ލުއީ ވިޓޯން އިން ނެރޭ ފޭސް ޝީލްޑް ވިއްކާނެ ކަމަޑް ބެލެވެނީ 700-900 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި
15 އޮކްޓޯބަރ 2020 - 08:34
ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ފޭސް މާސްކާއި ސެނިޓައިޒާ ވެސް އުފެއްދި ފްރާންސްގެ ލުއީ ވިޓޯނުން ފޭސް ޝީލްޑް ނެރެން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނިން ފޭސް ޝީލްޑް ނެރެން ނިންމާފައި ވަނީ މި މަހުގެ 30 ގަ އެވެ. އެ ދުވަހު ލުއީ ވިޓޯނުގެ ބައެއް އައުޓްލެޓްތަކުންނާއި އޮންލައިންކޮށް ވެސް ޝީލްޑް ވިއްކާނެ އެވެ. އެކަމަކު އަދި އަގެއް އިއުލާނެއް ނުކުރެ އެވެ. ލުއީ ވިޓޯނަކީ ލަގްޒަރީ ބްރޭންޑަކަށްވާތީ މާ އަގުހެޔޮ އެއްޗަކަށް މީތި ނުވާނެ އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފޭސް ޝީލްޑް ވިއްކާނެ ކަމަށް ބެލެވެނީ 700-900 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.
އެލްވީ ޝީލްޑް ހަދާފައިވަނީ ބޮލުގައި ވަށައިގެން އަޅާލެވޭ ބޭންޑަކާ އެކު، ޝީލްޑްގެ ކުރިމަތިން ދަތްދޮޅި އަށް ވުރެ ތިރި ނިވާވާ ގޮތަށެވެ. އެ ކުންފުނިން ބުނި ގޮތުގައި އެލްވީ ޝީލްޑް ވެގެން ދާނީ ހަމައެކަނި ކޮރޯނާވައިރަހުން ރައްކާތެރިކޮށް ދޭނެ އެއްޗަކަށް ނޫނެވެ އެވެ. މިއީ އަޅައިގެން ހުންނަން ރީތި، ފަސޭހަ އެއްޗަކަށް ވާނެ ކަމަށް ބުންޏެވެ.
ލުއީ ވިޓޯނުން ބުނީ އެތަނުގެ ފޭސް ޝީލްޑަކީ އިރުގެ ދޯދިތަކުން މޫނުގެ ހަންގަނޑަށް ރައްކާތެރިކަން ވެސް ހޯދައިދޭނެ އަދި އަޅައިގެން ހުންނަ އިރު، ފެނުމަށް ވެސް ޝީލްޑްގެ ސަބަބުން ހުރަހެއް ނޭޅޭނެ އެއްޗެއް ކަމަށެވެ.
ކޮވިޑުން ރައްކާތެރިކަން ހޯދަން ލުއީ ވިޓޯނުން އަގު ބޮޑު ފޭސް ޝީލްޑް ނެރުނަސް އެއީ އެ ބަލިން ރައްކާތެރިކަން ހޯދަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ސެންޓަ ފޮ ޑިސީޒް ކޮންޓްރޯލް އެންޓް ޕްރިވެންޝަން (ސީޑީސީ) އިން ބޭނުންކުރަން އިރުޝާދު ދޭ އެއްޗެއް ނޫނެވެ. އެ ތަންތަނުން ދޭ މައިގަނޑު އިރުޝާދުތަކަކީ ފޭސް މާސްކް އެޅުމާއި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި ސެނިޓައިޒާ ބޭނުންކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
16 October 2020
އަނގަޔާ އަތާ ދިމާނުވާ މީހުން ބޭނުންވާނެ ކަހަލަ އެއްޗެއް
ސާމިހު
15 October 2020
ތީގެ އެއްޗެއް ސަމާހަތު ގަނެލާނެ
ރިޔާރުސްދުމް
15 October 2020
އައިސްތު ޝަރީފުވެސް
އަލީ އަލީ
15 October 2020
ކެނޮޓް ވެއިޓް ޓުބައި! ރާއްޖެއިން ވެސް ތިޔަ އެއްޗެއް ލިބޭނެ ގޮތެއް ހަދާދެއްވަ ބައްލަވާ!
ޚަދީޖާާ
15 October 2020
އަޅުގަނޑު ބޭނުން