29 ޑިސެމްބަރ 2020 - 07:50
ގުޑިއަރުވާ ހިތްވާ ނަމަ ކުޑަ އަގެއް ދީފައި އޭގެ އެއްޗެއް ގަންނަންވީ އެވެ. އެކަމަކު ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނިން ލުއީ ވިޓޯންގެ މި ގުޑީގެ އަގަކީ 10،400 ޑޮލަރެވެ. ދިވެހި ރުފިޔާއިން ނަމަ 160،368ރ. އެވެ.
ލުއީ ވިޓޯނުން އެންމެ ފަހުން ނެރުނު ފޭސްމާސްކާއި ފޭސް ޝީލްޑް ވެސް ވިއްކަނީ ވަރަށް ބޮޑު އަގެއްގައި ކަމަށް ވާތީ މިއީ ހައިރާންވާ ވަރުގެ ކަމަކަށް އަސްލު ނުވެ އެވެ.
ލުއީ ވިޓޯންގެ މޮނޮގްރާމް ވެސް ހިމެނޭ ޓެކްނިކަލް ނައިލޮންގައި އުފައްދާފައިވާ އަގު ބޮޑު ގުޑީގައި މާ ހާއްސަ ސިފައެއް ވެސް ނެތެވެ. އަމިއްލަ އަށް މީހަކު ނޫސްކަރުދާސްގަނޑަކުން ތައްޔާރުކޮށްލާ ކަހަލަ ގުޑިއަކާ މިއާ މާބޮޑު ތަފާތެއް ނެތީ އެވެ.
ބޮޑު މިނުގައި 30 އިންޗި ހުންނަ ގުޑި ވިއްކަނީ ލުއީ ވިޓޯންގެ މޮނޮގްރާމް ހިމެނޭ ހާއްސަ ޕެކެކެވެ. މި ގުޑި އެންމެ ފުރަތަމަ އެ ކުންފުނިން ދައްކައިލި މިދިޔަ އަހަރުގެ ބަހާރު/ހޫނު މޫސުމުގެ ކަލެކްޝަންތައް ދައްކައިލަން ބޭއްވި ޝޯގެ ތެރޭގައި ޕްރޮޕެއްގެ ގޮތުގަ އެވެ.
އެކަމަކު އަގު ބޮޑު ގުޑި މިހާރު މިއޮތީ ގަންނާނެ ބަޔަކު ގަންނަން ވިޔަފާރި އަށް ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތަ ؟
29 December 2020
ޖާބިރު ކާރީގަ ތިވާހަކަ ބުނެލާ.
ޝަމާ
29 December 2020
އަޅޭ މީގެ އެއްޗެއް ޕްރިންސަސް އަށް ގަނެދޭނެ މީހަކު ނެތްތަ؟