ދުނިޔެ / އީރާން

ވެއްޓުނު ބޯޓުން މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް އީރާނުން 150،000 ޑޮލަރު

ވެއްޓުނު ޔޫކްރޭނުގެ ބޯޓުގެ ބައެއް. --ފޮޓޯ:އޭއެފްޕީ

ތެހެރާން (ޑިސެމްބަރު 31) - އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ހަމަލާއަކުން ވެއްޓުނު ޔޫކްރޭނުގެ ބޯޓުން މަރުވި 176 މީހުންގެ، ކޮންމެ އާއިލާއަކަށް 150،000 ޑޮލަރު ބަދަލެއްގެ ގޮތުގައި ދިނުމަށް އީރާނުން ނިންމައިފި އެވެ.

ޔޫކްރޭން އިންޓަނޭޝަނަލް އެއާލައިންގެ ބޯއިން 737 ގެ ބޯޓު މިދިޔަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ ހެނދުނު ތެހެރާނުން ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ދެ މިސައިލް އަރައިފަ އެވެ. ބޯޓަށް ހަމަލާ ދިން ކަމަށް އެންމެ ފުރަތަމަ ދެކޮޅު ހެދުމަށް ފަހު އީރާނުން ފަހުން ވަނީ އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށް ބުނެ އެކަމުގެ ޒިންމާ އުފުލައިފަ އެވެ. އަދި އެއީ ރިވޮލިއުޝަނަރީ ގާޑަށް ހެދުނު ގޯހެއް ކަމަށް ވަނީ ބުނެފަ އެވެ.

ވެއްޓުނު ބޯޓުން މަރުވި މީހުންގެ ތެރޭގައި އީރާނުގެ 82 މީހުންނާއި ކެނެޑާގެ 63 މީހުން، ޔޫކްރޭނުގެ 11 މީހުން (އޭގެ ތެރޭގައި ބޯޓުގެ ނުވަ ފަޅުވެރިން)، އަފްޣާނިސްތާނުގެ ހަތަރު މީހުން، އިނގިރޭސި ވިލާތުގެ ހަތަރު މީހުން އަދި ޖަރުމަނުގެ ތިން މީހުން ހިމެނެ އެވެ.

ޔޫކްރޭނުގެ ބޯޓަށް މިސައިލް ހަމަލާ ދިން ވަގުތަކީ އީރާނުގެ އެއާ ޑިފެންސް ވަރަށް ބޮޑަށް އެލާޓުގައި އޮތް ދަނޑިވަޅެކެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ކުރިން އީރާނުން ވަނީ އިރާގުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ވައިގެ ހަމަލާދީފަ އެވެ. އެއީ އީރާނުގެ އިސް ޖެނެރަލެއް ކަމަށްވާ ގާސިމް ސުލައިމާނީ އެމެރިކާގެ ޑްރޯން ހަމަލާއެއްގައި ބަޣުދާދުގައި އަވަހާރަކޮށްލާފައިވާތީ އެވެ.

ޔޫކްރޭނުން ބުނެފައި ވަނީ މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދީގެން އެކަނި ނުފުދޭނެ ކަމަށާއި އެ ހަމަލާގެ ފަހަތުގައި ތިބި މީހުންނަށް ދައުވާ ވެސް ކުރަން ޖެހޭނެ ކަމަށެވެ.

6 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 22%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

5555

31 December 2020

ފުއްޕާފަގޮސް އެމެރިކާގެ ކިބައިން ބަދަލުހިފަން ހަދައިގެން ގެއްލުމާހަލާކު މިވަނީ ހަމަ އިރާނުދޯ. އެންމެ މީހެއްގެ މަރުގެ ބަދަލު ހިފަންހަދައިގެން 26 މިލިއަން ޑޮލަރު ދައުލަތުން ދިޔައީތާދޯ. ތިހުރީ ރަންގަޅަށް ބަދަލުހިފެފަ. އިރާނުގެ ޝިއާއީންނަށް ވަރަށް ސަލާން

The name is already taken The name is available. Register?

ޢައް މަޑޭ

31 December 2020

ޢެއީ ވަރަށް ގޯސް ބަޔަކީތަ؟. ސުއްނީންނަށް ވަރަށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ. ސަލާ މޭ ނުބުނާތަންތަ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

31 December 2020

ހިއުމެން އެރާ ކިޔާ އެއްޗެއް ކަލޭ އަޑު އަހަންތަ؟ ބިންލާދިން ހިފަން ކިތަށް އަހަރު އެމެރިކާ ހޭދަކުރި.ކިހާ ޑޮލަރެއް ހަރަދުކުރި އެމެރިކާ ސިފައިންގެ ކިތައް މީހުން މަރުވި؟ ކިތަށް މީހުން ހުވަފަތްވި؟ މިހިރަ މިހިރަ ހުރިހާ ކަމެއް އެއްކޮށްލީމަ ފެންނަން އޮންނާނީ އެއް ނަތީޖާއެއް.ވ.ވެދުން

The name is already taken The name is available. Register?

ތަފާތު

31 December 2020

ފުއްޕާފަގޮސް އީރާނުން ދިން ހަމަލާ އެމަރިކާ ގެ 2 ބޭހަކަށް އަރުވައި އެތައް ސިފައިންނެއް ޒަހަމް ކޮށްލިކަން ކަލެއަށް ނޭގުނީތީ ދެރަވަން

The name is already taken The name is available. Register?

ޒުބައިރު

01 January 2021

ށިޔައީނކަސް ސުންނީނަކަސް އިންސާނުން ނަކީ ހަމަ އިންސާނުން...ވަރަ ސަލާމް.

The name is already taken The name is available. Register?

ާކޮ މެންޓު

01 January 2021

މމމމުނާފިގުން މުސްލި މުނަ ށް މަލާ މާކުރާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454