް މުސާރަ ނުދޭކަމަށާއި ޓިޕްސް އިން ކުރަނީ ވައްކަން ކަމާއި ދޭސީ ބިދޭސިންގެ މުސާރަާއި އެކޮމޮޑޭޝަންގެ ތަފާތު ގެސްޓްމީހުނަށްވެސްކިޔާދޭންޖެހޭ.
އިސްމާލި
20 December 2020
ތިޔައީ ތެދެއް. މުއްސަނދިންގެ ވިޔަފާރު ފުޅާ ކުރުމަށް ސަރުކާރުން އެހީވެ ކޮންމެ އަހަރަކު މިލިއަނުން ހަރަދު ކުރުން ހުއްޓާލަން ވެއްޖެ. އެވަރަށް ހަރަދު ނުކުރިއަސް ރާއްޖޭގެ ޓުއަރިޒަމް ހިނގާނެ. ނޫނީ އޮޕަރޭޓަރުން އަތުން ކޮންމެެވެސް އެއްޗެއް ނަގައިގެން މާރކެޓް ކުރޭ. އެއިގެ ބަދަލުގައި މަސްވެރިކަމުގެ އުފެއްދުންތައް މާރކެޓް ކުރަން ސަރުކާރުން ބޮޑުއެއްޗެސް ހަރަދުކުރުން މާ ރަނގަޅު. ލަންކާ މަރުކޭޓުން ބޭރަސް ހިކިމަސްކޮޅު ވިއްކޭތޯ.
އަޑަފި
20 December 2020
ގަދަކަމުންތޯ ގެންނަނީ.