ބީއެމްއެލް އިސްލާމިކް ލައިފްސްޓައިލް ފައިނޭންސިން އަށް ބަދަލުތަކެއް މިވަނީ ގެނެސްފައި--ފޮޓޯ:ބީއެމްއެލް
21 ޑިސެމްބަރ 2020 - 12:31
ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިން އަށް ބީއެލްއެލް އިސްލާމިކުން ހޮޔެ ބަދަލުތަކެއް ގެނެސްފި އެވެ.
މިއީ ޝަރުއީ ހަމަތަކަށް ފުރިހަމަ އަށް ފެތޭ ގޮތަށް މުރާބަހާ، މުޝާރަކާ، ވަކާލާ އަދި އިޖާރާގެ ދަށުން އެކުލަވައިލާފައިވާ ފެސިލިޓީއެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
މި ބަދަލާ އެކު، ބީއެމްއެލް ލައިފްސްޓައިލް ފައިނޭންސިން އެއްވެސް ރަހުނަކާ ނުލައި 15ރ. ގެ ރޭޓުގައި 25،000ރ. އިން ފެށިގެން 300،000ރ. އާ ހަމައަށް ދޫކާނެ އެވެ. އަދި 300،000ރ. އިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ބޭނުންވާ މީހުންނަށް ރަހުނާ އެކު 12 ޕަސެންޓުގެ ރޭޓަކަށް ކުޑަކޮށްފައިވާ ކަމަށް ބީއެމްއެލް އިސްލާމިކުން ބުނެ އެވެ.
ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށް ދޫކުރާ މި ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ބީއެމްއެލް އިސްލާމިކްގެ ފައިނޭސިންނަށް އެދެވޭނީ ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް އިން--ފޮޓޯ:ބީއެމްއެލް
"އަޅުގަނޑުމެން މިދަނީ ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް އަދި ޝަރުއީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުންދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ
ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކޮށްފައި ވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމަ އަށް ފެތޭ ގޮތުގެ މަތިންނެވެ.
ލައިފްސްޓައިލް ފައިނޭންސިން އަށް އެދެވޭނީ ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗުންނެވެ. އަތޮޅު ތެރެއިން ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެ އެވެ. ބީއެމްއެލް އިސްލާމިކް ލައިފްސްޓައިލް ފައިނޭންސިންއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާޑި10
01 January 2021
މަރުހަބާ އޮލިމްޕިކްސް އެސް.ޖީ ހުސެއިން. މަނިކްފާނު ތިތަނާ ހަވާލުވިފަހުން ވ.ހެޔޮ ބަދަލު އަންނަތަން އެބަފެނޭ. ކޭކޭބީކޭ. ތިމަރަފުށި2023
ބޭންކް
21 December 2020
350،491ރ ރުފިޔާގެ ލޯނަކަށް %11.5 ރޭޓްގެ އިންޓްރަސްޓް އަށް 567،936ރ އަރާގޮތެއް ވިސްނާ ވިސްނާވެސް ނޭންގުން. އިނގޭ މީހަކު ކިޔާ ދީބަލަ. މަހަކު 5000ރ ދައްކައިގެން 4 އަހަރު ދުވަހުން އަދި ދެއްކުނީ އެންމެ 71،085ރ . މީ ކޮންކަހަލަ އަރަތެއް؟
ނަސޭހަތުގެ ބަސް
21 December 2020
އެހެންވެޔޭ ރިބާ ލޯނު ނުނަގަންވީ.
އާބަސް
22 December 2020
ކޮންޕައުންޑު އިންޓަރެސްޓް ގޫގުލް ކޮއްލަބަލަ!
ދިވެހި ބޭންކަރ
21 December 2020
ޒަމާނީ އިސްލާމިކް ބޭންކިންގެ މައިގަނޑު ކޮންސެޕްޓެއް ކަމަށް ފެންނަނީ މުޢާމަލާތް ފަށަލަކޮށް އެކިއެކި ކޮމްޕޯނެންޓްތަކަށް ކިޔާ ނަންތައް ބަދަލުކޮށްލުން. އާޚިރު ނަތީޖާއަކީ ހަމަ މިކިޔާ "ރިބާ މުޢާމަލާތުގެ" ނަތީޖާ. މިއީ ޝަރީޢާގެ ނަމުގަ ހިންގާ ސްކޭމް އެއް. ކީރިތި ޤުރުއާންގައި އަންނަ "ޤަރްޟަން ޙަސަނާ" ގެ ރޫޙަކަށް މިފަދަ މުޢާމަލާތްތަކެއް ނުފެތޭ.. އިސްލާމިކް ފައިނޭންސް މިވަނީ ރީއިންވެންޓް ކުރަން ޖެހިފަ..
ފުންއަސަރު
21 December 2020
ނަމަށްބަދަލު. އެކަމަކު ކުރާ ކަމަކަށް އެއްވެސް ބަދަލެއްނާދެ. ކޮންމެ ނަމެއްކިޔަސް ރިބާވާނީ ރިބާޔަށް. ގޮތެއްނެތީމާ ގޮތެއްހޯދާމީހުން މަދެއްނޫން. އެކަމަކު އެކަންއޮތީ އެހެންކަން އެނގޭތީ އެއާ ވާއިނޭޅޭ މަދުމީހުންކޮލޭއް އަދިވެސް އެބައުޅޭ.